އޭޝިއާގެ ގަދަބާރު ޕާކިސްތާނާ ދެކޮޅަށް ކުޅެ، ރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް

އޭޝިއަން ބީޗް ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެެއާއި ޕާކިސްތާނު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

ޗައިނާގެ ސަންޔާގައި ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓުގައި ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ގަދަބާރު ޕާކިސްތާނާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުން ސީދާ ދެ ސެޓުން ޕާކިސްތާނު މޮޅުވި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަނީ ވަރަށް ގާތުން ވާދަކޮށްފައެވެ. ރާއްޖޭގެ ކޯޗު ޒަބީއުﷲ އިސްލާމްޔާރު ބުނެފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް މެޑަލް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

  • 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖެއާއި ޕާކިސްތާނު ވާދަކުރުން
  • ސީދާ ދެ ސެޓުން ޕާކިސްތާނު މެޗު ކާމިޔާބުކުރުން
  • ބަންގްލަދޭޝް އާއި މޮންގޯލިއާ ބަލިކުރުމަށްފަހު ރާއްޖެ ނުކުތުން
  • ކުރިއަށް އޮތް ތަނުގައި މެޑަލް ހޯދޭނެކަމުގެ އުންމީދު ކޯޗު އާކުރުން

ޗައިނާގެ ސަންޔާގައި ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓުގައި، އޭޝިއާގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގައި ބަންގްލަދޭޝް އާއި މޮންގޯލިއާގެ މައްޗަށް ކުރިހޯދާފައިވާ ރާއްޖޭގެ ޓީމުން މިއަދު ނުކުތީ، ދެކުނު އޭޝިއާގެ ޗެމްޕިއަން އަދި އޭޝިއާގެ ގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނޭ ޕާކިސްތާނާ ދެކޮޅަށެވެ.

މި މެޗު ސީދާ ދެ ސެޓުން ޕާކިސްތާނުން ކާމިޔާބުކުރި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަނީ މުޅި މެޗުގައިވެސް ޕާކިސްތާނާ ހަމަހަމައަށް ވާދަކޮށްފައެވެ.

އޭޝިއަން ބީޗް ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެެއާއި ޕާކިސްތާނު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

އެގޮތުން ފުރަތަމަ ސެޓު 20-12 އިން ނިމުނުއިރު، ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ 12 ޕޮއިންޓް ހޯދައި ޕާކިސްތާނަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރާއްޖޭގެ ކޯޗު ޒަބީއުﷲ އިސްލާމްޔާރު ބުނީ، ރާއްޖޭގެ ޓީމުން ފެނުނީ އުންމީދު ކުރި ވަރަށްވުރެ މާ ފުރިހަމަ ކުޅުމެއް ކަމަށާއި، މި ފެންވަރުގައި ކުޅެވޭނަމަ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އޭޝިއާގެ ބޮޑެތި މުބާރާތްތަކުން ރާއްޖެއަށް މެޑަލް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭޝިއަން ބީޗް ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެެއާއި ޕާކިސްތާނު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

މިފަހަރުގެ ގޭމްސްއިން ލިބުނު ކުރިއެރުމާއެކު ރާއްޖޭގެ ބީޗް ހޭންޑްބޯޅަ އާ އުސްމިންތަކަކަށް ވާސިލްވާނެކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު