ބަތަލާ ޕޫޖާ ހުރީ ހުސްކޮށެއް ނޫން

ޕޫޖާ އަދި ބަތަލާގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ ރޯހަން މެހެރާ--ފޮޓޯ/ޒޫމް

ދެކުނު އިންޑިއާގެ އިތުރުން ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ޕޫޖާ ހޭގްޑޭ ލޯބީގެ ގޮތުން އެކްޓަރު ރޯހަން މެހެރާއާ ގުޅިގެން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ވަނީ ފެތުރިފައެވެ. ރޯހަން މެހެރާ އަކީ ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ތަރި ވިނޯދު މެހެރާގެ ދަރިފުޅެވެ. ޕޫޖާ އަދި ރޯހަން މި ގުޅުން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ގިނަ ހަފްލާތަކުން މި ދެ ތަރިން އެކުގައި ފެންނަމުންދާތީ، މިއީ ހަގީގަތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕޫޖާ އަކީ ދެކުނު އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ބަތަލާއެވެ.

  • ޕޫޖާ ހޭގްޑޭ އަދި ރޯހަން މެހެރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓުކުރުން
  • ރޯހަން އަކީ ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދު މެހެރާގެ ދަރިފުޅުކަން
  • ގުޅުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ދެމީހުން އެކުގައި ގިނަ ހަފްލާތަކުން ފެނުން
  • ރޯހަން ފިލްމީ ދާއިރާއަށް ތައާރަފްވީ 2018 ވަނަ އަހަރު، އަދި ކުރިން ތާރާ ސުތާރިއާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން
  • ޕޫޖާ އަކީ އިންޑިއާގެ ސިނަމާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރިކަން

ދެކުނު އިންޑިއާގެ ގިނަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު މިފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ބަތަލާ ޕޫޖާ ހޭގްޑޭ ފިލްމު އެކްޓަރަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޕޫޖާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދު މެހެރާގެ ދަރިފުޅު ރޯހަން މެހެރާއާއެވެ. ރޯހަން އަކީ ކުރީގެ އައިކޮނިކް އެކްޓަރު ވިނޯދު މެހެރާގެ ތިން ވަނަ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ.

ޕޫޖާ އާއި ރޯހަންގެ ގުޅުން ރަސްމީކޮށް ހާމަކޮށްފައި ނެތް ނަމަވެސް ދެ ތަރިން އެކީގައި ވަރަށް ގިނަ ހަފްލާތަކުން އެކީގައި ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމީ ދާއިރާއަށް އެކްޓަރެއްގެ ގޮތުގައި ތައާރަފްވުމުގެ ކުރިން ރޯހަން ވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ދެކުނު އިންޑިއާގެ ބަތަލާ ޕޫޖާ--ފޮޓޯ/އެންޑީޓީވީ

ރޯހަން ފިލްމީ ދާއިރާއަށް ތައާރަފްވީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބާޒާރު"އިންނެވެ. އޭގެފަހުން އޭނާ ވަނީ ބައެއް ވެބް ސީރީސްތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

ފިލްމީ ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރޯހަން ވަނީ ބަތަލާ ތާރާ ސުތާރިއާ އެކުވެސް އަހަރުތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބާއްވާފައެވެ.

މި އަންނަ މަހު ސިނަމާތަކަށް ގެންނަ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ބަތަލާ ޕޫޖާ އާއި ރޯހަންގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް މީޑިއާތަކުން ބުނަމުން އަންނައިރު ޕޫޖާ އަކީ ދެކުނު އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ބަތަލާއެވެ.

comment ކޮމެންޓް