އަކްޝޭއަށް ދަރުމާގެ އިތުރު ފިލްމެއް

އިންޑިއާގެ ފިލްމީ ތަރި އަކްޝޭ ކުމާރު--ފޮޓޯ/އިންޑިއާޓުޑޭ

މީގެ ކުރިންވެސް ދަރުމާ ޕްރޮޑަކްޝަންސްގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އެ ކުންފުނީގެ އައު ފިލްމަކަށް ސޮއިކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި ފަހަރު އޭނާ ސޮއިކޮށްފައިވަނީ ތާރީޚީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ތްރިލާ ފިލްމަކަށެވެ. ޗަންދޫ މޮންޑެޓީ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭއާއެކު މުހިންމު ރޯލަކުން ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީ ފެނިގެންދާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަކްޝޭ އެންމެ ފަހުން ދަރުމާ ކުންފުންޏަށް ކުޅެދީފައިވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު ކޭސަރީ ޗެޕްޓާ 2 އެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ދަރުމާގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އަކްޝޭގެ އެންމެ ފަހުގެ ރިލީޒްއަކީ ޕްރިޔާދަރުޝަން ޑައިރެކްޓްކޮށްފައިވާ އަދި ބޮކްސް އޮފީހުގައި 100 ކްރޯޑަށްވުރެ ގިނައިން އާމްދަނީ ހޯދި ކާމިޔާބު ހޮރޯ ކޮމެޑީ ފިލްމު ބޫތު ބަންގްލާ އެވެ.

  • އަކްޝޭ ކުމާރު ދަރުމާ ޕްރޮޑަކްޝަންސްގެ އައު ތާރީޚީ ތްރިލާ ފިލްމަކަށް ސޮއިކުރުން
  • މި ފިލްމުގެ ޑައިރެކްޓަރަކީ ޗަންދޫ މޮންޑެޓީ އަދި ކޯ ސްޓާރަކީ ރާނާ ދަގޫބަތީ
  • ދަރުމާއިން އެންމެ ފަހުން އަކްޝޭ ކުޅުނު ފިލްމަކީ ކޭސަރީ ޗެޕްޓާ 2
  • އަކްޝޭގެ އެންމެ ފަހުގެ ފިލްމު ބޫތު ބަންގްލާ ވަނީ ބޮކްސް އޮފީހުގައި 100 ކްރޯޑުގެ އާމްދަނީއެއް ހޯދާފައި

މީގެ ކުރިން ވެސް ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އެ ކުންފުނީގެ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އެކި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، އަކްޝޭ މިފަހަރު ސޮއިކޮށްފައި ވަނީ ދަރުމާއިން ތާރީޚީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ތުރިލާއަކަށެވެ.

ޗަންދޫ މޮންޑެޓީ ޑައިރެކްޓްކުރާ މި ފިލްމުން އަކްޝޭއާއެކު ދެން ފެންނާނީ ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ރާނާ ދަގޫބަތީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ފިލްމު "ކޭސަރީ: ޗެޕްޓާ 2"ގެ މަންޒަރެއްގައި އަކްޝޭ އަދި ބަތަލާ އަނަންޔާ ޕާންޑޭ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދަރުމާއިން ގެނެސްދޭ އިތުރު ފިލްމަކަށް އަކްޝޭ ސޮއިކުރިއިރު އެންމެ ފަހުން އަކްޝޭ ކުޅުނު އެ ސްޓޫޑިއޯގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި "ކޭސަރީ: ޗެޕްޓާ 2"އެވެ. އަކްޝޭ ދަރުމާއަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކޭސަރީ"، "ގުޑް ނިއުސް"، "ބްރަދާސް" އަދި "ސެލްފީ" ހިމެނެއެވެ.

އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދުމަށްފަހު 100 ކްރޯޑުން ޖާގަ ހޯދާފައިވާ ހޮރޯ ކޮމެޑީ ފިލްމު "ބޫތު ބަންގްލާ"އެވެ. މި ފިލްމަކީ ހެއްވާ މަޖާ ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމެކެވެ.

comment ކޮމެންޓް