ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި މީހަކު ނުވަ މަހަށް ޖަލަށް

ކްރިމިނަލް ކޯޓު: އެ ކޯޓުގެ ހުރުމަތް ކެނޑި މީހަކު ވަނީ ނުވަ މަހަށް ޖަލަށްލައިފައި -- ފޮޓޯ/ އެޗްޑީސީ

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި މީހަކު ނުވަ މަސް ދުވަހަށް ޖަލަށްލާން އެ ކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓު ހުރުމަތް ކެނޑި މައްސަލައެއްގައި ނުވަ މަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރީ، ޢަލީ އަދުހަމް، އއ.ތޮއްޑޫ / ރަތްވިލާގެ އެވެ. އޭނާގެ މައްޗަށް ނުވަ މަސް ދުވަހުގެ ހުކުމެއް އިއްވީ، ޝަރުއަތުގެ މަޖިލީހުގައި ޝަރިއަތަށް ގޮންޖަހައި ބޭއަދަބީކޮށް ވާހަކަ ދައްކާތީ އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަން ގަބޫލު ނުކުރުމުންނެވެ.

ކޯޓުގެ ހުރުމަތް ކެނޑުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުން ނުވަތަ ކޯޓުގެ ގަދަރާއި ކަރާމާތަށް އުނިކަން އަންނަ ފަދަ ކަމެއް ކުރުމެވެ. ކޯޓުގެ ހުރުމަތް ކެނޑޭނެ ހާލަތްތަކުގެ ތެރޭގައި ކޯޓުގެ މަޖިލީހެއްގެ ތަރުތީބު ގެއްލުވާލުން ނުވަތަ ހަޅޭއްލެވުން، ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ މުވައްޒަފަކަށް ބަދުބަސް ބުނުން ނުވަތަ ބިރުދެއްކުން އަދި ކޯޓުން ނެރޭ އަމުރަކަށް ގަސްދުގައި ނުކިޔަމަންތެރިވުމާއި ޝަރީއަތް ކުރިއަށްދާ ގޮތާ މެދު ދޮގު ހަދައި، ކޯޓުގެ އިތުބާރު ގެއްލޭ ފަދަ މައުލޫމާތު ފެތުރުން ފަދަ ކަންކަން ހިމެނެއެވެ.

ކޯޓުތަކުގެ ގާނޫނުގެ ދަށުން، ކޯޓުގެ ހުރުމަތް ކަނޑާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މިއީ އިތުރު ދައުވާއަކާ ނުލައި، އެ ވަގުތު ކޯޓުގެ މަޖިލީހުގައި ފަނޑިޔާރަށް ނިންމޭނެ ނިންމުމެކެވެ.

ކޯޓު ހުރުމަތް ކަނޑައިގެން ނުވަ މަސް ދުވަހުގެ ހުކުމެއް މިއަދު އައިއިރު، އޭނާ ކޯޓަށް މިއަދު ހާޒިރުކޮށްފައިވަނީ ޖިނާއީ އެހެން މައްސަލަތަކެއްގައެވެ. އެއީ، ދައުލަތުން އަދުހަމްގެ މައްޗަށް އުފުލާފައިވާ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަކާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ މައްސަލައަށެވެ.

މި ދެ މައްސަލައިގެވެސް އޭނާގެ މައްޗަށް މިއަދު ހުކުމް އިއްވާފައިވެއެވެ.

ދެ މައްސަލައަކީ، އަމީނިއްޔާ ސްކޫލު އިމާރާތް ކުރަމުން ދިޔައިރު، ހުއްދަނެތި އެ ތަނަށް ވަނުމުގެ މައްސަލައަކާއި އެ ތަނުން 18 ބިޑި ވަގަށް ނެގި މައްސަލައެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން، އއ. ތޮއްޑޫ، ރަތްވިލާގޭ، ޢަލީ އަދުހަމް ނުވަ މަސް ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވީ ޝަރީއަތަށް ގޮންޖަހައި ބޭއަދަބީކޮށް ވާހަކަދެއްކުން ހުއްޓާލުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަން ގަބޫލުނުކުރުމުންނެވެ. ކޯޓުތަކުގެ ގާނޫނުގެ ދަށުން، ކޯޓުގެ ހުރުމަތް ކަނޑާ ފަރާތްތަކާމެދު އިތުރު ދައުވާއަކާ ނުލައި ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ. އަދުހަމް ކޯޓަށް ހާޒިރުކުރެވުނީ އަމީނިއްޔާ ސްކޫލުގެ އިމާރާތެއްގެ ތެރެއަށް ހުއްދަނެތި ވަދެ، އެތަނުން ދަގަނޑުތަކެއް ވަގަށް ނެގި މައްސަލައިގައެވެ. މި ދެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހުކުމް އިއްވާފައެވެ.

  • ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑުމުން އއ. ތޮއްޑޫ، ރަތްވިލާގޭ، ޢަލީ އަދުހަމް ނުވަ މަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
  • މި ފިޔަވަޅު އެޅީ ޝަރީއަތުގެ މަޖިލީހުގައި ބޭއަދަބީކޮށް އަމަލުކުރުން ހުއްޓާލުމަށް ދިން ނަސޭހަތް ގަބޫލުނުކުރުމުންނެވެ.
  • ކޯޓުތަކުގެ ގާނޫނުގެ ދަށުން މިފަދަ ހާލަތްތަކުގައި ވަގުތުން ހުކުމް ކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
  • އަދުހަމް ކޯޓަށް ހާޒިރުކުރެވުނީ ހުއްދަނެތި ތަނަކަށް ވަނުމާއި ވައްކަމުގެ މައްސަލައަކާ ގުޅިގެންނެވެ.
  • ކޯޓުގެ ހުރުމަތް ކެނޑުމުގެ އިތުރުން، އޭނާގެ މައްޗަށް ކުރެވުނު ވައްކަމާއި ހުއްދަނެތި ވަނުމުގެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ.
comment ކޮމެންޓް