ސަނީ ލިއޯންއަށް ހޮލީވުޑްގެ އާ ސީރީސްއަކުން ފުރުސަތު ލިބިއްޖެ

ބޮލީވުޑް ބަތަލާ ސަނީ ލިއޯން-- ފޮޓޯ/ ޕިންކްވިލާ

ބޮލީވުޑްގައި މަޤުބޫލުކަން ހޯދާފައިވާ ބަތަލާ ސަނީ ލިއޯންއަށް ހޮލީވުޑްގެ އާ ސީރީސްއަކުން ފުރުސަތު ލިބިއްޖެއެވެ. ދަ ޖަޔަންޓް ގެ ނަމުގައި އުފައްދާ މި ސީރީސްގައި އޭނާ އަދާކުރާނީ ކުއާނާ ޑިއާލީފް ނަމަކަށް ކިޔާ ރިޒަވޭޝަން ޝެރިފެއްގެ ރޯލެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ނުކުޅޭ ފަދަ މުޅިން އާ ކެރެކްޓާއެކެވެ. ކެވިން ބީ ލިޔެ އުފައްދާ މި ސީރީސް ގެނެސްދެނީ އަސްކަރީ ތަޖުރިބާކާރުން ހިންގާ އާޓިމިސް ތިއޭޓްރިކަލް ޕްރޮޑަކްޝަންސް އެލްއެލްސީ އިންނެވެ. ފިލްމު ކެނެޑީ އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، މި އާ ޕްރޮޖެކްޓަކީ ސަނީ ބައިނަލްއަޤުވާމީ މައިދާނުގައި އިތުރަށް ވިދާލާނެ ފުރުސަތެއް ކަމަށް ބެލެވެއެވެ. ސަނީ ބުނެފައިވަނީ މި ސީރީސްއަށް އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވީ މިއީ ކުރިން ތަޖުރިބާކޮށްފައިނުވާ ތަފާތު ރޯލަކަށް ވުމުން ކަމަށެވެ. އަދި ބެލުންތެރިންނަށް އެންމެ ފުރިހަމަ އެކްޓިންގއެއް ދެއްކުމަށް ބުރަކޮށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދީފައެވެ. ސަނީ އަންނަނީ މި އަހަރު އެކަނިވެސް މަޅަޔާލަމް ދެ ފިލްމަކާއި ހިންދީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

  • ސަނީ ލިއޯންއަށް ހޮލީވުޑްގެ ސީރީސް ދަ ޖަޔަންޓް އިން ފުރުސަތު ލިބުން
  • މި ސީރީސްގައި އޭނާ އަދާކުރާނީ ޝެރިފެއްގެ ރޯލު
  • މިއީ ކެވިން ބީ އުފައްދާ އަދި އާޓިމިސް ތިއޭޓްރިކަލް ޕްރޮޑަކްޝަންސް އިން ގެނެސްދޭ ސީރީސްއެއް
  • މި އަހަރު ސަނީ އިތުރު ހަތަރު ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންދޭ

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯންއަށް ހޮލީވުޑްގެ އާ ސީރީޒްއަކުން ފުރުސަތު ލިބިއްޖެއެވެ.

"ދަ ޖަޔަންޓް"ގެ ނަމުގައި އުފައްދާ މި ސީރީސްއިން ސަނީ ފެންނާނީ ޝެރިފެއްގެ ރޯލުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "ކެނެޑީ"އަށް ލިބުނު ބޮޑު ތަރުހީބަށް ފަހު، މި ސީރީޒްގައި ސަނީ ކުޅޭ ކެރެކްޓާއަކީ ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި އަނެއްކާވެސް ވިދާލާނެ ސީރީސްއަކަށް ވާނެ ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

ކެވިން ބީ، ޕްލޮތް ލިޔެ، އުފައްދާ މި ސީރީޒަކީ ތަފާތު ވާހަކަތައް ގެނެސްދިނުމަށް މަޝްހޫރު، އަސްކަރީ ދާއިރާގެ ތަޖުރިބާކާރުން ހިންގާ "އާޓިމިސް ތިއޭޓްރިކަލް ޕްރޮޑަކްޝަންސް އެލްއެލްސީ"އިން އުފައްދާ ސީރީޒެކެވެ.

މި ސީރީޒްގައި ސަނީ ލިއޯން އަދާކުރާނީ ރިޒަވޭޝަން ޝެރިފް "ކުއާނާ ޑިއާލީފް"ގެ ރޯލެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ކުރިން ފެނިފައިނުވާ ފަދަ އާ ކެރެކްޓާއެކެވެ.

ސަނީ ފިލްމު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްއާ އެކު-- ފޮޓޯ/ އެންޑީޓީވީ

ހޮލީވުޑްގެ މި ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ، މި މަޝްރޫޢަށް އޭނާ ޝައުޤުވެރިވި އެންމެ ބޮޑު ސަބަބަކީ ވެސް ކުރިން ތަޖުރިބާކޮށްފައިނުވާ ކެރެކްޓާއެއް ކުޅެން ފުރުސަތު ލިބުން ކަމަށެވެ.

އެގޮތުން އާ ކެރެކްޓާއެއްގެ ތަޖުރިބާއާ އެކު މުޅިން އާ މާޙައުލަކަށް ނުކުތުމަކީ އަބަދުވެސް އޭނާ ކުރަން ޝައުގުހުންނަ ކަންކަން ކަމަށް "ޖިސްމް 2"ގެ ބަތަލާ ބުނެފައިވެއެވެ. އެހެންކަމުން މި ސީރީސްގައި ކުޅޭ ކެރެކްޓާ އެންމެ ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސަނީ ވަނީ ސަޕޯޓަރުންނަށް ދީފައެވެ.

ފާއިތުވި އަހަރުތަކުގައި ސަނީ ލިއޯނީ ވަނީ ފިލްމީ ދާއިރާގެ އެކި އުފެއްދުންތަކާއި، އެކި ބަސްބަހުގެ ފިލްމުތަކުގައި ތަފާތު ރޯލުތައް އަދާކޮށްފައެވެ.

ސަނީ އަންނަނީ މި އަހަރު އެކަނި ވެސް ހަތަރު ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި މަޅަޔާލަމް ދެ ފިލްމާއި ހިންދީ ދެ ފިލްމު ހިމެނެއެވެ.

comment ކޮމެންޓް