އޭޝިއަން ބީޗް ގޭމްސް 2026: ރާއްޖޭގެ އަރީޝާއާއި އަނާލްގެ ޕެއާއިން ސީރިއާ ބަލިކޮށްފި

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އައިމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާ-- ފޮޓޯ: އެމްއޯސީ

ޗައިނާގެ ސަންޔާގައި ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާއިން ވަނީ ސީރިއާގެ ޕެއާ ބަލިކޮށްފައެވެ. މިއީ މި ޕެއާ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި މެޗު އެ ކުޅުންތެރިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާއަކުން ވާދަކުރިއިރު، އެހެން ޓީމުތަކަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ފިރިހެން ޑިވިޜަންގައި ރާއްޖޭގެ ދެ ޕެއާ ވެސް ބަލިވީ ލާއޯސް އަދި އުޒްބަކިސްތާނު އަތުންނެވެ. އަދި އަންހެން ޑިވިޜަންގެ އަނެއް ޕެއާ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ. ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް ވަނީ މެޗުތަކުގައި ވާދަވެރި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

  • 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް ވޮލީބޯޅައިގައި ރާއްޖޭގެ އަރީޝާ އަދި އަނާލް ސީރިއާ ބަލިކުރުން
  • މިއީ މި ޕެއާ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރި ފުރަތަމަ މުބާރާތް ކަމަށްވުން
  • ރާއްޖޭގެ ފިރިހެން ދެ ޕެއާ ލާއޯސް އަދި އުޒްބަކިސްތާނު އަތުން ބަލިވުން
  • އަންހެން ޑިވިޜަންގެ އަނެއް ޕެއާ ބަންގްލަދޭޝް އަތުން ބަލިވުން

ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި، ރާއްޖޭގެ އައިމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާ ވަނީ ސީރިއާ ބަލިކޮށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ.

މިއީ މި ޕެއާ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރާ ފުރަތަމަ މުބާރާތަށްވީއިރު، ސީރިއާގެ މަގޭއާ އައްޝައިހް އަދި ލުއީޒާ މޫސާގެ ޕެއާއާ ދެކޮޅަށް ރާއްޖޭގެ ޓީމުން މޮޅުވީ ސީދާ ދެ ސެޓުންނެވެ.

ފުރަތަމަ ސެޓު 21-10 އިން ފަސޭހަކަމާއެކު އަރީޝާ އާއި އަނާލް ގެންދިޔައިރު، ދެވަނަ ސެޓުގައި ސީރިއާ އިން ލީޑު ނަގާފައި އޮއްވާ ރާއްޖޭގެ ޕެއާ އިން ވަނީ ކުޅުން ރަނގަޅުކޮށް 21-15 އިން ސެޓު ކާމިޔާބުކޮށްފައެވެ.

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އައިމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާ-- ފޮޓޯ: އެމްއޯސީ

މި މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާއަކުން ވާދަކުރަމުންދާއިރު، މިއަދު ވަނީ ހުރިހާ ޓީމުތަކެއްގެ މެޗުތައް ވެސް ކުޅެފައެވެ.

ފިރިހެން ޑިވިޜަންގައި އަހުމަދު މުހައްމަދާއި އިބްރާހީމް ރާކިންގެ ޕެއާ ލާއޯސް އަތުން ބަލިވީ 21-17 އަދި 21-16 އިންނެވެ. އަދި ރާއްޖޭގެ ތަޖުރިބާކާރު ޕެއާ ކަމަށްވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ވަނީ އުޒްބަކިސްތާނުގެ ވަރުގަދަ ޕެއާއަކާ ދެކޮޅަށް ވާދަވެރި ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެ މެޗުން ރާއްޖެ ބަލިވީ 21-18 އަދި 21-16 އިންނެވެ.

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ-- ފޮޓޯ: އެމްއޯސީ

އަންހެން ޑިވިޜަންގެ އަނެއް މެޗުގައި ރާއްޖޭގެ ޒުވާން ޕެއާ ކަމަށްވާ މަރިޔަމް ރިޝްފާ އާއި އައިޝަތު އިޝްފާއު ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ރަނގަޅު ހިތްވަރެއް ދައްކާފަ އެވެ.

ބަންގްލަދޭޝް އަތުން ދެ ސެޓުން ބަލިވި ނަމަވެސް، ސެޓުތައް ދިޔައީ 21-15 އަދި 21-19 ފަދަ ގާތް ނަތީޖާތަކަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު