މި ބައިގައި މައިގަނޑު ގޮތެއްގައި ފެނިގެންދަނީ އަޔާޝްގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކެވެ. އޭނާ މާޒީގައި ކުރެވިފައިވާ ކަންތައްތަކާމެދު ދެރަވެ، ﷲ އަށް ތައުބާވެއެވެ. އަދި އޭނާގެ ދޮންމަންމަ ތަގުވާއާއި ބައްޕަގެ ކިބައިން މާފަށް އެދި، ޔަލްވީއާއެކު އުމްރާއަކަށް ދިއުމަށް ނިންމައެވެ. މީގެ އިތުރުން ލީވަންއާއި އަޔާޝްގެ ދެމެދުގައި ހިނގާ ދެބަސްވުންތަކާއި، ހަޔާ އޭނާގެ ގުޅުންތައް އިސްލާމީ އުސޫލުތަކުގެ މަތީގައި ބޭއްވުމަށް ނިންމާ ނިންމުންވެސް ފާހަގަކުރެވެއެވެ.

  • އަޔާޝް އޭނާގެ މަންމަގެ މަހާނައަށް ޒިޔާރަތްކޮށް ހެޔޮ ދުޢާކުރުން.
  • ދޮންމަންމަ ތަގުވާއާއި ބައްޕަގެ ކިބައިން އަޔާޝް މާފަށް އެދުން.
  • ޔަލްވީއާއެކު ޔޫރަޕަށް ދަތުރެއްކޮށް، އޭގެ ފަހުން އުމްރާއަކަށް ދިއުމަށް އަޔާޝް ނިންމުން.
  • ހަޔާ އޭނާއާއި މިނާހްގެ ގުޅުން ހަލާލު ގޮތުގައި ކުރިއަށްގެންދިއުމަށް ވިސްނުން.
  • އާސީން ޑޮކްޓަރ ލީވަންއާ ގަޔާވެގެން އެ ވާހަކަ ހަޔާއާ ހިއްސާކުރުން.

"ތިބާ ހައްދަވާފައިވަނީ ހަމަ ހޭލައިގެން ވަޒީފާ އަދާކޮށް، ކައިބޮއި، މުނިފޫހިފިލުވުމާއި ނިދުމަށް އެކަންޏެއް ނޫނެވެ. ތިބާ ދުނިޔެއަށް ފޮނުއްވީ ﷲއަށް އަޅުކަން ކުރުމަށެވެ. ތިބާ ހެއްދެވީ ހެއްދެވި ފަރާތް މައުރިފާކޮށް އަދި އަޅުކަންކުރުމާއި މި ދުނިޔެއަށް އައި ދުވަަށްވުރެ ރަގަޅުގޮތުގައި އެނބުރި ދުނިޔެ ދޫކުރުމަށް މަސައްކަތްކުރަންވާނެއެވެ، ދިރިއުޅުމުގެ މައިގަނޑު އަސާސަކީ އަޅުކަމެވެ. ދުވާލުގެ ތާވަލުގައި އާއްމުކޮށް ހިމަނައިލާ ކަންތައްތަކަށްވުރެ މަތިވެރި މަގުސަދެއް ވެއެވެ. އެއީ އަޅުކަމެވެ."

***

"އަހަރެން ހުރިހާ ފައިލްތަކާއި އެއްޗެހި އަތުލައިފިން...އަދި ކޮއްކޮއަކަށް އެކަމެއް ރޭކާނުލާ އެކަމަކު މަގު ސާފުވެއްޖެ..." ލީވަން ހަމަޖެހިލާފައި ބުނެލިއެވެ.

"އަހަރެންގެ ފަޅީގައި ތިހިރީ؟" އަޔާޝްގެ ހިނިތުންވުމުން ތޫނު ދަތްތަކެއް ފެނިލިއެވެ.

"އަނެއްހެން ވަކި ފަޅިއަކަށް ހުރީއެއްނޫން..އަމިއްލަ ނަފުސާއިމެދު އެކަނި މިވިސްނަނނީ....އަޔާ ބޭނުންވަނީ މިނާހް މަގުން އެއްފަރާތްކޮށްލުން....އަހަރެން ބޭނުންވަނީ މިނާހް މި ކުޅިގަނޑުގައި ކިހާ ދުރަކަށް ދާނެތޯ ބަލަން..އޭގެ ފަހުން ސަވައިވްވަނީ ކާކުކަން އެނގޭނީ.."

"ލީވަން ވަޒީފާގައި ހުންނަން ބޭނުވިއްޔާ ނުބެހޭ ކަންތައްތަކާއި ނުބެހި މަޑުން ހުރޭ.........."އަޔާޝް އިންޒާރެއްދިނެވެ.

***

އަޔާޝް ގެއަށް ވަންއިރު ކޮންމެވެސް ދިމާލަކުން ރަހުމާން ސޫރަތުގެ އަޑު ކަންފަތުގައި ޖެހުމާއެކު ސިކުނޑިއަށް އަރާމުވިއެވެ. ހޫނުގަދަވެގެން ކަރުހިއްކާފައި ހުއްޓާ ފިނި ފެންފޮދެއް ބޯލުމުން ލިބޭނެފަދަ ރާހަތަކުން ރޫހަށް ދިރުން ލިބުނެވެ، އޭނަ އެތަން މިތަން ހޯދިޔަސް ޔަލްވީ ފެންނާކަށް ނެތެވެ. ކޮޓަރިއަށްވަދެ ހިމޭންކަން ވަށައިލުމާއެކު ސިކުނޑީގައި ޖެހިގަތީ ވެކްސިނާއި ކިއުރެކްސިއާގެ މަޖުބޫރީތަކެވެ. ހޮސްޕިޓަލުތެރެއިން މިނަހްއާއި ހަޔާ އެއްކޮށް ފެނުމުން ކޮންމެެވެސް ވަރަކަށް އުދަގޫވިއެވެ. ސަބަބަކީ އެއް އިރެއްގައި ލޯބިވެވުނު އަންހެންކުއްޖާއަށް ވުމުންނެވެ. އެދެމީހުން އެކީ އުޅޭނެ ދުވަހެއް ނުދެއްކެވުން އެދި ދުޢާވެސް ކުރި ހަނދާނެއްވިއެވެ.

އޭނަގެ މެޔަށް ބާރުވެ ރިއްސަންފެށިއެވެ. ފިނި ފެންތަށްޓެއް ބޯލުމަށްފަހު ދެކޮޅަށް ހިނގަންފެށިއެވެ.

ނަމާދުން ސިކުނޑި ހަމަޔަކަށް އެޅިދާނެއެވެ. ނޫނީ އޭނަގެ ބޯ ގޮވާފާނެއެވެ. ނަމާދުކުރަންފެށުމާއެކު ލޮލުން ކަރުނަ އަންނަމުން ދިޔައީ ހިފެހެއްޓުމެއްނެތިއެވެ. އޭނަގެ މުޅި ހަޔާތް ބޭކާރުކޮށްލެވުނީ ކުށްހީއެއްގެ ތެރޭގައި ހުރެއެވެ. ﷲތައާލާ ދެއްވި ނިއުމަތްތައް ހަނދާން ނައްތާނުލެވުނީއެވެ. މަންމަދެކެ ލޯބިވާކަމަށް އަމިއްލަ ނަފުސަށް ޔަގީންކަން ދިނަސް އެކަމުން މަންމައަށް އަދި އޭނައަށް ލިބުނީ ކޮން ދުނިޔަވީ ފައިދާއެއް ހެއްޔެވެ؟ ދުނިޔެ ނުލިބުނަސް މަންމަގެ އާޚިރަތަށްޓަކާ ކަމެއް ކޮށާްނުދެވި ބޭކާރުކޮށްލެވުނީއެވެ.

އަޔާޝް ސަޖިދަ ސޫރަތް މާނައާއެކު ކިޔަވަންފެށުމުން ކަރުނަ ވީ އިތުރެވެ. މުސްހަފް ތެމެމުން ދިޔައެވެ. ޝުކުރުކުރުމާއި ބެހޭ އާޔަތް އޭނަގެ ހިތަށް އަސަރުކުރުވިއެވެ. އިވުމާއި ފެނުމާއި ހިތް ދެއްވި ފަރާތަށް ހަގީގަތުގައި ޝުކުރުވެރިވެވޭލެއްމަދެވެ.

"ޔަލްވީ ގޮވައިގެން ހަނީމޫނަށް ދާންވީ..އެނބުރި އަންނަމުން އުމްރާއަށްގޮސްފައި މަންމައަށްޓަކާ އުމްރާވާނީ..."އޭނަ ވަގުތުން ޓިކެޓް ބުކްކުރަން ފޯނުނެގިއެވެ. އޭނަ ޔަލްވީއަށް ސަޕްރައިޒެެއް ދޭނީއެވެ.

އަޔާޝް ތިރިއަށް ގޮސްފައި ބައްޕަގެ ހާލު ބަލައިލަން އެކޮޓަރީގެ ދޮރުގައި ޓަކިޖަހައިލީ ތެޅިތެޅިވާ ހިތަކާއެކުގައެވެ. ދޮރު ހުޅުވައިލިއިރު ފެނުނީ ދޮންމަންމަ ބައްޕަގެ ގައި މާލީސްކުރަން އިންދައެވެ. ކޮޓަރި ތެރޭގައިވަނީ ބޮޑު އާވީގެ ތޫނުވަހެވެ. އަރާމު ވަހެކެވެ. ދިހައެއް ޖަހަން އުޅެނިކޮށް އަޔާޝް އެތަނުން ފެނުމުން ދޮންމަންމަގެ މޫނަށްވެސް ހައިރާންކަމުގެ ކުލަވަރުވެރިވިއެވެ. ނަމަވެސް ވަރަށް އަވަހަށް އުފާވެރި ހިނިތުންވުމަކަށް ބަދަލުވިއެވެ.

"އަޔާ...އަވަހަށް ވަދެ އިށީދޭ،........" ދޮންމަންމަ ދައުވަތު ދިނެވެ.

"ލައްބަ...ބައްޕަމެން ގާތު ވާހަކައެއް ބުނެލަން މިއައީ.........."އަޔާޝް އަދަބުވެރިކޮށް ބުނެލިގޮތުން އޭނަ ބަދަލުވެފައިވާވަރު އެނގުނެވެ. ދޮންމަންމަ ތެދުވެ އަޔާޝް އިށީންނަން ތަންދެއްކިއެވެ.

"މިއުޅެނީ ފުރަން...އަދި ބައްޕައާއި ދައްކަން ޖެހޭ ވާހަކައެއް އޮތީމަ....."އަޔާޝް އެނދުގެ މަގަތުގައި އިށީދެފައި ބައްޕަގެ އަތްތިލަ އޭނަގެ އަތުތެރެއަށްލިއެވެ.

"ބައްޕަ ހަގީގަތް ފޮރުވުމުން ވާނުވާގައި ހުރެވުނީ......... އަޅުގަނޑުމެންނަށް މަންމައަކު ހޯދަދިނުމުން އަބަދުވެސް އެކަމާއިހެދި ހިތްހަމަނުޖެހި ރުޅިވެރިކަން ދެއްކުނީ.....އޭރު ނުވިސްނުނީމަ..މިހާރު އެނގިއްޖެ...މަންމަގެ މަގާމަށް ކިހާ އެކަށީގެންވާ މީހެއްކަން ބައްޕަ ހޯދަދިނީ...އެހުރިހާ ކަމަކާއި ކެތްތެރިކަމާއެކު ޑީލްކުރުމަކީ އެއްވެސް އިންސާނަކަށް ފަސޭހަކަމެއްނޫން. ."އޭނަ މާފަށް އެދުނެވެ.

އަޔާޝް ދޮންމަންމަ ތަގުވާގެ މޫނަށް ބަލައިލިއިރު ރުޅިވެރިކަމުގެ އަސަރެއްނެތެވެ.

"އެއްވެސް ކަމަކާއި މަންމަގެ ހިތް ބުރައެއްނޫން...އަޔާމެންގެ މަންމަ ހަވާލުކޮށްފައި ދިޔަ އަމާނާތަށް އެއްވެސް ވަރަކަށް ޚިޔާނަތްތެރިނުވަން..ﷲ ތައާލާ އެކަމަށް ހެކިވެވޮޑިގަންނަވާނެ....މިއަދު ވަރަށް އުފާވެއްޖެ..."ތަގުވާގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ އަައެވެ.

"މިއީ ބައްޕަ ދެކެން ބޭނުންވީ އެއް ދުވަސް...އަދި ޔަލްވީއާއި ދެކުދިން މިފަދަ ދަތުރެއްގައި އެކީގައި ދިޔުން.."

"ބައްޕަަމެން ހާދަ ހިތްވަރުގަދައޭ...މިވަރަށް ދެރަކޮށްލިއިރުވެސް....."އަޔާޝް ޖުމްލަ މެދުކަނޑައިލިއެވެ."އަދި....މީހަކު ބުނި އަޅުގަނޑަކީ ބައްޕަގެ ދަރިއެއްނޫނޭ..............."

"ތިއީ ކާކު ދެއްކި ވާހަކައެއް؟ އެހެން ބުނީ ކާކުތަ؟ ކީކޭ ހިތަށް އަރައިގެން..ބުހުތާނު ދޮގު........"ސަލާހުއްދީން ކުއްލިއަކަށް ތެދުވާން މަސައްކަތްކުރިއެވެ. ފައިގާ ވާގިއެއް ނެތުމުން ހަރަތާކެއްނުކުރެވުނެވެ"އެމީހެއްގެ އަނގައިގާ ހައްދުޖަހާ ވަރުގެ ކަމެއް....ކާކު އެހެން ކިއީ؟"

"ބައްޕާ.....އިޓްސް އޯކޭ..އަޅުގަނޑަށް މައްސަލައެއްނެތޭ އެކަން އެނގުނަސް........."އަޔާޝް ހައިރާންވިއެވެ. އެވަރުންވެސް ބައްޕަ އެއުޅެނީ ހަގީގަތް ފޮރުވައިގެން ހުންނާށެވެ. ނަސްލު އޮޅުވައިލުމަކީ ކުށެކެވެ. ފާފައެކެވެ. އޭނައަށްވުރެ ބޮޑަށް އެކަން ދަންނާނީ ބައްޕައެވެ. އެކަމަކު ބައްޕަ އަޔާޝްއަށްޓަކާ އެ ހަގީގަތް ފޮރުވަނީއެވެ. އޭނައަށް ބައްޕަގެ މިގެއިން އަދި މުދަލުންވެސް އެއްވެސް އެއްޗެއް ވާރުތަވުމުގެ ހައްގުވެސް ނެތެވެ.

"އަޔާ....ބައެއް ފާފަތަކަކީ ސިއްރުވެފައި އޮންނަ ކަންތައްތަކެއް.......އެފަދަ ސިއްރުތައް ފޮރުވައިގެންހުރެ ތައުބާވުމުން މާ ރަގަޅުވާނެ...ހުރިހާ އެންމެނަށްވެސް ކުށް ކުރެވޭނެ..ފާފަކުރެވޭނެ.....ޔަލްވީ ވަރަށް އުފަލުން ދޯ ހުރީ ބުރެއްޖަހަން ދެވޭތީ...ޔޫކޭއަށްގޮސް މަންމަގެ ގެއަށް ވެސް ދާންވާނެ..އެއީ މި މަންމަގެ ގެ....އަދި އަޔާ މަންމައާއިއެކު އަހަރެމެން..............."

ތަގުވާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓައިލިއެވެ.

"މަންމަވެސް ކިޔެވީ ޔޫކޭގައި....ފްރެންޑްސް؟"

"ހޫމްމމމް...ގާތް އެކުވެރިން......"ތަގުވާ ހީލިއެވެ.

"އަޔާ ތިހާ ވަރަށް އަހާ ސަބަބެއް ނޭގޭ...ކިއުރިއަސްވެގެން ކަމަށްވެދާނެ...ހަގީގަތުގައި ބައްޕަގެ ފަސްޓްލަވްއަކީ ތަގުވާ..މަންމައެއްނޫން....ކުއްލިއަކަށް ތަގުވާ ހަމަ މަޖުބޫރުކުރީ މަންމައާއި ކައިވެނިކުރަން...ނުވިތާކަށް ބައްޕައާއި ގުޅުންވެސް ކަނޑައިލީ އެކަމައިހެދި.....އެހެން މީހަކާއިރައްޓެހިވެގެންނޭވެސް ބުނި..ކޮންމެވެސް ރީޒަންއަކާއިހެދި އެހުރިހާކަމެއް އެހެން ހިނގީ.....ބައްޕަ ހީކުރީ އަބަދަށްޓަކާ ތަގުވާ ވަކިވެގެން ދިޔައީކަަމަށް..އެހެންވެ ދެން އެހެން ދިރިއުޅުމެއްފެށީ....ހަޔާތުގައި ހީނުކުރާފަދަ ޓްވިސްޓްތައް އަންނާނެ ދަރިފުޅު...އެއީ އިންސާނުންވީމަ ގޯސްވެސް ހަދާނެ...އެއްވެސް ކަމެއް ޕަފެކްޓްކޮށް ނުދާނެ...ޕަފެކްޓް ކަންތައްވެސް އިސާހިތަކު އިމްތިހާނަކަށްވެގެން ހިނގައިދާނެ....އެއަށް ކިޔަނީ ދިރިއުޅުން...." ސަލާހުއްދީން މަޑުމަޑުން ބުނެލިއެވެ."އަޔާއަކީ ބައްޕަގެ ފުރަތަމަ ދަރި.....އެކަން އަބަދު އޮންނާނީ އެގޮތަށް...."

"ތެދެއް އަޔާ....އަޔާ ވަރަށް ބޮޑަށް މަންމައަށް އެޓޭޗްވެފައި ހުރީ..އެހެންވެ މަންމަ ވަކިވުން ބަލައިގަންނަން ފަސޭހަނުވާނެކަން ހަމަ އަންޑަސްޓޭންޑްވި..." ތަގުވާ ކޮފީތަށިން ކޮފީއެއް އަޅާފައި އަޔާޝްގެ އަތަށް ދިނެވެ.

މިހާ އޯގާތެރި ދޮންމަންމައެއް ލިބޭނީ ނަސީބުވެރިންނަށެވެ. އެކަނި ރަަގަޅު ދޮންމައަކީއެއްނޫނެވެ. އޭނަގެ މަންމަގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ މަންމައަށް އެހީތެރިވެދިނީއެވެ. މަންމަގެ ދަރިފުޅަށް ބައްޕައެއްގެ ނަން ހޯދަދޭން އެހީތެރިވީއެވެ. އެންމެ ރަގަޅެވެ. މަންމަގެ ފާފަ ފޮރުވަން އެކަމުގައި ބައިވެރިވެ އޭނައަށް އިހުސާންތެރިވެސް ވެދިނިއެވެ. ހަގީގަތުގައި އޭނައަކީ މިދެމީހުންނާއިވެސް ލޭގެ ގުޅުމެއް އޮތް މީހެއްނޫނެވެ.ނަމަވެސް އަމިއްލަ ދަރިންނަށްވުރެ ލޯތްބާއި އޯގާތެރިކަން ދިނެވެ. އޭނަގެ ރުންކުރުކަމާއި ރުޅިގަދަކަމަށްވެސް ކެތްތެރިވިއެވެ. އެންމެ އަޖައިބުވަނީ މަންމަ ތަގުވާއަށްވެސް ލަނޑުދިނީމައެވެ.

