އާސެނަލަށް ޕެނަލްޓީގެ ދަންތުރަ، ޗެމްޕިއަންސް ލީގު މިފަހަރުވެސް ޕީއެސްޖީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހިތްދަތިގޮތަކަށް އާސެނަލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މިފަހަރުވެސް ޕީއެސްޖީން ހޯދައިފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ޕުސްކާސް އެރީނާގައި ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ފައިނަލް މެޗުން އާސެނަލް ބަލިވެ، އެ ކުލަބަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހުނީ ޕެނަލްޓީން ބަލިވުމާއެކުއެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 4-3 ގެ ނަތީޖާއަކުން އާސެނަލްގެ މައްޗަށް ކުރިހޯދައި، ޕީއެސްޖީން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕްގެ ރަސްކަން ކަށަވަރުކޮށްފައެވެ.

މިއީ ޕްރިމިއާ ލީގުގެ ބޮޑު ކާމިޔާބީއާއެކު، ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ނުކުތް އާސެނަލްގެ އުންމީދުތަކަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ.

މި މެޗު އާސެނަލުން ފެށީ ވަރުގަދަކޮށެވެ. މެޗުގެ އެންމެ ފުރަތަމަ 6 މިނެޓުގެ ތެރޭގައި، ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް ޕީއެސްޖީގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން އާސެނަލަށް ކުރިހޯދައިދިނެވެ.

ނަމަވެސް، އޭގެ ފަހުން މެޗުގެ ކޮންޓްރޯލް އަތުލައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ޕީއެސްޖީން ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އާސެނަލްގެ އޭރިއާ ތެރެއިން ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އިތުރު ލަނޑެއް ނުފެނުމުން ކުޅުނު އިތުރު 15 މިނެޓުގެ ދެ ހާފުގައިވެސް ދެ ޓީމަށް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފަ އެވެ.

ނަތީޖާ ނެރުމަށް ޖެހި ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުގެ ފަރާތުންވެސް ޕެނަލްޓީ ބޭކާރުކުރިތަން ފެނުނެވެ. ޕީއެސްޖީގެ ގޮންސާލޯ ރާމޯސް އަދި ޑެސިރޭ ދޫއޭ ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އާސެނަލްގެ އެބެރެޗީ އެޒޭ ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

އޭގެ ފަހުން ޕީއެސްޖީގެ ނޫނޯ މެންޑޭޒް ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ހުސިޔާރުކަމާއެކު ދިފާއުކޮށް، ޑެކްލަން ރައިސްގެ ޕެނަލްޓީއާއެކު އާސެނަލަށް އުންމީދެއް ހޯދައިދިނެވެ.

ނަމަވެސް، ޕީއެސްޖީގެ ލޫކަސް ބެރާލްޑޯ ޕެނަލްޓީ ކާމިޔާބުކޮށް ޕީއެސްޖީއަށް ކުރިހޯދައިދީފައި ވަނިކޮށް، އާސެނަލް ސަލާމަތްކޮށްދޭން ފަހު ޕެނަލްޓީއަށް ނުކުތް ޑިފެންޑަރު ގަބްރިއެލް މަގަލްހާއިސް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑިމަތިން މާ މައްޗަށް ދިއުމާއެކު، އާސެނަލްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބުނީ ކުއްލި ހިތްދަތިކަމެކެވެ.

އިތުރު ތަފްސީލް އަންނަނީ..

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އާސެނަލްއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން ޕެރިސް ސެންޓް ޖާމަން އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން އާސެނަލް ބަލިވީ ވަރަށް ހިތްދަތި ގޮތަކަށެވެ. މުބާރާތުގެ އެންމެ ފަހުގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީގެ ދަންތުރައަކަށް ގޮސްގެންނެވެ. މި ނާކާމިޔާބީއާއެކު އާސެނަލްއަށް ވަނީ މުބާރާތުގެ ތަށި ހޯދުމަށް ކުރި އުންމީދުތައް ގެއްލިފައެވެ. ނަމަވެސް ޕީއެސްޖީން ވަނީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުގެ ގޮތުގައި އެ ޓީމުގެ ނަން ފަވާލައި، މި މުބާރާތުގެ ތަށި މި ފަހަރުވެސް ކާމިޔާބުކޮށްފައެވެ.

  • ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީން ވަނީ އާސެނަލް ބަލިކޮށްފައެވެ.
  • މެޗުގެ ނަތީޖާ ކަނޑައަޅާފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
  • މިއީ އާސެނަލްއަށް ލިބުނު ވަރަށް ހިތްދަތި ބައްޔެކެވެ.
  • ޕީއެސްޖީން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން މި ފަހަރުވެސް ހޯދައިފައެވެ.
  • ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީއަށް ލިބުން.
  • އާސެނަލްއަށް ޕެނަލްޓީގައި ނާކާމިޔާބީއާ ކުރިމަތިވުން.
  • ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލްގެ ނަތީޖާ ކަށަވަރުވުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު