13 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތު އޮއްވައި މާލެ ޓެކްސީ އެޕް 2 މަސް ފަހުން ލޯންޗުކޮށްފި

މާލޭގައި އެމްޓީސީސީގެ ޓެކްސީއެއް ދުއްވަނީ -- ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައާރަފް ކުރި މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން އެޕަލްގެ އެޕް ސްޓޯރަށް ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މާލެ ޓެކްސީ ލައިން ލޯންޗުކުރީ އޭޕްރީލް ދެވަނަ ދުވަހުގެ ރެއެވެ. ނަމަވެސް އޭގެ ފަހުން ދެ މަސްވިއިރު ވެސް އެ އެޕްގެ ޚިދުމަތް ނުލިބި ރައްޔިތުންނަށް ވަނީ އުނދަގޫތަކާ ކުރިމަލާންޖެހިފައެވެ. ހަމައެއާއެކު ޓެކްސީ އެޕް ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ.

ކަން އެހެން އޮއްވައި މިއަދު ވަނީ ޓެކްސީ އެޕް ލޯންޗުކޮށްފައެވެ.

މިއީ ގްރޭޓާ މާލެ ސަރަހައްދު ކަމަށްވާ މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީގެ ޚިދުމަތް ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުންޏެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް އައިފޯން ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު ޓެކްސީ ބުކްކުރެވޭނެއެވެ. އަދި އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްޓަކައި ޚާއްސަ ކިއުއާރް ކޯޑެއް ނުވަތަ ޑައުންލޯޑް ލިންކެއް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންޑްރޮއިޑް ފޯނުތަކަށް މި އެޕްލިކޭޝަން ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ ނަމަވެސް، އެ ފަރާތްތަކަށް ވެބް އެޕްލިކޭޝަން ނުވަތަ ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް ދަތުރުތައް ހަމަޖެއްސޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

https://www.sun.mv/220779

މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ޚާއްސަ ކުދި ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ޚާއްސަ ބޮޑެތި އުޅަނދުތައް ހިމެނޭހެން ތިން ސައިޒެއްގެ ކާރުތައް ހިމެނެއެވެ.

ސަރުކާރުގެ ޓެކްސީލައިން އެޕްލިކޭޝަން ރަސްމީކޮށް ކޯންޗު ކުރިއިރު، މި އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

https://www.sun.mv/220267

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން ބަލައިދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަށް ނުގުޅި، އެ ހޮޓްލައިނަށް ބާރު ބޮޑުވާކަމުގެ ޝަކުވާ ވެސް އާންމުން ވަނީ ކޮށްފައެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެމްޓީސީސީން ތައާރަފުކުރި މާލެ ޓެކްސީ ލައިން އެޕްލިކޭޝަން، އެޕަލް އެޕް ސްޓޯރަށް ވަނީ ރަސްމީކޮށް ނެރެފައެވެ. މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު މި ޚިދުމަތް ތައާރަފުކުރި ނަމަވެސް، އެޕްލިކޭޝަން ބޭނުންނުކުރެވި ދެ މަސްދުވަސް ހޭދަވުމާއި، ހޮޓްލައިން ނަންބަރު 1655 އަށް ނުގުޅޭތީ އާންމުންގެ ގިނަ ޝަކުވާތަކެއް ވަނީ އަމާޒުވެފައެވެ. މި އެޕްލިކޭޝަން ތައްޔާރުކުރުމުގައި 13 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވި، އެ މައްސަލަ ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކެއް އޮއްވައި އެޕް ލޯންޗުކުރިއިރު، އެމްޓީސީސީން ބުނެފައިވަނީ ފުރަތަމަ މަހުވެސް 13،000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާ ކަމަށާއި، މިއީ އިލެކްޓްރިކް އުޅަނދުތަކެއް ބޭނުންކޮށްގެން ދެވޭ ތިމާވެއްޓާ ރައްޓެހި ޚިދުމަތެއް ކަމަށެވެ.

  • އެމްޓީސީސީގެ މާލެ ޓެކްސީ އެޕްލިކޭޝަން އައިފޯން ބޭނުންކުރާ ފަރާތްތަކަށް ލޯންޗުކޮށްފައިވާއިރު، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވެބް އެޕްލިކޭޝަން އަދި 1655 މެދުވެރިކޮށް ޚިދުމަތް ހޯދޭނެއެވެ.
  • އެޕްލިކޭޝަން ހެދުމުގައި 13 މިލިއަން ރުފިޔާގެ ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.
  • ޚިދުމަތް ފެށިތާ ފުރަތަމަ މަސްދުވަހުގެ ތެރޭގައި 13،000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްދީފައެވެ.
  • މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް 150 އުޅަނދެވެ.
comment ކޮމެންޓް