ފިލްމު 'ބޫތު ބަންގްލާ'އިން އެންމެ ބޮޑު އުޖޫރައެއް އަކްޝޭއަށް

އަކްޝޭ ކުމާރު ފިލްމު "ބޫތު ބަންގްލާ"ގެ ޑައިރެކްޓަރު ޕްރިޔާދަރުޝަންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިއަދު ރިލީޒްކުރާ ޕްރިޔަދަރްޝަންގެ ފިލްމު "ބޫތު ބަންގްލާ" އިން އެންމެ ބޮޑު އުޖޫރައެއް ލިބިފައިވަނީ އަކްޝޭ ކުމާރަށެވެ. ފިލްމުގެ ޖުމްލަ ބަޖެޓަކީ 120 ކްރޯޑު ރުޕީސް ކަމަށްވާއިރު، މީގެ ތެރެއިން 50 ކްރޯޑު ރުޕީސް ނުވަތަ 42 އިންސައްތަ އަކީ އަކްޝޭގެ އުޖޫރައެވެ. މެދު ފަންތީގެ ފިލްމުތަކަށް ހުރި ގޮންޖެހުންތަކާ ގުޅިގެން އަކްޝޭ ވަނީ އޭނާގެ އާންމު އުޖޫރަ ކުޑަކޮށްފައެވެ.

  • ފިލްމު "ބޫތު ބަންގްލާ" އިން އެންމެ ބޮޑު އުޖޫރައެއް ލިބެނީ އަކްޝޭ ކުމާރަށް.
  • އަކްޝޭގެ އުޖޫރައަކީ 50 ކްރޯޑު ރުޕީސް، މިއީ އޭނާގެ އާންމު އުޖޫރައަށްވުރެ ކުޑަ އަދަދެއް.
  • ފިލްމުގެ ޖުމްލަ ބަޖެޓަކީ 120 ކްރޯޑު ރުޕީސް، މީގެ 42 އިންސައްތަ އަކީ އަކްޝޭގެ އުޖޫރަ.
  • އެހެން ތަރިންނަށް ލިބިފައިވަނީ 1 އާއި 3 ކްރޯޑު ރުޕީސްއާ ދެމެދުގެ އަދަދެއް.

މިއަދު ސިނަމާތަކުގައި ރިލީޒްކުރާ ބޮލީވުޑްގެ ހޮރޯ-ކޮމެޑީ ފިލްމު "ބޫތު ބަންގްލާ"ގެ ކާސްޓުންގެ ތެރެއިން އެންމެ ބޮޑު އުޖޫރައެއް ލިބޭ ތަރި އަކީ ލީޑް ތަރި އަކްޝޭ ކުމާރަށް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމު "ބޫލް ބުލައްޔާ"ފަދަ ހޮރޯ-ކޮމެޑީ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު "ބޫތު ބަންގްލާ"އަށް ސޮއިކުރިއިރު އެކްޓަރުގެ މާކެޓް އަގުތަކަށް ބަދަލުތަކެއް ގެނައިކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، އަކްޝޭގެ އެންމެ ފަހުގެ ފިލްމު "ޖޯލީ އެލްއެލްބީ 3"އަށް 70 ކްރޯޑް ރުޕީސް ނަގާފައިވީ ނަމަވެސް، ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ މި ފިލްމަށް އަކްޝޭ ވަނީ އުޖޫރައިގެ 28.5 އިންސައްތަ ކުޑަކޮށްފައެވެ. މެދު ފަންތީގެ ބަޖެޓް ފިލްމުތަކަށް މާކެޓުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މިއީ ފިލްމުގެ ޚަރަދުތައް ހަމަޖެއްސުމަށް އަކްޝޭ އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ފިލްމު "ބޫތު ބަންގްލާ"އަށް އުޖޫރައިގެ ގޮތުގައި އަކްޝޭ 50 ކްރޯޑް ރުޕީސް ނަގާފައިވާއިރު އެއީ ފިލްމުގެ ކާސްޓުގައި ހިމެނޭ އެހެން ތަރިންނާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "ބޫތު ބަންގްލާ"ގެ ސެޓުގައި ފިލްމުގެ ބައެއް ތަރިން--ފޮޓޯ/އެންޑީޓީވީ

މި ފިލްމުގެ ޖުމްލަ ބަޖެޓަކީ ގާތްގަނޑަކަށް 120 ކްރޯޑް ރުޕީސް ކަމަށްވާއިރު، މުޅި ބަޖެޓުގެ ގާތްގަނޑަކަށް 42 އިންސައްތަ ހޭދަވެފައިވަނީ ހަމައެކަނި އަކްޝޭގެ އުޖޫރައަށެވެ.

ފިލްމު "ބޫތު ބަންގްލާ"ގެ ކާސްޓުގައި ހިމެނޭ ތަރިންނަށް އުޖޫރައިގެ ގޮތުގައި ދެވުނު އަދަދުތަކަށް ބަލާއިރު، ވަމީގާ ގައްބީއަށް 3 ކްރޯޑު ރުޕީސް، ތައްބޫއަށް 2.5 ކްރޯޑު ރުޕީސް، ޕަރޭޝް ރާވަލްއަށް 2 ކްރޯޑު ރުޕީސް، ރާޖްޕަލް ޔާދަވްއަށް 1.5 ކްރޯޑު ރުޕީސް އަދި ޖިޝޫ ސެންގުޕްތާ 1 ކްރޯޑު ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

comment ކޮމެންޓް