ހަނގުރާމައާ ގުޅިގެން ޚަރަދު ބޮޑުވުމުން، މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފި

މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅު: ހަނގުރާމައާ ގުޅިގެން ޚަރަދު ބޮޑުވުމުން، މިފްކޯގެ ތެޔޮ މަސްދަޅުގެ އަގު ވަނީ ބޮޑުކޮށްފައި -- ފޮޓޯ/ މިފްކޯ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވެ، ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯއިން ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފިއެވެ. މިގޮތުން ކުރިން 17.50 ރުފިޔާއަށް ވިއްކަމުންދިޔަ މަސްދަޅެއްގެ އަގު ވަނީ 18.50 ރުފިޔާއަށް ބަދަލުކޮށްފައެވެ. އަދި ތެޔޮ މަސްދަޅު ކޭހެއްގެ އަގު ވަނީ 800 ރުފިޔާއަށް ހަމަޖައްސާފައެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގޮތުން އެ ކުންފުނީގެ ރަސްމީ މަސައްކަތު ގަޑިން 2 ގަޑިއިރު ވަނީ މަދުކޮށްފައެވެ. މި ބަދަލުތައް އައިސްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅި ބަންދުވެ، ތެޔޮ އުފުލުމަށް ދަތިވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، ސަރުކާރުން ވަނީ ކާބޯތަކެއްޗާއި ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

  • މިފްކޯއިން ތެޔޮ މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކުރުން.
  • ތެޔޮ މަސްދަޅު ކޭހެއްގެ އަގު 800 ރުފިޔާއަށް ކަނޑައެޅުން.
  • ޚަރަދު ކުޑަކުރުމަށް މިފްކޯގެ މަސައްކަތު ގަޑިން 2 ގަޑިއިރު މަދުކުރުން.
  • އަގުތަކަށް ބަދަލު އައީ މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގު އުފުލުމުންކަން.

ސަރުކާރު މަސް ކުންފުނި, މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ، ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން، 17.50 ރުފިޔާއަށް ވިއްކަމުން އައި މަސްދަޅު ދެން ލިބޭނީ 18.50 ރުފިޔާއަށެވެ.

މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގެއްލުމުގައި ހިންގާ މިފްކޯގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް އިއްޔެ ވަނީ ނިންމައިފައެވެ.

https://sun.mv/220184

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީ، ފެށި ހަނގުރާމައާ ގުޅިގެން ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ، އީރާނުން، އެ ގައުމާ ކައިރީ އޮންނަ ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު، ތެޔޮ އުފުލަން ދަތިތައް ކުރިމަތިވުމެވެ.

ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ބޮޑު ބައެއް އެ ކަނޑުއޮޅި މެދުވެރިކޮށް އުފުލާއިރު، އެ ދަތިތަކާ ގުޅިގެން ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ބޮޑުކޮށްފައެވެ.

މި ސަރުކާރުން އަންނަނީ، އެ މައްސަލަތައް ދިމާވި ނަމަވެސް، މެދުކެނޑުމެއްނެތި ތެލާއި ކާބޯތަކެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް