ވައިޓް ހައުސް ކައިރިން ބަޑީގެ އަޑު އިވިގެން މައްސަލަ ބަލަނީ

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް. އެ ސަރަހައްދުން ބަޑީގެ އަޑު އިވިގެން މައްސަަލަ އަންނަނީ ތަހުގީގު ކުރަމުން. ފޮޓޯ/ގެޓީ

އެމެރިކާގެ ރައީސްގެ ގެކޮޅު ކަމަށްވާ ވައިޓް ހައުސް ކައިރިން ރޭ ދަންވަރު ބަޑީގެ އަޑު އިވުމާ ގުޅިގެން ސީކްރެޓް ސާވިސްއިން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ އުތުރުން އޮންނަ ލަފަޔޭޓް ޕާކާއި އެ ސަރަހައްދުގެ މަގުތައް ބަލައި ފާސްކުރިއެވެ. ނަމަވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިދާރާތަކުން ބުނެފައިވެއެވެ. ތަހުގީގަށް ބަންދުކުރި މަގުތައް ފަހުން އަލުން ހުޅުވާފައިވާއިރު، މި ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ވޮޝިންޓަން ޑީސީގައެވެ.

  • ވައިޓް ހައުސް ކައިރިން ބަޑީގެ އަޑު އިވުމުން ސީކްރެޓް ސާވިސްއިން މައްސަލަ ބަލަން ފަށައިފި
  • ލަފަޔޭޓް ޕާކާއި ވަށައިގެންވާ ސަރަހައްދު ބަލައި ފާސްކުރި ނަމަވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްފައިވޭ
  • ތަހުގީގަށް ބަންދުކުރި މަގުތައް ފަހުން ވަނީ އަލުން ހުޅުވާފައި
  • ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ވޮޝިންޓަން ޑީސީގައި

ވައިޓް ހައުސް ކައިރިން ރޭ ދަންވަރުގެ ވަގުތެެއްގައި ބަޑީގެ އަޑުއިވިގެން ސީކްރެޓް ސާވިސް އިން އެ މައްސަލަ ތަހުުގީގު ކުރަން ފަށައިފިއެވެ.

ވޮޝިންޓަން ޑީސީގެ ލަފަޔޭޓް ޕާކް ވަށައިގެންވާ ސަރަހައްދުގައި ރޭ ދަންވަރު ބަޑީގެ އަޑު އިވުމުން އެމެރިކާގެ ރައީސްގެ ގެކޮޅު، ވައިޓް ހައުސްގެ އުތުރުން އޮންނަ ޕާކާއި ވަށައިގެންވާ ސަރަހައްދު ބަލައިފާސްކޮށްފައިވާ އެ އިދާރާއިން ބުނެއެވެ.

ނަމަވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ތަހުގީގު ކުރުމަށް އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރި ނަމަވެސް ފަހުން އެ މަގުތައް އަލުން ހުޅުވާފައިވާ ކަމަށް ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތޮނީ ގުގްލިއެލްމީ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ހަފްތާ ބަންދުގައި އާންމުކޮށް ފްލޮރިޑާގައި ވަގުތު ހޭދަކުރައްވާ ނަމަވެސް، މިދިޔަ ހަފްތާ ބަންދުގައި ހުންނެވީ ވޮޝިންޓަން ޑީސީގައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗެއުންގް ވިދާޅުވީ ޓްރަމްޕް މި ހަފްތާ ބަންދުގައި ހުންނެވީ ވޮޝިންޓަން ޑީސީގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވުމަށެވެ.

އަދި ހަފްތާ ބަންދުގައި ވައިޓް ހައުސްގައި ރޭގަނޑުގެ ކެއުމެއް ބާއްވަންވެސް ހަމަޖެހިފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ޓްރަމްޕަށް ވަނީ ބަޑީގެ ހަމަލާއެއްވެސް އަމާޒުވެފައެވެ. އެ ހަމަލާ ދިން ވަގުތު ސީކްރެޓް ސާވިސްއިން ވަނީ ހަމަލާ ދިން މީހާ މަރައިލައިފައެވެ.

comment ކޮމެންޓް