ޖަޕާނަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް؛ ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް

ޖަޕާނަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އަރައިފި: މެޓުން ބުނީ ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް -- ފޮޓޯ/ މެޓް އޮފީސް

ޖަޕާނުގެ ހޮންޝޫ ސަރަހައްދަށް 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި 7،955 ކިލޯމީޓަރު ދުރަށެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ. ނަމަވެސް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީއިން ވަނީ މި ހާދިސާއާ ގުޅިގެން އެ ގައުމަށް ސުނާމީގެ އިންޒާރު ނެރެފައެވެ. މީގެ އިތުރުން، މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާ ދުރަށްވެސް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

  • ޖަޕާނުގެ ހޮންޝޫއަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައުން
  • މާލެއާއި 7،955 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ ނުރައްކާ ރާއްޖެއަށް ނެތްކަން
  • ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން އެ ގައުމަށް ސުނާމީގެ އިންޒާރު ނެރުން
  • މި މަހުގެ ހަތަރުވަނަ ދުވަހު އައްޑޫ ސިޓީއާ ދުރުންވެސް ބިންހެލުމެއް އައިސްފައިވުން

މާލެއާއި 7،955 ކިލޯމީޓަރު ދުރަށް، 7.5 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.

މެޓް އޮފީހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބިންހެލުން އައީ ޖަޕާނުގެ އާބާދީ ބޮޑު 'ހޮންޝޫ އައިލެންޑް' އަށެވެ. މިއީ ޕެސިފިކް ކަނޑާއި ޖަޕާން ކަނޑާ ދެމެދުގައިވާ ސަރަހައްދެކެވެ. މިއީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު ރަށެވެ.

އެއީ މާލެއާއި 7،955 ކިލޯމީޓަރު ދުރެވެ.

މި ބިންހެލުން އެރީ 7.5 މެގްނިޓިއުޑް ބާރުމިނުގައެވެ.

މެޓުން ބުނި ގޮތުގައި މި ބިންހެލުން އަރާފައި ވަނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:52 ހާއިރެވެ.

މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ވަނީ މި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ވެސް ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިމަހުގެ ހަތަރުވަނަ ދުވަހު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރަށް، 5.3 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް ވެސް އައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް