ގޫގުލް ޖެމިނައިއަށް 'ނޯޓްބުކްސް' ތައާރަފުކޮށްފި

ނޯޓްބުކްސް ފީޗާ އަކީ ގޫގުލްގެ "ނޯޓްބުކް އެލް.އެމް" އާ ގުޅުވާލެވިފައިވާ ފީޗާއެއް ---

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް އެޕްލިކޭޝަން ކަމަށްވާ ޖެމިނައިގައި 'ނޯޓްބުކްސް' ގެ ނަމުގައި އާ ފީޗާއެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ފީޗާގެ އެހީގައި ފައިލްތަކާއި ޕީޑީއެފްތައް އަޕްލޯޑުކޮށް، ކުރީގެ ޗެޓްތައް އެއްތަނަކުން ބެލެހެއްޓޭނެއެވެ. މިއީ ނޯޓްބުކް އެލްއެމް އާ ގުޅިފައިވާ ފީޗާއަކަށްވުމުން، މަޢުލޫމާތުތައް ތަކުރާރުކޮށް ކިޔައިދޭން ނުޖެހި، މަސައްކަތްތައް ފަސޭހައިން ކުރިއަށް ގެންދެވޭނެއެވެ.

  • ޖެމިނައިއަށް 'ނޯޓްބުކްސް' ތަޢާރަފުކުރުން.
  • ޕީޑީއެފް ފަދަ ލިޔުންތައް އަޕްލޯޑުކޮށް ޗެޓްތައް ރައްކާކުރެވުން.
  • ނޯޓްބުކް އެލްއެމް އާ ގުޅުވާލެވިފައިވުން.
  • ޕްރީމިއަމް އަދި އާންމު ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ ލިބުން.

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޕްލިކޭޝަން "ޖެމިނައި" މެދުވެރިކޮށް ކުރާ މުހިންމު މަސައްކަތްތަކާއި، ފައިލްތަކާއި، އަދި ދިގުކޮށް ދެކެވޭ ވާހަކަތައް އެއްތަނަކުން ތަރުތީބުކޮށް ބެލެހެއްޓޭނެ ގޮތް ހެދުމަށްޓަކައި "ނޯޓްބުކްސް"ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.

މި ފީޗާގެ އެހީގައި ޖެމިނައިގެ ސައިޑް ޕެނަލުން އާ ނޯޓްބުކެއް ހަދައި، އޭގެ ތެރެއަށް ޕީ.ޑީ.އެފް ފަދަ ލިޔުންތައް އަޕްލޯޑް ކުރެވޭނެއެވެ. އަދި ކުރިން ކޮށްފައި ހުރި ޗެޓްތައް ނޯޓްބުކަށް ބަދަލުކުރުމުގެ ފުރުސަތުވެސް ލިބެއެވެ.

ގޫގުލް އިން ހާމަކުރި ގޮތުގައި، މީގެ ސަބަބުން ކޮންމެ ފަހަރަކު ކުރީގެ މަޢުލޫމާތުތައް އަލުން ކިޔައިދޭން ނުޖެހި، ކުރަމުންދާ މަސައްކަތުގެ މައިގަނޑު މައުލޫމާތުތަކަށް ބަލައިގެން ޖެމިނައި އިން ޖަވާބުދޭނެއެވެ.

މި ފީޗާގެ އެހީގައި ޖެމިނައިގެ ސައިޑް ޕެނަލުން އާ ނޯޓްބުކެއް ހަދައި، އޭގެ ތެރެއަށް ޕީ.ޑީ.އެފް ފަދަ ލިޔުންތައް އަޕްލޯޑް ކުރެވޭނެ ---

ނޯޓްބުކްސް ފީޗާ އަކީ ގޫގުލްގެ "ނޯޓްބުކް އެލް.އެމް" އާ ގުޅުވާލެވިފައިވާ ފީޗާއެކެވެ. އެހެންކަމުން ޖެމިނައިގައި ހަދާ ނޯޓްބުކްތައް އޮޓޮމެޓިކުން ނޯޓްބުކް އެލް.އެމް އިން ފެންނަން ހުންނާނެއެވެ. މިސާލަކަށް، ޖެމިނައި އަށް ފިލާވަޅުތަކެއް އަޕްލޯޑް ކުރުމަށްފަހު، ނޯޓްބުކް އެލް.އެމް މެދުވެރިކޮށް އޭގެ އިންފޯގްރަފިކްސް ނުވަތަ ވީޑިއޯ އޯވަވިއުއެއް ތައްޔާރުކޮށް، އަލުން ޖެމިނައި އަށް ގޮސް އެ މައުލޫމާތުތަކުން މަޒުމޫނު ފަދަ ތަކެތި ލިޔެވޭނެއެވެ.

މި ފީޗާ މިހާރު ދޫކުރަން ފަށާފައިވަނީ ޖެމިނައިގެ 'އަލްޓްރާ'، 'ޕްރޯ' އަދި 'ޕްލަސް' ސަބްސްކްރައިބަރުންނަށް ވެބް ބްރައުޒާ މެދުވެރިކޮށެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފޯނުތަކަށާއި، ހިލޭ ބޭނުންކުރާ ފަރާތްތަކަށްވެސް މި ފީޗާ ލިބޭނެ ކަމަށް ގޫގުލް އިން ބުނެއެވެ.

މި އާ ފީޗާއަކީ އޯޕަން އޭއައި އިން މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފުކުރި "ޗެޓް ޖީޕީޓީ ޕްރޮޖެކްޓްސް"އާ އެއްގޮތް ފީޗާއެކެވެ. މިއީ އޭއައި ބޭނުންކޮށްގެން ދިރާސާކުރުމާއި، ޕްރޮޖެކްޓްތައް ރޭވުމާއި، އިމްތިހާނުތަކަށް ތައްޔާރުވުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް