މިއަދުގެ އެކި ވަގުތުތަކުގައި މާލެ ސަރަހައްދުގެ ބައެއް ތަންތަނުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އެގޮތުން މިރޭ މާލޭގެ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މިއަދު މެންދުރުފަހު ހުޅުމާލެ ފޭސް ދޭއްގެ ގިނަ ޓަވަރުތަކަކުން ކަރަންޓު ކެނޑުނީ މަގު ކޮންނަނިކޮށް މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. މިއީ ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ މަސައްކަތުން ހައްލުކުރެވުނު މައްސަލައެއް ކަމަށް ކަމާބެހޭ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
- މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން
- ކަރަންޓު އަލުން ދިނުމަށް ސްޓެލްކޯއިން ދަނީ މަސައްކަތްކުރަމުން
- މިއަދު މެންދުރުފަހު ހުޅުމާލެ ފޭސް ދޭއްގެ ގިނަ ޓަވަރުތަކަކުންވެސް ކަރަންޓު ކެނޑުނު
- ހުޅުމާލޭގައި ކަރަންޓު ކެނޑުނީ މަގު ކޮންނަނިކޮށް މައި ކޭބަލެއް ހަލާކުވެގެން
- ހުޅުމާލޭގެ މައްސަލަ ހައްލުކުރެވުނީ 4 ގަޑިއިރުގެ މަސައްކަތުން
"ޓެކްނިކަލް މައްސަލައެއް" ދިމާވެ މާފަންނުގެ ބައެެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށް ސްޓެލްކޯއިން މިރޭ ބުނެފިއެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ ކަރަންޓު ކެނޑިފައިވާ ތަންތަނަށް ކަރަންޓު އަލުން ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައެވެ.
މިއަދު މެންދުރުފަހު 14:00 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ވަރަށް ގިނަ ޓަވަރުތަކަކުން ވެސް ކަރަންޓު ދިޔައެވެ. މި ކަން ހިނގީ މަގެއް ކޮންނަނިކޮށް މައި ކަރަންޓު ކޭބަލެއް ހަލާކުވެގެން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ މައްސަލަ ހައްލުވެ ކަރަންޓު ދެވުނީ އޭގެ ހަތަރު ގަޑިއިރެއްހާއިރު ފަހުންނެވެ.