ޕެންޝަން ބޯޑަށް އައްޔަންކުރާ މެންބަރުންނާ ގުޅޭގޮތުން ރައީސަށް ލަފާދޭން ކޮމިޓީއެއް

ޕެންޝަން އޮފީސް: ޕެންޝަން އޮފީހުގެ ބޯޑަށް އައު މެންބަރުން އައްޔަންކުރާއިރު، އެ ބޯޑުގެ ޗެއާޕާސަން ހިމެނޭހެން ފަސް މެންބަރުންގެ ބޯޑަކުން ރައީސަށް ލަފާދޭން ޖެހޭ ގޮތަށް އުސޫލެއް ވަނީ އެކުލަވައިލައިފައި

ޕެންޝަން އޮފީހުގެ ބޯޑަށް އައު މެންބަރުން އައްޔަންކުރާއިރު، އެ ބޯޑުގެ ޗެއާޕާސަން ހިމެނޭހެން ފަސް މެންބަރުންގެ ބޯޑަކުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖެހޭ ގޮތަށް، އެ އިދާރާއިން އުސޫލެއް އެކުލަވާލައިފިއެވެ.

ޕެންޝަން އޮފީހުން އިއްޔެ ގެޒެޓުކުރި އުސޫލުގައި ވަނީ އެ އިދާރާގެ ބޯޑުގެ މަގާމަށް ނަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށްޓަކައި ފަސް މެންބަރުންގެ ނޮމިނޭޝަން ކޮމިޓީއެއް އެކުލަވާލަން ވާނެ ކަމަށެވެ.

އުސޫލުގައިވާ ގޮތުން އެ ކޮމިޓީގައި ތިއްބަވާނީ ޕެންޝަން އޮފީހުގެ ޗެއާޕާސަނާއި ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފެއްގެ އިތުރުން، ފިނޭންސް މިނިސްޓްރީއާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ، މިއިން ކޮންމެ ވުޒާރާއެއްގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެކެވެ.

އެ ކޮމިޓީގައި ތިއްބަވާ މުވައްޒަފުންނަކީ ޑިރެކްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ މުވައްޒަފުންނަށް ވާން ވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ނޮމިނޭޝަން ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭ ހިމެނެނީ ބޯޑު މެންބަރުކަމަށް ކުރިމަތިލައިފައިވާ އަދި ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތުތައް ފުރިހަމަވޭތޯއާއި ފެންވަރު ވަޒަންކުރުމާއި، އެ ފަރާތްތަކުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުމާއި، އެ ފަރާތްތަކާ އިންޓަވިއުކޮށް، ބޯޑަށް އައްޔަންކުރަން ފެންނަ ފަރާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމެވެ.

ނޮމިނޭޝަން ކޮމިޓީގެ ޒިންމާތައް އަދާކުރަން ޖެހޭ ހާލަތްތަކުގައި، ނޮމިނޭޝަން ކޮމިޓީގެ ބައްދަލުވުންތައް ޕެންޝަން އޮފީހުން އިންތިޒާމުކޮށް ބާއްވަން ވާނެ ކަމަށް، އުސޫލުގައި ފާހަގަކޮށްފައިވެއެވެ.

އުސޫލުގައިވާ ގޮތުން، ނޮމިނޭޝަން ކޮމިޓީގެ މެންބަރުންގެ އުޖޫރައަކީ ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް 1،500 ރުފިޔާއެވެ.

https://sun.mv/222416

ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން އޮފީހުުގައި ޗެއާމަނެއްގެ އިތުރުން މުހިންމު މަގާމުތައް ހުސްވެފައިވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އެ އިދާރާއަށް އައު ޗެއާމަނެއް އައްޔަންކުރީ މިދިޔަ މެއި މަހުގެ 23ވަނަ ދުވަހެވެ. އެގޮތުން، އެ މަގާމަށް އައްޔަންކުރީ ގިނަ ދުވަސްތަކެއް ވަންދެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރެއްވި ޢަބްދުލްމަޖީދު ޢަލީއެވެ.

ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން ބޯޑުގައި ގިނަ އިސް ބޭފުޅުން އިސްތިއުފާދެއްވީ ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ.

އެގޮތުން، ޕެންޝަން ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރެއްވި މާލީ ތަޖުރިބާކާރު ސަރުވަޝް އާދަމާއި، އެ ބޯޑުގެ ސީއީއޯ ސުޖާތާ ޙަލީމާއި، ސީއެފްއޯ ޙައްވާ ފަޖުވާގެ އިތުރުން، ޗެއާޕާސަން ޑރ. އަޙްމަދު އިނާޒް ވަނީ ފެބްރުވަރީ މަހު އިސްތިއުފާދެއްވައިފައެވެ. އެ މަގާމުތަކަށް މީހުން އައްޔަންކުރަން ޕެންޝަން އޮފީހުން އިއުލާނުކުރި ނަމަވެސް، ތަރުހީބު ވަރަށް ފިންޏެވެ.

ޕެންޝަން އޮފީހުން އަލަށް ގެޒެޓުކުރި އުސޫލުގެ ދަށުން، އެ އިދާރާގެ ބޯޑަށް އައު މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ފަސް މެންބަރުންގެ ނޮމިނޭޝަން ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ކަނޑައަޅައިފައެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމާއި، އިންޓަވިއުކުރުމާއި، އަދި އެންމެ އެކަށީގެންވާ ފަރާތްތައް ވަޒަންކުރުމަށްފަހު ރައީސަށް ލަފާ އެރުވުމެވެ. މި ކޮމިޓީގައި ހިމެނޭނީ ޕެންޝަން އޮފީހުގެ ޗެއާޕާސަނާއި، ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފެއްގެ އިތުރުން ފިނޭންސް، ހޯމްލޭންޑް ސެކިއުރިޓީ، އަދި އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ސިވިލް ސާވިސް މުވައްޒަފުންނެވެ. ކޮމިޓީގެ މެންބަރުންނަށް ކޮންމެ ބައްދަލުވުމަކަށް 1،500 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު، މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ބޮންޑެއްގެ މައްސަލައިގައި ޕެންޝަން ބޯޑުގެ ގިނަ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

  • ބޯޑަށް މެންބަރުން އައްޔަންކުރުމުގައި ރައީސަށް ލަފާދޭނީ 5 މެންބަރުންގެ ނޮމިނޭޝަން ކޮމިޓީއަކުންނެވެ.
  • ކޮމިޓީގައި ހިމެނޭނީ ޕެންޝަން އޮފީހުގެ ޗެއާޕާސަނާއި ދައުލަތުގެ ކަމާގުޅޭ ވުޒާރާތަކުގެ އިސް މުވައްޒަފުންނެވެ.
  • ކޮމިޓީގެ މައިގަނޑު ޒިންމާއަކީ ކެންޑިޑޭޓުންގެ ޝަރުތުތައް ވަޒަންކޮށް، އިންޓަވިއުކޮށް ލަފާ އެރުވުމެވެ.
  • ކޮމިޓީގެ ކޮންމެ ބައްދަލުވުމަކަށް ހާޒިރުވާ މެންބަރުންނަށް 1،500 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ.
  • މި ކޮމިޓީ އުފައްދާފައިމިވަނީ، ބޯޑުގެ ގިނަ މެންބަރުންތަކެއް އިސްތިއުފާދެއްވުމާ ގުޅިގެން މުހިންމު މަގާމުތަކެއް ހުސްވެފައި އޮތުމަށްފަހުގައެވެ.
comment ކޮމެންޓް