***

އަޔާޝް އޭނަގެ މަންމަގެ މަހާނަދޮށުގައި ހުރިއިރު ހިތްވަނީ ކުދިކުދިވެފައެވެ.

"މަންމާ..އަޅުގަނޑަށް މަންމައަށް އެއްވެސް ކަމެއްކޮށްނުދެވުނު..އިހުސާންތެރިވީ ދެމީހުންނަށްވެސް ބޭއިންސާފުން ކަންކުރެވުނީ...މަންމައަށްޓަކާ އެންމެ ދުއާއެއްވެސް ކުރިން ކޮށްނުލެވުނު..އެންމެ ސަދަގާތެއްކުރަންވެސް ނޭގުނު...އުމްރާއަކަށް ނުދެވުނު...ދޮންމަންމައެއްގެ މަގާމުގައި ހުރީ ކިހާ ރަގަޅު މީހެއްކަން ނޭގި އޭނަ ދީނަށް އުޅެން ބާރު އެޅުމުން ނަމާދުކުރަން ފޫހިވީ...ގުރުއާންވެސް ނުކިޔެވީ...ރަގަޅު ކުއްޖަކަށް ހަދަން ދޮންމަންމަ މަސައްކަތްކުރި..އެކަމަކު...މާފުކުރާތި މަންމާ...އުމުރުގެ ބާކީބައިގާ މަންމައަށް ދުޢާކޮށްދޭނަން. މިއުޅެނީ މަންމައަށްޓަކާ އުމްރާކުރަން ފުރަންވެގެން....މަންމައަށް މިއަދު ބޭނުންވަނީ ކަރުނައެއްނޫން...ސާލިހު ދަރިއެއް..އަހަންނަށް އެ ނަސީބު ނުލިބިއްޖެއްޔާ ދުއާއަކީ ކޮއްކޮމެން އެފަދަ ކުދިންނަށްވުން....ވަރަށް ލޯބިވޭ މަންމާ.....ﷲ މަންމަގެ ފާފަތައް ފުއްސަވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި...."އަޔާޝް މަހާނައިގާ އަތް ޖައްސައިލިއެވެ.

މަހާނައިގެ ކޮޅުގައި ހުރި ހުވަދުމާގަހުގައި މާ އަޅާ ބަރާވެފައިވާތަން ފެނުނެވެ.

"ކޮއިފުޅު..މިއީ ހުރިހާ އިންސާނުންވެސް ދެކޭނެ ދުވަހެއް..މިއަދު މިތަނުގައި ނިދާފައިވާ އެންމެނަށް ބޭނުންވަނީ ހެޔޮ ދުއާ..މާދަމާ އިސްލާހުވާން ނުތިބެ މިއަދުވެސް ހަމަ ދިރިތިބީންނަށް އޮތްކަމަކީ މި ދުވަހަށް ތައްޔާރުވުން..ނަމާދެއް ދޫކޮށްނުލާތި......" ދުވަސްވީ މީހަކު އަޔާޝްގެ ބޮލުގައި ފިރުމައިލަމުން ނަސޭހަތްތެރިވިއެވެ.

***

ހަޔާ ނިދަން ތައްޔާރުވާން ހުރިއިރު ވަރަށް ވިސްނިއެވެ. އޭނައާއި މިނާހްގެ "އެކުވެރިކަން" ހަލާލު ގުޅުމަކަށް ވާނެ އެއްވެސް ގޮތެއްނެތެވެ. އޭނަ ދީނަށް އުޅެން މިވަރަށް މަަސައްކްތްކުރާއިރު މިފަދައިން ދިގުދެމިގެންވާ ފާފައެއް ހެޔޮވާނެ އެއްވެސް ގޮތެއްނެތެވެ. ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކޮށް ހަދާއިރު ހަމަ ފާފަތަކުން ދުރުހެލިވާންޖެހޭނެ ނޫންހެއްޔެވެ؟

"ހަޔާ...ހަޔާ..."އާސީންގެ އަޑު އިވުމުން އޭނަ ގޮސް ދޮރު ހުޅުވައިލިއެވެ.

"ދޮންބެއާއި ޔަލް ޔޫރަޕަށް ފުރަނީ...ދެމީހުން ގުޅުނީމަ ވަރަށް އެކްސައިޓެޑް..."

"އޯ......އަލްހަމްދުލިﷲ..ޔަލް އަބަދު އެކަމާއި ދެރަވެފައިވިއްޔަ ހުރީ...."

"އަދި އެހެން ވާހަކައެއް އެބައޮތް..މިހެން ބުނަން ފަސޭހައެއްވެސް ނޫން........"އާސީން ސޯފާއަށް އަރާ އޮށޯވެލިއެވެ.

"ހަޔާ...ހަޔާ..."އާސީންގެ އަޑު އިވުމުން އޭނަ ގޮސް ދޮރު ހުޅުވައިލިއެވެ.

"ދޮންބެއާއި ޔަލް ޔޫރަޕަށް ފުރަނީ...ދެމީހުން ގުޅުނީމަ ވަރަށް އެކްސައިޓެޑް..."

"އޯ......އަލްހަމްދުލިﷲ..ޔަލް އަބަދު އެކަމާއި ދެރަވެފައިވިއްޔަ ހުރީ...."

"އަދި އެހެން ވާހަކައެއް އެބައޮތް..މިހެން ބުނަން ފަސޭހައެއްވެސް ނޫން........"އާސީން ސޯފާއަށް އަރާ އޮށޯވެލިއެވެ.

"ޑޮކްޓަރ ލީވަންއާއި މިއަދު ބައްދަލުވި ހޮސްޕިޓަލްތެރެއިން...ވަރަށް ޑައުން ޓު އާތްހެން ހީވޭ...."

"އެހެންތަ؟"

"އޭނަ ބޮލުގައި އިބޫގެ މަރުގެ ތުހުމަތުވެސް އެޅުނެއްނު.."

"އެއީ ވޭޕް އެއްޗެހި ބޭނުންނުކުރަންވީ ސަބަބަކީ..ވޭޕާއި ސިގްރެޓްފަދަ ހުރިހާ އެއްޗެއް މަނާކުރަންވީ...ލީވަންވެސް އެރޭ ވޭޕްބޭނުންކުރަނިކޮށް ފޮޓޯ ލީކްވީމަ އެހުރިހާ މައްސަލައެއް ޖެހުނީ..އެކަމަކު އެއީ ހަގީގަތެއްނޫން...ޑްރަގް ޔޫޒްކުރާ އެކަކުވެސް އެތާގައި ނެތް.."

"އޭނަ ސިންގަލްތަ؟"

"އާސީ ލައިކް ވީ ދޯ ..."

"އެކަހަލަ ގޮތެއް...މިއީ އަދި ސިއްރެއް ނުކިޔައްޗޭ....ލީވަން ދިން ނަމްބަރުވެސް....މިއޮތީނު..."އާސީން އޭނަގެ ފޯނު ހުޅުވާފައި ވައިބާރގައި އިން ލީވަންގެ ފޮޓޯ ދައްކައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު