އަޒަރުބައިޖާނާއެކު ދެ ގައުމަށް ފައިދާވާނެހެން މަސައްކަތްތަކެއް ކުރެވޭނެކަން ޔަގީން: ރައީސް

ރައީސް މުއިއްޒު އަޒުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ވޭތުވެދިޔަ ކައިރި މާޒީއަށް ބަލާއިރު ރާއްޖެއާއި، އަޒަރުބައިޖާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާއި ދެގައުމުގެ ރައްޔިތުންގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށާއި އަޒަރުބައިޖާނާއެކު ދެ ގައުމަށް ފައިދާވާނެހެން މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ވަކިވަކިން ތަހުނިޔާގެ ސިޓީފުޅު ފޮނުއްވާފައެވެ.

މި ސިޓީފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް އަލިޔެވް އަށް ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބާ ކުޑަތަންވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުން، ކުރިއަށްއޮތްތަނުގައިވެސް އިތުރަށް ބަދަހިވަމުންދާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ބޮޑުވަޒީރު އަސަދޮވް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ގައުމުން ހިއްސާކުރާ ފަހުމުތަކާއި އެކުގައި ކުރާ މަސައްކަތްތަކުން ދެ ގައުމުގެ ގުޅުން ސާބިތުކޮށްދޭ ކަމަށެވެ.

"ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން މަސްލަހަތު ހިއްސާކުރާ ކަންކަމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުވެގެންދާނޭކަމުގެ ޔަގީންކަން އެބައޮތް" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އަޒަރުބައިޖާން މިނިވަންވި ފަހުން އެ ގައުމުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ.

ރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 15 ޖޫން 2006 ގައެވެ. އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި 28 މޭ ފާހަގަކުރަނީ 1918 ވަނަ އަހަރު އެ ޤައުމުގެ ޑިމޮކްރެޓިކް ރިޕަބްލިކް ގާއިމުކުރި ތާރީޚާ ގުޅުވައިގެންނެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އަޒަރުބައިޖާންގެ ވެރިންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި އިތުރު ފާގަތިކަމަށް އެދިވަޑައިގެން ހެޔޮ ދުޢާ ކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އޮތް ވިޔަފާރިއާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަން ފާހަގަކުރައްވައި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އިލްހާމް ޙައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވްއަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 20 އަހަރު ފުރުން ކައިރިވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އަޒަރުބައިޖާން މިނިވަންވި ފަހުން އެ ޤައުމުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް ތަޢުރީފުކުރައްވައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފާގަތިކަމާއި އަމަންއަމާންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. ދެ ޤައުމުން ޙިއްޞާކުރާ މަޞްލަޙަތުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް ތާނގައިވެސް އެއްބާރުލުން އިތުރުވެގެންދާނެކަމުގެ އުންމީދު އެމަނިކުފާނު އައުކުރެއްވިއެވެ.

  • ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އޮތް ވިޔަފާރިއާއި ގުޅުންތައް ދަނީ އިތުރަށް ބަދަހިވަމުންނެވެ.
  • އަޒަރުބައިޖާންގެ މިނިވަން ދުވަހާ ގުޅިގެން އެ ޤައުމުގެ ރައީސް އަދި ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވިއެވެ.
  • ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 20 އަހަރު ފުރުން ފާހަގަކުރުން ކައިރިވެފައިވާކަން ހާމަކުރެއްވިއެވެ.
  • ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
  • އަޒަރުބައިޖާންގެ ތަރައްޤީއަށް ތަޢުރީފުކުރައްވައި، އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވިއެވެ.
comment ކޮމެންޓް