ދަރުމާގެ ފިލްމު 'ދޯސްތާނާ 2'ގެ ޓީމުން އެޑްވައިޓް ޗަންދަން ވަކިވެއްޖެ

އަދުވައިތު ޗަންދަން އަދި ފިލްމު "ދޯސްތާނާ 2"ގެ ކާސްޓަށް ފަހުން ހޮވި ތަރިން ކަމަށް ބުނާ ލަކްޝް އާއި ވިކްރާންތު--ފޮޓޯ/ބޮލީވުޑްހަންގާމާ

ދަރުމާ ޕްރޮޑަކްޝަންއިން މަސައްކަތް ފެށުން ވަރަށް ބޮޑަށް ލަސްކުރެވިފައިވާ ފިލްމު "ދޯސްތާނާ 2"ގެ ޑައިރެކްޓަރަކަށް ފަހުން ހަމަޖެއްސި އަދުވައިތު ޗަންދަން އެ ފިލްމުގެ ޓީމުން ވަކިވެއްޖެއެވެ.

"ވެރައިޓީ އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުން، އަދުވައިތު މި ފިލްމުން ވަކިވީ ފިލްމު އުފެއްދުމުގެ މަރުހަލާގައި ކުރިމަތިވި ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

އެގޮތުން ފިލްމާ މެދު އަދުވައިތު ގެންގުޅުނު ތަސައްވަރާއި، ޕްރޮޑިއުސަރުން ފިލްމު ކުރިއަށް ގެންދަން ބޭނުންވި ގޮތާ ދެމެދު އެއްބަސް ނުވެވުނީ ކަމަށް ވެރައިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، މި ވަކިވުމާ ގުޅިގެން ދެފަރާތުގެ މެދުގައި އޮތް އެކުވެރިކަމަށް ބުރުލެއް ނާރާ ކަމަށާއި، ޚިޔާލު ތަފާތުވުންތައް އައީ ހަމައެކަނި ފިލްމުގެ ފަންނީ މަސައްކަތްތަކުގައި ކަމަށް ދަރުމާއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ދަރުމާގެ އިސްވެރިޔާ ކަރަން ޖޯހަރު އަދި ޑައިރެކްޓަރު އަދުވައިތު ޗަންދަން--ފޮޓޯ/އެމްއެސްއެން

ދަރްމާ އަށް ތަރޫން މަންސުކާނީ 2008 ގައި 'ދޯސްތާނާ' ގެ ނަމުގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީއާ ގުޅުވައިގެން ހަދަން ނިންމާފައި އޮތް "ދޯސްތާނާ 2" އެންމެ ފުރަތަމަ އިއުލާނުކުރީ 2019 ވަނަ އަހަރުއެވެ.

ފިލްމުގެ މަސައްކަތް ފެށީ ކޮލިން ޑި ކަންހާ ޑައިރެކްޝަނާ ހަވާލުކޮށް، ކާތިކް އާރިއަނާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝް ލަލްވާނީ ލީޑަށް ނަގައިގެންނެވެ. ނަމަވެސް ފިލްމުގެ ވަކި ހިސާބަކުން ކާތިކް އާއި ދަރުމާގެ ބައެއް އިސްވެރިންނާ ދެމެދު މައްސަލަތަކެއްޖެހި ފިލްމުގެ ކާސްޓުން ކާތިކް ވަކިކުރިކަން އެ ކުންފުނިން އިއުލާނުކުރިއެވެ.

އޭގެފަހުން ފިލްމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދަރުމާއިން ރަސްމީކޮށް ހާމަކޮށްފައިނުވާއިރު ފަހުގެ ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ކާސްޓަށް ކާތިކްގެ ބަދަލުގައި ގެންނަން ނިންމާފައި ވަނީ، އެކްޓަރު ވިކްރާންތު މަސީއެވެ.

ނަމަވެސް އަދުވައިތު "ދޯސްތާނާ 2"ގެ ޓީމުން ވަކިވުމާ ގުޅިގެން ފިލްމުގެ ކުރިމަގާމެދު އަނެއްކާވެސް ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މަޑުޖެހިފައިވާ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު ދޯސްތާނާ 2 ގެ ޑައިރެކްޓަރަކަށް ފަހުން ހަމަޖެއްސި އަދުވައިތު ޗަންދަން ވަނީ ފިލްމުން ވަކިވެފައެވެ. އޭނާ މި ފިލްމުން ވަކިވާން ނިންމީ، ފިލްމު އުފެއްދުމުގެ މަރުހަލާގައި ޕްރޮޑިއުސަރުންނާ ދެމެދު އުފެދުނު ފަންނީ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. ނަމަވެސް މި ވަކިވުމުގެ ސަބަބުން ދެފަރާތުގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ބުރޫއެރުމެއް އައިސްފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން 2019 ވަނަ އަހަރު އިއުލާނުކުރި މި ފިލްމުގެ ލީޑު ރޯލުން މަޝްހޫރު އެކްޓަރު ކާތިކް އާރިއަން ވެސް ވަނީ މައްސަލަތަކަކާ ގުޅިގެން ވަކިކޮށްފައެވެ. ފަހުން ހަވާލުވި ޑައިރެކްޓަރު ވެސް ފިލްމުގެ ޓީމުން ވަކިވުމާއެކު، މައްސަލަތަކުން ފުރިފައިވާ މި ފިލްމުގެ ކުރިމަގާމެދު ވަނީ އަނެއްކާވެސް އިތުރު ސުވާލުތަކެއް އުފެދިފައެވެ.

  • ދޯސްތާނާ 2 ގެ ޑައިރެކްޓަރުގެ ގޮތުގައި ހަމަޖެއްސި އަދުވައިތު ޗަންދަން ވަނީ ފިލްމުގެ ޓީމުން ވަކިވެފައެވެ.
  • އޭނާ ވަކިވީ ފިލްމުގެ މަސައްކަތުގައި ޕްރޮޑިއުސަރުންނާ ދެމެދު އުފެދުނު ފަންނީ އަދި އުފެއްދުންތެރިކަމުގެ ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.
  • މި ޚިޔާލު ތަފާތުވުންތަކާއެކުވެސް، ދަރުމާއާއި އަދުވައިތުއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.
  • މީގެ ކުރިން މި ފިލްމުގެ މައިގަނޑު އެކްޓަރު ކާތިކް އާރިއަން ވެސް ވަނީ ފިލްމުން ވަކިކޮށްފައެވެ.
  • ޑައިރެކްޓަރު ވަކިވުމުގެ ސަބަބުން، ފިލްމުގެ މަސައްކަތް ދެން ކުރިއަށްދާނެ ގޮތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
comment ކޮމެންޓް