ދިރާގު ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ޖަލަށް

ގއ. ގެމަނަފުށި/ ރަންކޮކާގޭ ނަދީފް މުޙައްމަދު --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ޖަލަށްލާން ހުކުމްކޮށްފިއެވެ.

ވެލާނާ އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައި ވަނީ ގއ. ގެމަނަފުށި/ ރަންކޮކާގޭ ނަދީފް މުޙައްމަދުގެ މައްޗަށެވެ.

ދެހާސްބާވީސް ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހިނގި މި ހާދިސާގެ ހުކުމް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ހަފްތާގައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ނަދީފް ވަނީ ދިރާގު ފިހާރައަށް ވަދެ، އޭނާއަކީ އައިސިސް މީހެއް ކަމަށް ބުނެ، ބޮން ގޮއްވުން ފަދަ ކަންކަން ކުރާ ކަމަށް ބުނެ އިންޒާރު ދީފައެވެ.

މި މައްސަލައިގައި ދައުލަތުން ނަދީފުގެ މައްޗަށް އުފުލާފައި ވަނީ އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގުސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ނަދީފަކީ، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މި ފަހުން ހައްޔަރު ކުރި މީހެކެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އޭގެ އިތުރުން، މީހެއްގެ ބޭންކް އެކައުންޓެއް ހެކުކޮށް ގިނަ އަދަދަކަށް ފައިސާ ނެގި މައްސަލައެއްގައި ވެސް ނަދީފު މި އަހަރު ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި، ގއ. ގެމަނަފުށި، ރަންކޮކާގޭ، ނަދީފް މުޙައްމަދު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. 2022 ވަނަ އަހަރުގެ ޖުލައި މަހު ހިނގި މި ހާދިސާގައި، އޭނާ ވަނީ އޭނާއަކީ އައިސިސް ޖަމާއަތަށް ނިސްބަތްވާ މީހެއްކަމަށް ބުނެ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުކޮށްފައެވެ. މި ކުށުގެ އިތުރުން، އޭނާއަކީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމާއި، މީހެއްގެ ބޭންކް އެކައުންޓް ހެކްކޮށްގެން ފައިސާ ވަގަށް ނެގުމުގެ ތުހުމަތުގައި ވެސް މީގެ ކުރިން ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތެކެވެ. އޭނާ ހައްޔަރުކުރިއިރު ގިނަ އަދަދެއްގެ ކޭޝް ކާޑާއި ފައިސާ ފެނިފައިވެއެވެ.

  • ވެލާނާ އެއާޕޯޓުގެ ދިރާގު ފިހާރައަށް ވަދެ ބޮމުގެ އިންޒާރު ދިނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.
  • ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމް އިއްވީ ގއ. ގެމަނަފުށި، ރަންކޮކާގޭ، ނަދީފް މުޙައްމަދުގެ މައްޗަށެވެ.
  • އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމުގެ ކުށް ސާބިތުވެ، އޭނާ އެއް މަހާއި 24 ދުވަހަށް ވަނީ ޖަލަށްލާފައެވެ.
  • މީނާއަކީ މީގެ ކުރިންވެސް ފޭސްބުކް ސްކޭމްތަކާއި ބޭންކް އެކައުންޓް ހެކްކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު