ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ދެން ފީ ދައްކަން ނުޖެހޭނެ

ސަރުކާރުގެ މުވައްޒަފުން ބިދޭސީއަކަށް ޚިދުމަޔް ދެނީ: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ދެން ފީ ދައްކަން ނުޖެހޭނެ -- ސަން ފޮޓޯ: މޫސާ ނަދީމް

ސަރުކާރުން ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި މުހިންމު އިސްލާހެއްގެ ދަށުން، އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ބިދޭސީންނާ ހަމައަށް ގެންނަ ނަމަ އަހަރަކު ދައްކަންޖެހޭ 2000 ރުފިޔާގެ ކޯޓާ ފީ ދައްކާކަށް ދެން ނުޖެހޭނެއެވެ. މިކަން ސަރުކާރުން ހާމަކޮށްފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ގެނެވުނު އިސްލާހުގައެވެ. ނަމަވެސް އެންމެ ކުދި ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި އޮންނަ 20 ކޯޓާއަށްވުރެ އިތުރުވާ ކޮންމެ ކޯޓާއަކަށް އުސޫލުގައިވާ ގޮތުގެ މަތިން އިތުރަށް ފީ ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން، މި އުސޫލުގެ ދަށުން ކޯޓާ ފީ ބަހާލައިގެން ދައްކަން ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފީ ދެއްކުމަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ލިބިފައިވެއެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގައި ހިންގާ 30،000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މިފަދަ ބޮޑު ލުޔެއް ވިޔަފާރިތަކަށް ދިނުމަށް ސަރުކާރުން ނިންމެވީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައި އެފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ.

  • 20 ކޯޓާއާ ހަމައަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފީ ދައްކަން ނުޖެހުން.
  • 20 އަށް ވުރެ އިތުރުވާ ކޯޓާތަކަށް ގަވައިދުގެ ދަށުން ފީ ދައްކަން ޖެހުން.
  • ކޯޓާ ފީ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދިނުން.
  • މި ބަދަލުގެ ސަބަބުން 30،000 އަށް ވުރެ ގިނަ ވިޔަފާރިއަށް ލުއި ލިބިގެންދާނެކަން.

އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާ ފީ، 20 ކޯޓާ، ނުވަތަ އެއަށްވުރެ މަދު ނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ސަރުކާރުން މި މަހުގެ ފުރަތަމަ ދުވަހު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން 20، ނުވަތަ އެއަށްވުރެ މަދުން ބިދޭސީން ގެންނަ ނަމަ، ކޮންމެ ބިދޭސީއަކަށް އަހަރަކު ދައްކަންޖެހޭ 2،000 ރުފިޔާގެ ކޯޓާ ދައްކަން ނުޖެހޭނެއެވެ.

އެކަމަކު އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި އޮންނަ 20 ކޯޓާއަށްވުރެ އިތުރުވާ ކޮންމެ ކޯޓާއަކަށް އިތުރަށް ފީ ދައްކަން ޖެހޭނެ ކަމަށް، އުސޫލުގައިވެއެވެ.

މި އުސޫލުގައިވަނީ، ކޯޓާ ފީ ބަހާލައިގެން ދައްކަން ބޭނުންވާ ވިޔަފާރިތަކަށް، އެކްސްޕެޓް ސިސްޓަމް ސިސްޓަމް މެދުވެރިކޮށް ފީ ދެއްކުމަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ، ކުދި ވިޔަފާރިތަކަށް މި ލުއި ދޭން ނިންމީ، މިދިޔަ ޑިސެންބަރު މަހުގެ 17ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

މި ބަދަލާއެކު ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް