ޢުމްރާ ދަތުރުފުޅު ނިންމަވާލައްވައި، ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢުމްރާ ނިންމަވާލެއްވުމަށްފަހު ވަޑައިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން، ޢުމްރާގެ މާތް އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ދިވެހިރާއްޖެއަށް އެނބުރި ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފުރިހަމަ މެހެމާންދާރީއާއި ޚަރަދުގައި ކުރެއްވި ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައިވަނީ ނިމިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅުގައެވެ. މިއީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ މެއި މަހުގައިވެސް ރައީސްގެ ދެކަނބަލުން ވަނީ ސަޢޫދީ ސަރުކާރުގެ ފަރާތުން ލިބިވަޑައިގެންނެވި ފުރުސަތެއްގައި ޢުމްރާގެ އަޅުކަން އަދާކުރައްވާފައެވެ. އަދި ފާއިތުވި އަހަރު ސަޢޫދީ ރޯޔަލް ކޯޓުން ހިލޭ ހަމަޖައްސައިދިން ދަތުރުފުޅެއްގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ޙައްޖުގެ މާތް އަޅުކަންވެސް އަދާކުރައްވާފައެވެ. މިފަދަ ދަތުރުފުޅުތަކުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ އިސްލާމީ އުޚުއްވަތްތެރިކަމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާވެގެންދެއެވެ.

  • ޢުމްރާ ދަތުރުފުޅު ނިންމަވާލައްވައި ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަތުން
  • މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދިނީ ސަޢޫދީ ސަރުކާރުން
  • ދަތުރުފުޅުގެ ކަންކަން ހަމަޖެހިފައިވަނީ ފެބްރުވަރީ މަހުގެ ކުރީކޮޅު
  • މީގެ ކުރިންވެސް ސަޢޫދީގެ އެހީގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރައްވާފައިވުން

ޢުމްރާ ދަތުރުފުޅު ނިންމަވާލައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ. އަދި ނިންމަވާލެއްވުމަށްފަހު ވަޑައިގަތީ މިއަދެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ މެހެމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސައިދިނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ. އެ ދަތުރުފުޅުގެ ހުރިހާ ކަމެއް މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައިވާ ކަމަށްވެސް، ރައީސް އޮފީހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، 2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ ޢުމްރާގެ އަޅުކަމަށް ސަޢޫދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ. އަދި، މިދިޔަ އަހަރު ސަޢޫދީ ރޯޔަލް ކޯޓުން ހިލޭ ހަމަޖައްސައިދިން ދަތުރުފުޅެއްގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ޙައްޖަށް ވަޑައިގެންފައެވެ.

comment ކޮމެންޓް