އަލަށް އިންތިޚާބުވި މޭޔަރުންނާއި ކައުންސިލަރުން ހުވާކޮށްފި

ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އަލަށް އިންތިޚާބުވި މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުން އަދި ކައުންސިލަރުން މިއަދު ވަނީ މަގާމުގެ ހުވާކުރައްވައި ރަސްމީކޮށް މަސްއޫލިއްޔާތުތަކާ ހަވާލުވެވަޑައިގެންފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑު ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ ކައުންސިލަރުން ހިމެނެއެވެ. މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރު އާދަމް އާޒިމް އާއި ކައުންސިލަރުންނަށް ހުވާލައިދެއްވީ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲއެވެ. މި އާ ދައުރު ފެށުމާއެކު، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ލާބައާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލްތަކުން ވަނީ އަމާޒު ހިފާފައެވެ.

  • އޭޕްރިލް މަހު ބޭއްވި އިންތިޚާބުގައި ހޮވުނު 677 ކައުންސިލަރުންގެ ތެރެއިން 676 ބޭފުޅުން ވަނީ ހުވާކުރައްވާފައެވެ.
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވުނު 673 މެންބަރުންގެ ތެރެއިން 662 މެންބަރުން ވަނީ އިޤުރާރުގައި ސޮއިކުރައްވާފައެވެ.
  • އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ސަރުކާރު ހިންގާ ޕީއެންސީން 580 އަށްވުރެ ގިނަ ގޮނޑި އަދި އެމްޑީޕީން 560 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރިއެވެ.
  • މިނިވަން ކެންޑިޑޭޓުން 168 ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީއޭ، އަދާލަތު، ޖުމްހޫރީ ޕާޓީ އަދި ޑިމޮކްރެޓްސްއިން ވެސް ގޮނޑިތައް ހޯދިއެވެ.
  • މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖޭގައި ހިންގާ ކައުންސިލްތަކުގެ ފަސްވަނަ ދައުރެވެ.

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އަލަށް އިންތިޚާބުވި މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުން އަދި ކައުންސިލަރުން މަގާމުގެ ހުވާކުރައްވައި ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައިގެންފިއެވެ.

ކައުންސިލްގެ ފަސްވަނަ ދައުރަށް ބޮޑު ފަސް ސިޓީ ކަމަށްވާ، މާލެ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުށި، ތިނަދޫން އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުން ވަނީ ހުވާކުރައްވައިފައެވެ.

ފުވައްމުލައް ސިޓީ މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ/ ފޭސްބުކް

ބައެއް ރަށްތަކުގެ ކައުންސިލަރުން ހުވާކުރުން ކުރިޔަށްދާއިރު މިއަދު ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު ކައުންސިލަރުންތައް ވެސް ހުވާކުރައްވަން ވަނީ ހަމަޖެހިފައެވެ. މާލޭ ސިޓީ ކައުންސިލް ހިމެނޭހެން ރާއްޖޭގެ ހުރިހާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުން ހުވާކުރުމުގެ ޚާއްސަ ރަސްމިއްޔާތުތައް މިއަދު ވަނީ ބާއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ ދައުރަށް އިންތިޚާބުވި މޭޔަރު އާދަމް އާޒިމް އާއި ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ މާލޭގެ ސޯޝަލް ސެންޓަރުގައެވެ.

މި ބޭފުޅުންނަށް ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ އެވެ. ހުވާކުރުމަށް ފަހު މޭޔަރާއި ކައުންސިލަރުން ވަނީ ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.

ލ. ގަމު ކައުންސިލް ރައީސާއި ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުން: ފޮޓޯ:ޝާހިދު ފޭސްބުކް

މާލޭގެ އިތުރުން ރާއްޖޭގެ ބޮޑު ފަސް ސިޓީ ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ މޭޔަރުންނާއި ކައުންސިލަރުން ވެސް ވަނީ މިއަދު ހުވާކުރައްވާފައެވެ. މީގެ އިތުރުން, ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް އިންތިޚާބުވި ރައީސުންނާއި މެންބަރުން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔާތާ ރަސްމީކޮށް ހަވާލުވެފައެވެ.

ނައިފަރު ކައުންސިލް ރައީސާއި ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުން: ފޮޓޯ:ޝާހިދު ފޭސްބުކް

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިޚާބުގައި ހޮވުނު 677 ކައުންސިލަރުންގެ ތެރެއިން 676 ކައުންސިލަރުން މިއަދު ހުވާކުރައްވާނެއެވެ. އަދި, އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވި 673 މެންބަރުންގެ ތެރެއިން 662 މެންބަރުން މިއަދު އިގުރާރުގައި ސޮއިކުރާނެއެވެ.

ވޭމަންޑޫ ކައުންސިލް ރައީސާއި ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުން: ފޮޓޯ:ޝާހިދު ފޭސްބުކް

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން 580 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީން ވަނީ 560 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެމްޑީއޭ އަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް 6 ގޮނޑި، ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި އަދި ޑިމޮކްރެޓްސްއަށް ދެ ގޮނޑި ލިބިފައިވެއެވެ. މިނިވަން ކެންޑިޑޭޓުން ވަނީ 168 ގޮނޑި ކާމިޔާބުކޮށްފައެވެ.

ކެނދިކުޅުދޫ ކައުންސިލް ރައީސާއި ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުން: ފޮޓޯ:ޝާހިދު ފޭސްބުކް

މި އާ ދައުރު ފެށުމާއެކު، މާލެއާއި ރަށްރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އާ މޭޔަރުންނާއި ކައުންސިލްތަކުން ވަނީ އަމާޒު ހިފާފައެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖޭގައި ހިންގާ ކައުންސިލްތަކުގެ ފަސް ވަނަ ދައުރެވެ.

comment ކޮމެންޓް