ދިޝާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ދިޝާ ޕަޓާނީގެ ފުރަތަމަ ހޮލީވުޑް ފިލްމު ކަމަށްވާ "ހޮލިގާޑްސް ސާގާ: ދަ ޕޯޓަލް އޮފް ފޯސް" ގެ ޓްރެއިލާ ވަނީ އާންމުކޮށްފައެވެ. ވަރުގަދަ މަންޒަރުތަކެއް ހިމެނޭ މި ސުޕަނެޗުރަލް އެކްޝަން ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. މިއީ ގާތްގަނޑަކަށް ވިހި އަހަރުގެ މެދުކެނޑުމަކަށްފަހު، މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ދުނިޔޭގެ ބާރުވެރިކަން ހޯދުމަށް ދެ ޖަމާއަތެއްގެ މެދުގައި ކުރެވޭ ވަރުގަދަ ހަނގުރާމައެއްގެ މައްޗަށެވެ. ބޮލީވުޑްގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދިޝާ ފާހަގަކުރި ގޮތުގައި، މި ފިލްމުގެ މަންޒަރުތައް ކުޅުމަކީ އޭނާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް، މިއީ ބައިނަލްއަޤްވާމީ މައިދާނުގައި އޭނާގެ ފިލްމީ ކެރިއަރަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ.

  • ފިލްމުގެ ނަމަކީ "ހޮލިގާޑްސް ސާގާ: ދަ ޕޯޓަލް އޮފް ފޯސް" ކަމަށާއި، ފިލްމު ނެރޭނެ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
  • މި ފިލްމަކީ ގާތްގަނޑަކަށް ވިހި އަހަރަށްފަހު ކެވިން ސްޕޭސީ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ.
  • ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި ޓައިރީޒް ގިބްސަން އަދި ޑޮލްފް ލަންޑްގެރެން ފަދަ ތަރިން ހިމެނެއެވެ.
  • މިއީ ދިޝާގެ ފިލްމީ ކެރިއަރަށް ބައިނަލްއަޤްވާމީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
  • ދިޝާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ވެލް ކަމް ޓު ދަ ޖަންގަލް" އަދި "އާވާރާޕަން" ހިމެނެއެވެ.

ބޮލީވުޑްގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީގެ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހޮލިގާޑްސް ސާގާ: ދަ ޕޯޓަލް އޮފް ފޯސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ވަރަށް ވަރުގަދަ އެކްޝަން ސީންތަކަކާ އެކު ފިލްމުގެ ޓްރެއިލާ ރިލީޒްކުރިނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ދިޝާއާ އެކު މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ، ޓައިރީޒް ގިބްސަން، ޑިޝާ، ޑޮލްފް ލަންޑްގެރެން، ބްރިއާނާ ހިލްޑެބްރާންޑް، އެރިކް ރޮބަޓްސް އަދި ސްވެން ޓެމެލް ހިމެނެއެވެ.

ސުޕަނެޗުރަލް އެކްޝަން-ތުރިލާއެއް ކަމަށްވާ "ހޮލިގާޑްސް ސާގާ: ދަ ޕޯޓަލް އޮފް ފޯސް" އަކީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު ފިލްމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "ހޮލިގާޑްސް ސާގާ: ދަ ޕޯޓަލް އޮފް ފޯސް"ގެ ސެޓުގައި ބަތަލާ ދިޝާ--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެކުރިން ދިޝާ ކުޅުނު ބައެއް ބޮލީވުޑް ފިލްމުތަކުގައި އެކްޝަން ސީންތައް ކުޅެފައިވީ ނަމަވެސް ހޮލީވުޑްގެ ފިލްމުގައި ކުޅެން ޖެހުނު އެކްޝަން ސީންތަކަކީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ކުރުވި ސީންތަކެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މި ފިލްމުގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދިޝާގެ ފިލްމީ ކެރިއަރަށް އިތުރު ކުރިއެރުން ލިބި ބައިނަލް އަޤްވާމީ ޕްލެޓްފޯމްތަކުން އިތުރު ފުރުސަތުތަކެއް ލިބުމަށް މަގުފަހިކޮށްދޭނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ ގާތްގަނޑަކަށް 20 އަހަރަށް ފަހު ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ދުނިޔެ ކޮންޓްރޯލް ކުރުމަށްޓަކައި ދެ ޖަމާއަތެއްގެ މެދުގައި ކުރެވޭ ހަނގުރާމައެއްގެ މައްޗަށެވެ.

ދިޝާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ މަހުގެ 26ގައި ސިނަމާތަކަށް ގެންނަ ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް"އިންނެވެ. މީގެއިތުރުން މި އަހަރުގެ އޮގަސްޓް މަހުގެ 14ގައި ރިލީޒްކުރާ ފިލްމު "އާވާރާޕަން" އަކީ ވެސް ދިޝާ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ.

comment ކޮމެންޓް