އޭޝިއަން ބީޗް ގޭމްސް: ދިދަ އުފުލުމުގެ ޝަރަފު އަހްނާ އާއި ޝަމްނޫޒަށް

ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައިދޭ ދެ އެތުލީޓުން-- ފޮޓޯ: އެމްއޯސީ

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ދިވެހިރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު އެތުލެޓިކްސް ތަރި އަހްނާ ނިޒާރާއި ބީޗް ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ޝަމްނޫޒް މުހައްމަދު ނައީމަށް ވަނީ ދީފައެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ހަތަރު ކުޅިވަރެއްގައި 27 އެތުލީޓުން ވާދަކުރާނެއެވެ. މި އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ. އެތުލީޓްސް ވިލެޖުގައި ބޭއްވި މި ރަސްމިއްޔާތުގައި އިސްވެރިން ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވައި، މިއީ ލިބޭ ވަރަށް ބޮޑު ފަހުރެއްކަން ފާހަގަކުރައްވާފައެވެ.

  • ހަވަނަ އޭޝިއަން ބީޗް ގޭމްސް ކުރިއަށްދަނީ ޗައިނާގެ ސަންޔާގައެވެ.
  • ރާއްޖޭގެ ފްލެގް ބެއަރާސްއަކީ އަހްނާ ނިޒާރާއި ޝަމްނޫޒް މުހައްމަދު ނައީމެވެ.
  • ރާއްޖޭން ހަތަރު ކުޅިވަރެއްގައި 27 އެތުލީޓުން ވާދަކުރެއެވެ.
  • ދިދަ ހަވާލުކޮށްދެއްވީ އެމްއޯސީގެ ރައީސްއާއި ސްޕޯޓްސް ކޮމިޝަނަރެވެ.

ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި އެތުލެޓިކްސް ތަރި އަހްނާ ނިޒާރާއި ބީޗް ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ޝަމްނޫޒް މުހައްމަދު ނައީމް ހަމަޖައްސައި، ރަސްމީކޮށް ދިދަ ހަވާލުކޮށްފިއެވެ.

އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ. ކުޅިވަރުތަކުގައި ރާއްޖޭގެ 27 އެތުލީޓުން ވާދަކުރާނެއެވެ.

މިއަދު އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ ފްލެގް ބެއަރާސްއާ ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.

ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައިދޭ ދެ އެތުލީޓުންނާއެކު އެމްއޯސީގެ ރައީސްއާއި ސްޕޯޓްސް ކޮމިޝަނަރު-- ފޮޓޯ: އެމްއޯސީ

ދިދަ ހަވާލުކުރުމަށް އެތުލީޓްސް ވިލެޖުގައި ބޭއްވި ހާއްސަ އިވެންޓްގައި އެމްއޯސީގެ ރައީސް ސައްތާރާއި ތޮލާލް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވައި، ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމަކީ ހުރިހާ އެތުލީޓުންނަށްވެސް ލިބޭނެ ޝަރަފެއް ކަމަށް ހައްދަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދު ބޭއްވި އިވެންޓްގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދުވެސް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވާ، ރާއްޖެ ތަމްސީލު ކުރުމުގައި ނަމޫނާ ދައްކަވާ، އަބަދުވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ފްލެގް ބެއަރާގެ ގޮތުގައި ހަމަޖެހިގެން ދިޔަ ދެ އެތުލީޓުންނަކީވެސް މީގެ ކުރިންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބުވެސް ހޯދާފައިވާ ދެ އެތުލީޓުންނެވެ.

ދެ އެތުލީޓުންގެ ފަރާތުންވެސް ފާހަގަކުރެއްވީ ގޭމްސްގައި ދިދަ ވިހުރުވާލަން ފުރުސަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށާއި، ރާއްޖެ ތަމްސީލުކުރުމުގައި ހުރިހާ އެތުލީޓުންވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ލިބުނު ފުރުސަތަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ދެ އެތުލީޓުންވެސް ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު