ތުޅާދުއާ ވިލުފުށިން ދޫކުރާ 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބ. ތުޅާދޫ މަތިން ބަނދަރާއި ދިމާލުން ނެގިފައިވާ ފޮޓޯއެއް: ތުޅާދުއާ ވިލުފުށިން ދޫކުރާ 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ވަނީ އިތުރުކޮށްފައެވެ. ކުރިން މި ފުރުސަތު ހަމަވާން އޮތީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ. މި ފުލެޓުތަކަށް އެ ރަށްރަށުގެ ރަށްވެހިންގެ އިތުރުން 10 އަހަރު ދުވަހު މެދުކެނޑުމެއްނެތި ދިރިއުޅެފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން ބުނާ ގޮތުގައި ކުރީގެ ދާއިމީ ލިސްޓު ބާތިލުކޮށް އަލުން ހުޅުވާލުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެކެވެ.

  • ތުޅާދޫ އަދި ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 30 އަށް އިތުރުކުރުން
  • ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް
  • ރަށުގެ ރަށްވެހިންނާއި 10 އަހަރު ވަންދެން ރަށުގައި ދިރިއުޅެފައިވާ މީހުންނަށް ކުރިމަތިލެވޭނެ
  • ކުރީ ސަރުކާރުގެ ލިސްޓު ބާތިލުކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން

ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުގައި، މި ދެ ރަށުގެ ހައުސިން ޔުނިޓުތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ. ފޯމު ހުށަހަޅަން ޖެހެނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. މީގެކުރިން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދެވެ.

ތުޅާދޫގައި އަޅާފައިވާ ފުލެޓުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އެ ރަށުގެ ރަށްވެހިންގެ އިތުރުން، އެ ރަށަށް ހިޖުރަކޮށް މެދުކެނޑުމެއް ނެތް ގޮތުގައި 10 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީގެ އުސޫލުގައިވެއެވެ.

ނަމަވެސް، މި ހައުސިން ޔުނިޓުތަކަށް އަލުން ކުރިމަތިލާން ހުޅުވާލުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި، ކުރީ ސަރުކާރުން އެކުލަވައިލި ދާއިމީ ލިސްޓު ބާތިލުކުރުމަށްފަހު އަލުން ފޯމު ހުޅުވާލީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށެވެ.

އަދި މި މަސައްކަތުގައި ކައުންސިލްގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް އަމަލުކުރުމަކީ ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

https://sun.mv/211492

ތުޅާދޫގެ ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވުމުގެ ސަބަބުން، މިދިޔަ ސެޕްޓެމްބަރު މަހު އެ ރަށުގެ ރައްޔިތުން ވަނީ ކައުންސިލް އިދާރާ ދޮށުގައި މުޒާހަރާކޮށް، އެތަނުގެ މަސައްކަތްތަކަށް ހުރަސްއަޅާފައެވެ.

އެ މުޒާހަރާތަކާ ގުޅިގެން ކައުންސިލުން އޭރު ވަނީ ޕޮއިންޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް އާންމުކޮށްފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ އެ ލިސްޓު ބާތިލުކޮށް، އާ އުސޫލެއްގެ ދަށުން ކުރިމަތިލާން ހުޅުވާލާފައެވެ.

comment ކޮމެންޓް