ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، 749 ރުފިޔާއިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 5ޖީ ޓާބޯ ރައުޓާ ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
މިއީ އަލަށް ފުލެޓުތަކަށް ބަދަލުވާ ފަރާތްތަކަށާއި، އާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ޚަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ޚިދުމަތް ފަސޭހަކަމާއެކު ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަނެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގު 5ޖީ ޓާބޯ ޚިދުމަތަކީ ސްޓްރީމް ކުރުމާއި، ގޭމް ކުޅުމާއި، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް އެންމެހައި ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ ޚިދުމަތެކެވެ. އެހެންކަމުން ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޚިދުމަތާއެކު ހިލޭ ލިބޭ ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފައިދާ ވަގުތުން ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މި ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު 'މައި އެކައުންޓް' މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތައް އެދި ހުށަހެޅޭނެ ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ދުވަހަކު ހަވީރު 4:00އިން ރޭގަނޑު 8:00އަށް އެފްޑީސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. އަދި އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދިނެވެ.
މުޖުތަމައުތައް ޑިޖިޓަލްކޮށް ބާރުވެރިކުރުވުމަށާއި، ޒަމާނީ ކަނެކްޓިވިޓީގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމުގައި ދިރާގުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދިރާގުން ވަނީ ދީފައެވެ.