ސައުތު އޭޝިއަން ޖޫޖިޓްސޫގައި ދިވެހި އެތުލީޓުން މެޑަލްތަކުން ގައުމު ފަޚުރުވެރިކޮށްފި

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު--

ސްރީލަންކާގެ ދިގަނާގައި ބާއްވާ ސައުތު އޭޝިއަން ޖޫޖިޓްސޫ ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ގައުމީ ޖޫޖިޓްސޫ ޓީމުން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ފިރިހެން އަދި އަންހެން އެތުލީޓުން ވެސް ވަނީ ފައިޓިންގ ސިސްޓަމް އަދި ބްރެޒިލިއަން ޖޫޖިޓްސޫ އިން ގިނަ ރިހި އަދި ލޯ މެޑަލްތަކެއް ހޯދާފައެވެ. މިއީ ދިވެހިރާއްޖޭގެ މާޝަލް އާޓްސްގެ ކުރިމަގު ވަރަށް އުޖާލާކަން ސާބިތުކޮށްދިން މުބާރާތެކެވެ.

  • ސައުތު އޭޝިއަން ޖޫޖިޓްސޫ ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެއަށް ގިނަ މެޑަލްތަކެއް ލިބުން.
  • އައިދިން މުހައްމަދު ޝަމްސު އަދި އީސާން މުހައްމަދު ރިހި މެޑަލް ހޯދުން.
  • އަންހެން އެތުލީޓުން ކަމަށްވާ އައިވާ އަދި އައިނީ ރިހި މެޑަލް ކާމިޔާބުކުރުން.
  • ޔަލްމައީ ބާސިތު އަދި އަހުމަދު ސިނާން ލޯ މެޑަލް ހޯދައި މެޑަލްގެ ލިސްޓު ފުރިހަމަކުރުން.

ސްރީލަންކާގެ ދިގަނާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫޖިޓްސޫ ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ދިވެހި ގައުމީ ޓީމުން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދައިފިއެވެ.

މި މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވަނީ ދެ ކެޓަގަރީއަކުން ރިހި މެޑަލް ހޯދި އައިދިން މުހައްމަދު ޝަމްސު (99 ކިލޯގްރާމް ކެޓަގަރީ) އާއި އީސާން މުހައްމަދު (94 ކިލޯގްރާމް ކެޓަގަރީ) އެވެ. އައިދިން ރިހި ހޯދީ 99 ކިލޯގްރާމް ކެޓަގަރީގައެވެ. އަދި އީސާން ހޯދީ 94 ކިލޯގްރާމް ކެޓަގަރީގައެވެ.

މުބާރާތުން މެޑަލް ހޯދި ދިވެހި އެތުލީޓެއް

މި ދެ އެތުލީޓުން ވެސް ވަނީ ފައިޓިންގ ސިސްޓަމް އަދި ބްރެޒިލިއަން ޖޫޖިޓްސޫ (ބީ.ޖޭ.ޖޭ) އިން ރިހި މެޑަލް ހާސިލްކޮށް، މުބާރާތުގައި ރާއްޖޭގެ ދަބަސް މެޑަލްތަކުން ފުރާލަދީފައެވެ.

މީގެ އިތުރުން އަންހެން އެތުލީޓުންގެ ތެރެއިން އައިވާ ޒުލާލް ޒައީމް (70 ކިލޯގްރާމް) ވަނީ ފައިޓިންގ ސިސްޓަމުން ރިހި މެޑަލް ހޯދާފައެވެ. އަދި މަރިޔަމް އައިނީ (52 ކިލޯގްރާމް) ވެސް ވަނީ ފައިޓިންގ ސިސްޓަމުން ރިހި މެޑަލް އަދި ބީ.ޖޭ.ޖޭ އިން ލޯ މެޑަލްއެއް ހޯދައި، ދެ މެޑަލްއާއެކު ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ.

މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ރާއްޖޭގެ ޒުވާން އަންހެން އެތުލީޓުން ދައްކަމުންދާ ވަރުގަދަ ހިތްވަރުގެ ހެއްކެކެވެ.

ކާމިޔާބީގެ ލިސްޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ދެ ކެޓަގަރީން ލޯ މެޑަލް ހޯދި ޔަލްމައީ ބާސިތު (57 ކިލޯގްރާމް) އާއި ބީ.ޖޭ.ޖޭ އިން ލޯ މެޑަލް ކާމިޔާބުކުރި އަހުމަދު ސިނާން (77 ކިލޯގްރާމް) އެވެ.

މުބާރާތުން މެޑަލް ހޯދި ދިވެހި އެތުލީޓެއް

ޔަލްމައީ ވަނީ ފައިޓިންގ ސިސްޓަމާއި ބީޖޭޖޭ އިން ވެސް ލޯ މެޑަލް ހޯދާފައެވެ.

ސަރަހައްދީ ގައުމުތަކުގެ މެދުގައި ބޭއްވޭ މި ވަރުގަދަ މުބާރާތުގައި ދިވެހި އެތުލީޓުން މި ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ޖޫޖިޓްސޫގެ ކުރިމަގު އުޖާލާކަން އަންގައިދޭ، އަދި މާޝަލް އާޓްސް އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު