ބެލުންތެރިން ދިގު އިންތިޒާރެއްކުރާ ސޫރަޖްގެ ފިލްމު އަންނަ ނޮވެމްބަރު މަހު

ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ"ގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބެލުންތެރިންގެ މެދުގައި މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އެންމެ އާ ފިލްމު 'ޔޭ ޕްރޭމް މޯލް ލިއާ' މިއަހަރުގެ ނޮވެމްބަރު 27 ގައި ސިނަމާތަކަށް ނެރުމަށް ވަނީ އިއުލާނުކޮށްފައެވެ. މިއީ އާއިލީ ލޯތްބަށް ބިނާކޮށް އުފައްދާ ފިލްމަކަށްވާއިރު، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަޔޫޝްމަން ކުރާނާ އާއި ޝަރުވަރީ ވާގްއެވެ. މީގެ އިތުރުންވެސް ގިނަ މަޝްހޫރު ތަރިންތަކެއް މި ފިލްމުގައި ހިމެނެއެވެ.

  • ފިލްމު ރިލީޒްކުރާނީ ނޮވެމްބަރު 27 ގައި
  • ޑައިރެކްޓަރަކީ ސޫރަޖް ބަރްޖަތިއާ
  • ލީޑް ރޯލުން ފެންނާނީ އަޔޫޝްމަން އަދި ޝަރުވަރީ
  • މިއީ އާއިލީ ލޯތްބަށް ބިނާކޮށް އުފައްދާ ފިލްމެއް
  • އަނޫޕަމް ކޭރް އާއި ސުޕްރިއާ ފަދަ ތަރިން ފިލްމުގައި ހިމެނޭ

ވަރަށް ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ" ބެލުންތެރިންނަށް ގެނެސްދޭ ތާރީހު އިއުލާނުކޮށްފިއެވެ.

އާއިލީ ލޯތްބަށް ބިނާކޮށް ފިލްމުތައް އުފައްދަން މަޝްހޫރު ސޫރަޖްގެ "ޔޭ ޕްރޭމް މޯލް ލިއާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 27ގައެވެ.

މި އަހަރު ރިލީޒްކުރާ ބޮލީވުޑް ފިލްމުތަކުގެތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމުގެ ލީޑް ތަރިންނަކީ އަޔޫޝްމަން ކުރާނާ އަދި ޝަރުވަރީ ވާގްއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފިލްމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ބަތަލާ ޝަރުވަރީ ވާގް ބުނެފައި ވަނީ ޑައިރެކްޓަރު ސޫރަޖްގެ ފިލްމެއްގައި މަސައްކަތް ކުރުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް ކަމަށެވެ.

އަޔުޝްމާން އާއި ޝަރުވަރީގެ އިތުރުން މި ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ، އަނޫޕަމް ކޭރް، ޝާދު ރާންދްވާ، ސޯމިއާ ޓަންޑަން، ސުޕްރިއާ ޕަތަކް، ސްވަނަންދު ކިރްކިރޭ އަދި ސީމާ ޕަހްވާ ފަދަ ފަންނާނުން ހިމެނެއެވެ.

ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ"ގެ ޑައިރެކްޓަރު ސޫރަޖް އަދި ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އާއި ޝަރުވަރީ ވާގް--ފޮޓޯ/ބޮލީވުޑްހަންގާމާ

ސޫރަޖް މިހާތަނަށް ބެލުންތެރިންނަށް ގެނެސްދީފައިވާ ރީތި ފިލްމުތަކުގެތެރޭ، "މޭނޭ ޕިޔާރު ކިއާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އަދި "ވިވާ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2022ވަނަ އަހަރު ރިލީޒްކުރި ފިލްމު "އޫޗާއީ"އެވެ.

comment ކޮމެންޓް