މި ލިޔުމަކީ ފިނިހިތް ވާހަކައިގެ ސައްތާވީސްވަނަ ބައިގެ ޚުލާޞާއެކެވެ. މި ބައިގައި މައިގަނޑު ގޮތެއްގައި ފެނިގެންދަނީ ކިއުރެކްސިއާ ކުންފުނިން އިންސާނުންނަށް ތަޖުރިބާކުރަމުންދިޔަ ނުރައްކާތެރި ބޭސްތަކާއި ވެކްސިންގެ މައްސަލަ މިނާހު އަދި ލީވަންގެ އެހީތެރިކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭތަނެވެ. އަދި ހަމައެއާއެކު، މިނާހު ހަޔާއަށް ކައިވެނި ހުށަހަޅައި، އާއިލާގެ ކުރިމަތީގައި އެކަން އިއުލާނުކުރެއެވެ. އަނެއްކޮޅުން އަޔާޝް އަދި ޔަލްވީ މަދީނާގައި އުމްރާގެ އަޅުކަމުގައި އުޅޭ މަންޒަރު ފެނިގެންދެއެވެ.

  • ކިއުރެކްސިއާ ކުންފުނީގެ ސިއްރުތައް މިނާހު އަދި ލީވަން ފަޅާއަރުވައިލުން
  • ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބޭސްތަކެއް ހުއްދަނެތި ބޭނުންކުރިކަން އެނގުން
  • މިނާހު ހަޔާއަށް ކައިވެނި ހުށަހެޅުމާއި އާއިލާއިން އެކަމާ އުފާކުރުން
  • އަޔާޝް އާއި ޔަލްވީ މަދީނާގައި އުމްރާގެ އަޅުކަން ފުރިހަމަކުރަމުން ދިޔުން

"އެހެން މީހުންނާއި ދޭތެރޭ ނިކަމެތިކޮށް ނަހަދާށެވެ. އެމީހާއަކީ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާ އަދި އެމީހެއްގެ ދުޢާ އިޖާބަކުރެވޭ މީހަކަށްވެސް ވެދާނެއެވެ. ބައެއްފަހަރު ދުޢާއިން ފަރުބަދަވެސް ގުޑައިލައެވެ. ހިތްތިރިިކަމަކީ ބަލިކަށިކަމެއް ނޫނެވެ.އެއީ ހިކުމަތްތެރިކަމެވެ."

***

"ދޮންބެއާއި ޔަލް ޔޫރަޕަށް ފުރަނީ...ދެމީހުން ގުޅުނީމަ ވަރަށް އެކްސައިޓެޑް..."

"އޯ......އަލްހަމްދުލިﷲ..ޔަލް އަބަދު އެކަމާއި ދެރަވެފައިވިއްޔަ ހުރީ...."

"އަދި އެހެން ވާހަކައެއް އެބައޮތް..މިހެން ބުނަން ފަސޭހައެއްވެސް ނޫން........"އާސީން ސޯފާއަށް އަރާ އޮށޯވެލިއެވެ.

"ޑޮކްޓަރ ލީވަންއާއި މިއަދު ބައްދަލުވި ހޮސްޕިޓަލްތެރެއިން...ވަރަށް ޑައުން ޓު އާތްހެން ހީވޭ...."

"އެހެންތަ؟"

"އޭނަ ބޮލުގައި އިބޫގެ މަރުގެ ތުހުމަތުވެސް އެޅުނެއްނު.."

"އެއީ ވޭޕް އެއްޗެހި ބޭނުންނުކުރަންވީ ސަބަބަކީ..ވޭޕާއި ސިގްރެޓްފަދަ ހުރިހާ އެއްޗެއް މަނާކުރަންވީ...ލީވަންވެސް އެރޭ ވޭޕްބޭނުންކުރަނިކޮށް ފޮޓޯ ލީކްވީމަ އެހުރިހާ މައްސަލައެއް ޖެހުނީ..އެކަމަކު އެއީ ހަގީގަތެއްނޫން...ޑްރަގް ޔޫޒްކުރާ އެކަކުވެސް އެތާގައި ނެތް.."

"އޭނަ ސިންގަލްތަ؟"

"އާސީ ލައިކް ވީ ދޯ ..."

"އެކަހަލަ ގޮތެއް...މިއީ އަދި ސިއްރެއް ނުކިޔައްޗޭ....ލީވަން ދިން ނަމްބަރުވެސް....މިއޮތީނު..."އާސީން އޭނަގެ ފޯނު ހުޅުވާފައި ވައިބާރގައި އިން ލީވަންގެ ފޮޓޯ ދައްކައިލިއެވެ.

***

ހަޔާ މިނާހްގެ ކެބިންގައި އެކަނިހުރިއިރު ނަޒަރު ހުއްޓިފައިވީ އަތުގައިވާ ފައިލުތަކަށެވެ. އެހެން ހުރިއިރުވެސް ދުޢާކުރެވުނެވެ. މިނާހް ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށެވެ. ކިއުރެކްސިއާ މީހުން ބޭޒާރުވުމަށެވެ. ގެއްލިފައި ހުރިވަރުން ބަޔަކު ދޮރުމައްޗަށް އެރިކަމެއްވެސް ނޭގުނެވެ. އެތަނުން އެކަކު ހަޔާގެ ކޮނޑުގައި އަތް ޖައްސައިލުމާއެކު އަތުގައި ހުރި ބާރެއްލާފައި ފޮޅުވައިލީ ނަޖިހެއްފަދައިންނެވެ.

"ލީވް ހާރ އެލޯން..."ފަހަތުން މިނާހްގެ އަޑު އިވުނެވެ. ކިތަންމެ މަޑުވިޔަސް ނުރުހުމާއި އަމުރުވެރިކަން އެކުލެވިފައިވުމުން އެމީހާވެސް ސިހިފައި އަތް ޖީބަށް ޖަހައިލަމުން ފަހަތަށް ޖެހުނެވެ.

"ހޮސްޕިޓަލުގެ ސިއްރުތައް ހިފަހައްޓަން ނޭގޭ މީހުންނަށް މިތާގައި މަސަައްކަތްނުކުރެވޭނެ އިނގޭ...މިތާ ޑާޓާތައް ލީކް ކުރަން ތިއުޅެނީ؟ ހުރިހާ ހެއްކެއް ގެނޭ...ނޫނީ ނަތީޖާ ރަގަޅެއްނުވާނެ...."އެކަކު ހަރުކަށިގޮތަކަށް ބުނެލިއެވެ. މިބުނީނު ގެންނާށޭ...."

މިނާހް މަލާމާތުގެ ފާޑަކަށް ހީލިއެވެ." ކުޑަކޮށް ލަސްވީފަހުން ތިހެން ވިދާޅުވާން ތިބޭފުޅާ ހުންނެވީ....ސޮރީ..."

"ތިބުނީ ކީކޭ؟""

"މިބުނީ އޯލްރެޑީ މިފަދަ ޖަރީމާތައްބަލާ މުވައްސަސާތަކާއި ހަވާލުކޮށްފީމޭ..."

އެމީހާ ދެލޮ ވަށްކޮށްލުމާއެކު މިނާހް ދުރަށް ކޮށްޕާލާފައި އެތެރެއަށްވަދެ ވަތްގަނޑުތައް ދަމަންފެށިއެވެ. އެއްފަރާތުގައި ހުރި ދަބަސް ނަގަން މިނާހް ގުދުވުމުންް އެތަނުގައި ހުރި އެންމެ ވަރުގަދަ މީހާ އޭނަ ކޮށްޕާލާފައި ދަބަސް ފޭރިގަތެވެ. އެމީހާގެ މޫނުމައްޗަށް ފަތަހައިގެ ހިނިތުންވުމެއްވެރިވިއެވެ. އެމީހާ ދަބަހުގެ ޒިބު ދަމައިލަން އުޅުނުތަނާ މިނާހްގެ ފޯނު ދިއްލުމުން އޭނަ މެސެޖް ކިޔައިލިއެވެ. ލީވަން ބުނީ އެ ދަބަހުގައިވާ ހުރިހާ ހެކިތަކެއް އެމީހުންނަށް ދިނުމަށެވެ. އޭނަގެ އަތުގައި "އޮރިޖިނަލް" އެބަހުރިކަމަށާއި ކަމާއި ބެހޭފަރާތަށް ހުރިހާ ހެކިތަކެއް ހުށަހަޅާނެކަމުގެ ޔަގީންކަން ދިނެވެ. އެފަރާތްތަކުން ފިޔަވަޅު އަޅާނެއެވެ.

ލީވަންގެ ވާހަކަތަކާއިމެދު ކުޑަ ޝައްކެއްގެ މަތީގައި ހުރެފައިވެސް އޭނަ ދަބަސް އަތުލާކަށް ނޫޅުނެވެ.

"މާނު..ކީއްވެ ފައިޓްނުކުރީ؟ ދަބަހުގައި ހުރިހާ ހެއްކެއް..."

ހަޔާ މިނާހްގެ މޫނަށް ބަލައިލުމާއެކު ހިމޭންކަމުގެ ބަސްމޮށުން އޭނަ ދެނެގެންފިއެވެ. މިނާހްއަކީ ހިތްވަރުގަދަ ޒުވާނެކެވެ. ކެރޭ މީހެކެވެ. އޭނަ ހިމޭނުން ހުންނާނީ މަގުބޫލު އުޒުރަކާއިހެދިއެވެ. އެމީހުން ދަބަސް ގެންދިޔައީ ޚަޒާނާއެއްފަދައިންނެވެ.

"ހަގީގަތަކީ ލީވަންގެ އަތުގައި އެބަހުރި ހުރިހާ ޑޮކިއުމެންޓެއް..."

"އޭނަގެ ބަހަށް ޓްރަސްޓްކުރީތަ؟" ހަޔާ ހައިރާންވިއެވެ.

"ލީވަން ޝައްކުވާގޮތަކަށް އުޅުނަސް އެންމެފަހުން އަހަރެމެންގެ ސައިޑް ނެގީ....އިޓްސް އޯވާ...އެޓްލީސްޓް މިވަގުތަށް ނަމަވެސް އަހަރެމެންނަށް ބަލިމީހުން ސަލާމަތްކުރެވޭނެހެން ހީވާންފަށައިފި...ހަމައެކަނި ވެކްސިންއަކުން ނޫން މީހުން މަރުވަމުން ދިޔައީ..ލީވަން މެސެޖްގައި އެބައޮތް އެމީހުން އަލަށް ބަލިމީހުންނަށް ބޭހެއްވެސް ޓެސްޓްކުރީޔޯ....އެފްޑީއޭ އިން އެޕްރޫވް ނުވެސްކުރަނީސް މި މީހުން އިންސާނުންނަށް ތަޖުރިބާކުރަމުން ދިޔައީ....."

"ކޮންމެ ކޮންމެ ބޭސް ކުންފުންޏަކަށް އިތުބާރުކުރާކަށް ނުވާނެ...ފެންވަރު ދަށް ބޭސްތަކަކީވެސް މަރުވުމުގެ ސަބަބަކަށްވެދާނެ..އެކަމަކު ޒިކުރުކޮށްގެން މި ހުރިހާ ކަންތައްތަކުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރަންވަނީ..އެނޫންގޮތެއްނެތް.. ބޭހަށް އެންމެންވެސް ހޭނިއްޖެ..ބަލިވީމަ ބޭސްނުކައިވާކަށްވެސް ނެތް. އެންމެންނަށް ތަދާއި ވޭނަށް ކެތްނުކުރެވި ހިނގައިދާނެ.." ހަޔާވެސް ބުނެލިއެވެ."މާނު...ބުނެބްލަ...ދެން މިކަން ފަޅާއެރީމަ އަޔާޝް ޖަލަށް ލާނެ؟"

"އޮފްކޯސް....ކިއުރެކްސިއާ ކުންފުނިވެސް ބަގުރޫޓުވާނެ. އަހަރެމެންގެ މަސައްކަތުން ބަލިމީހުން ސަލާމަތްކުރެވިއްޖެ..ދެން ދޮންބެއަށްވެސް މީހުންނަށް އަނިޔާނުދެވޭނެ.."

"އިންޝާﷲ..."ހަޔާ ކުޑަކޮށް ހީލިއެވެ.

"އިންސާނުންގެ ހިތަކީ ބަދަލުވާ އެއްޗެއް..ދޮންބެ ބުނި އެއްޗެއް އެނގޭތަ؟ ގަބޫލުނުކުރެވިފައި ހުއްޓަސް ހަމަ އެބުނި ބަސްތައް ސިކުނޑީގައި ލިޔެވުނު...ކުރިން ބުނީމެއްނު ހަޔާއާއި ދުރުން އުޅޭށޭ...ޚިޔާލަކީ ބަދަލުވާ އެއްޗެއް...އޭނަދެކެ ލައިކްވަންޏާ....ހަމަ މެރީކުރަންވީ..އައި ޑޯންޓް މައިންޑް.."

ހަޔާގެ ލޯ ބޮޑުވިއެވެ."އަޔާޝް ތިހެން ބުނާނީ ޖެއްސުމަކަށްހެން ހީވަނީ..ހަގީގަތަކަށްނުވާނެ....."

"އަަހަންނަށްވެސް ފުރަތަމަ އެހެން ހީކުރެވުނީ...ބަޓް...ދޮންބެ ހަމަ މީންކޮށްފައި ބުނީ..."

"އނގޭތަ؟ މިހުރިހާކަމެއް ވީއިރު ހޮސްޕިޓަލްދެކެ ފޫހިވެ މިތަނުން ދާން ބޭނުންވާނެކަމަށް.."

"އެކަމަކު އެހެނެއްނުވި...އަދިވެސް ހަޔާ ހަމަ ގަބޫލުކުރަމެއްނު ހަމަ ޝިފާ ލިބުމުގެ ސަބަބަކަށް ޑޮކްޓަރުން މެދުވެރިކުރައްވާކަން..."

"އާނ...މިނާހްވެސް ލޯބި ގަބޫލުކުރަމެއްނު..އަހަރެމެން ސަލާމަތްވި ސަބަބަކީވެސް އެއީ..."ހަޔާ ހީލިއެވެ.

"އެހެންވިއްޔާ ވަގުތު ބޭކާރުކުރާކަށް ނުވާނެ.. ދިރިއުޅުމަކީ ކުރު އެއްޗެއް...ތޫފާންތައް ބޯމަތިން ކެހިގެން ދޭ..އެކަމަކު ލޯބި އެގޮތަކަށް ވަކިވެެގެން ނުދާނެ..ވިލް ޔޫ މެރީ މީ؟"

ހަޔާގެ ލޮލުގައި އުފާވެރިކަމުގެ މުތީތައް ވިދަންފެށިއެވެ."އެއަށްވުރެ އުފާވާނެ އެހެންކަމެއް ދެން މި ދުނިޔެއަކު ނުވާނެ..."

މިނާހްގެ ހިތަށް ލިބުނު ތަސައްލީގެ އަސަރުތައް އެލޮލުގެ ބެބުޅުމުން ބުނެދިނެވެ.

***

އެންމެން އެކީގައި ކާންތިބިއިރު ލޭކްވިއުއިން މަދުވަނީ ދެ މޫނެވެ. އަޔާޝްއާއި ޔަލްވީއެވެ. ދެމަފިރިން ހަނީމޫން ދަތުރަށް ދިޔަފަހުން އާއިލީ ގްރޫޕަށް ލަމުން ދިޔަ އުފާވެރި ރީތި ފޮޓޯތައް ދައްކަނީ ދެމީހުންގެ އުފާވެރިކަމެވެ. އާސީންގެ މޫނުންވެސް މިއިން ޒަމާނެއްގައި ނުފެންނަފަދަ ވިދުމެއް ފެނެއެވެ. ދޭތެރެއަކުން ފޯނުޗެކްކޮށްލަނީ ހިނިތުންވެފައި އިނދެއެވެ.

އެކި މައުޟޫއަށް ވާހަކަދެކެވެމުންގޮސް ވެކްސިނާއި ނުރައްކާތެރި ބޭހެއްގެ ވާހަކަ ދެކެވުނެވެ.

"ބާރަކީ ކޮންމެހެން މީހުން ކޮންޓްރޯލްކުރުމެއްނޫން...އެއީ ހައްގުގެ ނަމުގައި ތެދުވުން....ދަރިފުޅުމެންގެ ހިތްވަރަށް ހަމަ ސާބަސް...މުޅި ނޫސްތަކުގައި އެއޮތީ ހޮސްޕިޓަލުގައި ހިންގި ޖަރީމާގެ ވާހަކައާއި މަރު އެހާ ގިނަވީ ސަބަބު..."ސަލާހުއްދީން ބުނެލިއެވެ."ވައިރަސްތަކާއި ދެކޮޅަށް އެހާ އަވަހަށް ވެކްސިނެއް ދޭންފެށީމަ އޭގައި މައްސަލަތަކެއް ހުރެދާނެއޭ ހީކުރެވުނު...ދުނިޔޭގެ އެއްވެސް ކަމެއް ފުރިހަމަ ނޫންކަން އެކަމުން އެނގެނީ....އެއްވެސް މީހަކަށް އެންމެ ފުރިހަމައަށް ކަމެއް ނުކުރެވޭނެ...ސަބަބަކީ ހުރިހާ ކަމަކަށް ނިމުން އަންނާނެތީ. އެ ހޮސްޕިޓަލަށްވެސް ރަން ޒަމާނެއް އައި...އެއީ ދުނިޔޭގެ އުސޫލު..ހުރިހާ ތަނެއްގެ ނިމުން އަންނާނެ.....އެންމެނަށް އޮތީ ޖަންނަތަށް ދާން މަސައްކަތްކުރުން..ﷲގެ ރަހުމަތާއެކު ހުރިހާކަމެއް ރަގަޅުވާނެ..މިހާރު ކޮން ޕްލޭނެއް އޮތީ؟"

"އަޅުގަނޑު ބައްޕަ ކައިރީ ވާހަކައެއް ބުނަން ބޭނުން..."މިނާހް ބުނެލިއެވެ.

"އަވަހަށް ބުނޭ ދަރިފުޅު.."

"މިއުޅެނީ މެރީކުރަންް..."

"އޯ.....ބައްޕަ ތިހާ ދެކެން ބޭނުން ދުވަހެއް މިހާރު ނެތް..އަވަހަށް ނިންމައިލަންވީ...ކޮން ތާރީޚެއްގައި؟"

"ބައްޕަ ނާހަމެއްނު ކޮން ކުއްޖެއްހެއްޔޭ؟"

"ބައްޕައަށް އެކަހަލަ ކަންތައް ބުނެނުދިނަސް ވިސްނޭނެ...ތިގޭޭ ދެކުދިންގެ އުޅުމާއި ވާހަކަ ހުންނަގޮތުން އަދި މިނާހްގެ ނަޒަރު ހުރިހާ އެއްޗެއް ކިޔައިދިންތާ ކޮން ދުވަހެއް؟"ސަލާހުއްދީން ހަޔާއަށް ބަލައިލަމުން ހިނިތުންވެލިއެވެ."ތި ދެކުދިންގެ ގުޅުމުން ބައްޕަމެންނަށް ލިބޭނެ އުފާވެރިކަމާއި ހިތްހަމަޖެހުން ބަޔާންކޮށެއްނުދެވޭނެ.ހަޔާއަކީ މީހަކަށް ލިބޭނެ އެންމެ ބަސްއަހާ އަންހެންދަރި..ބައްޕަގެ އާއިލާއަށް އިތުރު މެމްބަރަކު އިތުރުވީ......"

އާސީން ހަޔާގެ އަތުގައި ވިކައިލިއެވެ.

***

ކިއުރެކްސިއާއިން ވިއްކަމުންދިޔަ ވެކްސިންއާއި ބެހޭގޮތުން ޝަރީއަތް ފެށިއިރުވެސް އަޔާޝް ހުރީ މަދީނާގައެވެ. ތިންވަނަ އުމްރާ ނިންމައިލުމަށްފަހު މަދީނާގައި ހުރިއިރު ޝަރީއަތާއި ބެހޭގޮތުން އޭނައަށް އެއްވެސް ކަމެއް ނޭގެއެވެ. ފޯނު ބަލައިލާނެ ވަގުތެއްވެސް ނުވެއެވެ. އަޔާޝް އުޅުނީ އަޅުކަމާއިގެން އަވަދިނެތިއެވެ. ގިނަވަގުތު ހޭދަކުރީ މިސްކިތުގައެވެ. ޔަލްވީއާއި ދެކުދިންގެ ގުޅުން މަޑުމަޑުން ރަގަޅުވަމުން ދިޔައެވެ.

ފިނިގަދަ ރެއެކެވެ. އަޔާޝްއާއި ހަޔާވެސް އިޝާ ނަމާދަށްފަހު ކައިގެން ބޭރަށް ނުކުތެވެ. ފިނިން ސަލާމަތްވާން ޖެކެޓްލައިގެން ތިބެ އަތު ގުޅުވާލައިގެން ހިނގަމުންގޮސް އައިސްކޯން ވިއްކާ ދިމާލަކަށް ނުކުމެވުނެވެ. ޔަލްވީ ނެގީ ރޯޒް އައިސްކޯނެކެވެ. އަޔާޝް އަޖްވާ އެކެވެ.

"މިތާ ހުރިމަ ލިބޭ ރޫހާނީ އުފާވެރިކަން އެެެހެން ތަނަކުން ނުލިބޭ..މިހާރު ހިތަށް އަރަނީ އުމުރުގެ ބޮޑުބައި ވޭސްޓްވީއޭ..."

"މިހެން ހިތަށް އަރަންޏާ ކަށްވަޅަށް ގޮސް އަދި ކިހާ ރިގްރެޓްކުރާނެ...ތައުބާވުމުން ޝަރީކުކުރުން ފިޔަވާ އެހެން ހުރިހާ ފާފައެއް ފުއްސަވާ..."

"ޔަލް ..ވާހަކައެއް ބުނަން...."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު