ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ

ކުރިއަށް އޮތް ފަސް އަަހަރު ތެރޭގައި ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައި. ފޮޓޯ/ރޮއިޓާސް

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެވްރެޖް ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އދ.ގެ މޫސުމަބެހޭ އިދާރާ އަދި އިނގިރޭސިވިލާތުގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މެޓް އޮފީހުގެ ރިސާޗް ސައިންޓިސްޓެއް ކަމަށްވާ މެލިސާ ސީބްރޫކް ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި ދުނިޔެ ހޫނުވަމުންދާ ކަމާއި ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މަތިވަމުންދާ ކަމުގެ ވަރަށް ސާފު ހެކިތައް ފެންނަން އެބަހުއްޓެވެ.

އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މި އަހަރާއި 2030 އާ ދެމެދު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން، މިހާރު ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރު ކަމަށްވާ 2024 އަށް ވުރެ މަތިވާނެ އަހަރެއް އަންނާނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އުތުރު ހެމިސްފިއާގައި އާކްޓިކްގެ ފިނިމޫސުމުގެ ފިނިހޫނުމިން ދުނިޔޭގެ އެވްރެޖްގެ ގާތްގަނޑަކާށް ތިން ގުނައަށް ވުރެ މައްޗަށް ގޮސްދާނެ ކަމަށް ރިޕޯޓުގައިވެއެވެ.

މިހާތަނަށް އެންމެ ހޫނުވި އަހަރު ކަމަށްވާ 2024އަށްވުރެ ހޫނު އަހަރެއް، 2030ގެ ކުރިން އަންނާނެ ކަމަށް ލަފާކޮށްފައިވޭ -- ފޮޓޯ/ އޭޕީ

އާކްޓިކް ހޫނުވުމުގެ ސަބަބުން މޫސުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޚާއްސަކޮށް ދުނިޔޭގެ އުތުރު ސަރަހައްދުތަކުގައި މޫސުމަށް އަންނަ ބަދަލުތައް ގޯސްވެދާނެ ކަމަށް ސައިންޓިސްޓް ސީބްރޫކް ވިދާޅުވިއެވެ.

މި އަހަރުގެ ފިނިމޫސުމުގައި ވެސް އެލް ނީނޯއެއްގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ އަންނަ އަހަރާ ހަމައަށް ވެސް ދެމިއޮވެދާނެ ހާލަތެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޕެސިފިކް ކަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން ރެކޯޑް އަދަދަކަށް އުފުލިދާނެ ކަމަށް ސީބްރޫކް އިތުރަށް ވިދާޅުވިއެވެ.

އެލް ނީނޯ އަކީ މެދުތެރެއާއި އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ވަކިވަކިން ހޫނުވާ މުއްދަތެކެވެ. މިއީ އާންމުކޮށް ނުވަ މަހާއި 12 މަހާއި ދެމެދުގެ މުއްދަތެކެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެވްރެޖް ހޫނުމިން މިހާތަނަށް ރެކޯޑު ނުކުރެވޭ މިންވަރަކަށް މަތިވާނެ ކަމަށް އދ. އާއި އިނގިރޭސިވިލާތުގެ މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ދުނިޔެ ހޫނުވަމުންދާކަމުގެ ސާފު ހެކިތައް ފެންނަމުންދާއިރު، 2030 ވަނަ އަހަރު އައުމުގެ ކުރިން، މިހާތަނަށް އެންމެ ހޫނުވި ކަމަށް ރެކޯޑުކުރެވިފައިވާ 2024 ވަނަ އަހަރަށްވުރެ ހޫނުގަދަ އަހަރަކާ ކުރިމަތިލާންޖެހޭނެކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އާކްޓިކް ސަރަހައްދު ހޫނުވުމާއި އެލް ނީނޯގެ އަސަރު ހިމެނެއެވެ. މި ދިރާސާތަކުން ހާމަވާގޮތުގައި ދުނިޔޭގެ އެވްރެޖް ހޫނުމިން މަތިވުމަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެކެވެ. އިނގިރޭސިވިލާތުގެ މެޓް އޮފީހުގެ ސައިންޓިސްޓުން ވެސް ވަނީ މޫސުމަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން ފާހަގަކުރައްވާފައެވެ. މިއީ މޫސުމީ ނިޒާމުތަކަށް އަންނަ ނޭދެވޭ ބަދަލުތަކަށް ސަމާލުވުމަށް ގޮވާލާ ވަރަށް މުހިންމު އިންޒާރެކެވެ.

  • 2030 ވަނަ އަހަރުގެ ކުރިން، 2024 ވަނަ އަހަރަށްވުރެ ހޫނުމިން މަތި އަހަރެއް އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.
  • އުތުރު ހެމިސްފިއާގައި އާކްޓިކް ސަރަހައްދުގެ ފިނިމޫސުމުގެ ހޫނުމިން ދުނިޔޭގެ އެވްރެޖަށްވުރެ ތިން ގުނަ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
  • އާކްޓިކް ހޫނުވުމުގެ ސަބަބުން ދުނިޔޭގެ އުތުރު ސަރަހައްދުތަކުގެ މޫސުމުގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
  • މިއަހަރުގެ ފިނިމޫސުމުގައި އެލް ނީނޯގެ އަސަރު ފެށި، ޕެސިފިކް ކަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އިތުރަށް މަތިވާނެއެވެ.
  • އެލް ނީނޯއަކީ އާންމުކޮށް ނުވަ މަހާއި ބާރަ މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ، ކަނޑުގެ ފިނިހޫނުމިން މަތިކުރާ މޫސުމީ ހާލަތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު