ޕީއެސްޖީން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރެންޗް ލީގު ކާމިޔާބުކޮށްފި

ޕީއެސްޖީއާއި ލޯންސް ބައްދަލުކުރި މެޗުގެ ތެރެއިން--

ލޯންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޕީއެސްޖީން ވަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރެންޗް ލީގުގެ ތަށި ކާމިޔާބުކޮށްފައެވެ. މިއީ އެ ކްލަބުގެ ތާރީޚުގައި މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރެވެ. ބާކީ އެއް މެޗު އޮއްވައި، 33 މެޗުން 76 ޕޮއިންޓް ހޯދައިގެން ޕީއެސްޖީން ޗެމްޕިއަންކަން ކަށަވަރުކުރިއިރު، ދެވަނައިގައި އޮތް ލޯންސްއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ކްވިޗާ ކްވަރަޝްކޭލިއާ އަދި އިބްރާހިމް އެމްބާއޭއެވެ. މި ކާމިޔާބީއާއެކު ޕީއެސްޖީން ވަނީ ގަތަރުގެ އިންވެސްޓްމަންޓާއެކު އެ ކްލަބުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުކޮށްފައެވެ.

  • ޕީއެސްޖީން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރެންޗް ލީގު ކާމިޔާބުކުރުން.
  • މިއީ އެ ކްލަބުގެ ތާރީޚުގައި ލީގު ތަށި އުފުލާލި 14 ވަނަ ފަހަރު.
  • ލޯންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި ޗެމްޕިއަންކަން ކަށަވަރުކުރުން.
  • ގަތަރުގެ އިންވެސްޓްމަންޓް ގްރޫޕުން ކްލަބާ ހަވާލުވި ފަހުން 41 ތަށި ހޯދާފައިވުން.

ލޯންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޕީއެސްޖީން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.

މިއީ އެ ކްލަބުގެ ތާރީޚުގައި ލީގު ތަށި އުފުލާލި 14 ވަނަ ފަހަރެވެ. 18 ޓީމު ވާދަކުރާ މި ލީގުގައި ބާކީ އެއް މެޗު އޮއްވައި ޕީއެސްޖީން ތަށި ކަށަވަރުކުރިއިރު، އެ ޓީމަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވެއެވެ.

ތާވަލުގެ ދެވަނައިގައި އޮތް ލޯންސްއަށް 33 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ލީގުގެ ގަދަ ފަހަކަށް ބަލާއިރު، ތިންވަނައިގައި ލިލް (61 ޕޮއިންޓް) އޮތްއިރު، ހަތަރުވަނައިގައި އޮތީ ލިޔޯން (60 ޕޮއިންޓް) އެވެ. އަދި ފަސްވަނައިގައި ރެން އޮތީ 59 ޕޮއިންޓާއެކުގައެވެ.

ލޯންސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލީޑުނެގީ 29 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކްވިޗާ ކްވަރަޝްކޭލިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޕީއެސްޖީއާއި ލޯންސް ބައްދަލުކުރި މެޗުގެ ތެރެއިން--

މި ލީޑުގައި މެޗުގެ ބޮޑުބައި ހިފެހެއްޓުމަށްފަހު، ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އިބްރާހިމް އެމްބާއޭއެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެޒެއާ ޑޫއޭ އެވެ.މެޗަށްފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ މި ސީޒަނުގައި ލޯންސްއިން ދެއްކި ހިތްވަރަށް ތައުރީފުކޮށް، މިއީ ފަސޭހައިން ލިބުނު ކާމިޔާބީއެއް ނޫންކަން ފާހަގަކޮށްފައެވެ.

ޕީއެސްޖީގެ ތާރީޚަށް ބަލާއިރު، އެ ކްލަބުން މިހާތަނަށް ހޯދި 59 ތަށީގެ ތެރެއިން 41 ތަށި ހޯދާފައިވަނީ 2011 ވަނަ އަހަރު ގަތަރުގެ ސްޕޯޓްސް އިންވެސްޓްމަންޓްސް (ކިއުއެސްއައި) އިން އެ ކްލަބާ ހަވާލުވި ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު