ސާރާ ބޮޑު އަގުގައި ގަނެފައިވާ ގެއެއް ފަސް އަހަރަށް ކުއްޔަށްދީފި

ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސާރާ އަލީ ޚާން، މުމްބާއީގެ އަންދޭރީ ވެސްޓުން ގަނެފައިވާ އަގުބޮޑު ބަންގްލޯ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދީފިއެވެ. މި އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތުން މިތަން ބޭނުންކުރަން ހަމަޖެހިފައިވަނީ ސްކޫލެއް ހިންގުމުގެ މަސައްކަތްތަކަށެވެ. އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާގައި މަހު ކުލީގެ ގޮތުގައި 6.5 ލައްކަ ރުޕީސް ދައްކަންޖެހޭއިރު، ތިން އަހަރުގެ ލޮކްއިން މުއްދަތަކަށްފަހު ކޮންމެ އަހަރަކު ކުލި 5 އިންސައްތަ އިތުރުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 20 ލައްކަ ރުޕީސް ވަނީ ބަހައްޓާފައެވެ. އިންޑިއާގެ ފިލްމީ ތަރިން އެމީހުންގެ އަގުބޮޑު އިމާރާތްތައް ކުއްޔަށް ދިނުމަކީ ވަރަށް އާންމު ކަމެކެވެ.

  • ސާރާ އަލީ ޚާންގެ މުމްބާއީ ބަންގްލޯ ފަސް އަހަރަށް ކުއްޔަށް ދިނުން
  • ކުއްޔަށް ހިފި ފަރާތުން އިމާރާތް ބޭނުންކުރާނީ ސްކޫލެއް ހިންގުމަށް
  • ފުރަތަމަ މަރުހަލާގެ މަހު ކުއްޔަކީ 6.5 ލައްކަ ރުޕީސް
  • ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 20 ލައްކަ ރުޕީސް ބެހެއްޓުން

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން ބޮޑު އަގުގައި މުމްބާއީގެ އަންދޭރީ ވެސްޓުން ގަނެފައިވާ ބަންގްލޯ ކުއްޔަށް ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ލަގްޒަރީ ބަންގްލޯ ބަތަލާ ކުއްޔަށްދީފައި ވަނީ މަހު ކުލީގެ ގޮތުގައި 4.14 ކްރޯޑު ރުޕީސްއަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި ސާރާ އަތުން މި ބަންގްލޯ ކުއްޔަށް ނެގި މީހުން އެ އިމާރާތް ބޭނުންކުރާނީ ސްކޫލެއް ހިންގުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށެވެ.

މި ބަންގްލޯ ކުއްޔަށްދިން އެއްބަސްވުމުގައިވާ ގޮތުން، ކުލީގެ ފުރަތަމަ މަރުހަލާގައި މަހަކު 6.5 ލައްކަ ރުޕީސް ސާރާއަށް ދައްކަންޖެހެއެވެ. މި އެއްބަސްވުމުގައި ތިން އަހަރުގެ 'ލޮކް-އިން' މުއްދަތެއް ހިމެނޭއިރު، ތިންވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުލީގެ އަދަދު %5 އިތުރުވަމުންދާނެއެވެ. މީގެ އިތުރުން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 20 ލައްކަ ރުޕީސް ވެސް ސާރާއަށް ވަނީ ދައްކާފައެވެ.

ސާރާ ބައްޕަ ސައިފް އަލީ ޚާން އަދި މަންމަ އަމްރީތާ ސިންގްއާ އެކު--ފޮޓޯ/ޕިންކްވިލާ

އަންދޭރީ ވެސްޓްގެ އޯލްޑް ލޯކަންދްވާލާ ކޮމްޕްލެކްސްގައި ހުންނަ މި ސަރަހައްދަކީ ދިރިއުޅުމަށް މަޝްހޫރު ސަރަހައްދަކަށް ވީނަމަވެސް، ފަހަކަށް އައިސް ތައުލީމީ އަދި އެކި ކަހަލަ ހަރަކާތްތައް ހިންގާ މަރުކަޒުތަކަށް މި ސަރަހައްދުން ތަންތަން ކުއްޔަށް ހިފާ މިންވަރު ވަނީ އިތުރުވެފައެވެ.

އިންޑިއާގެ ފިލްމީ ތަރިން ގަނެފައިވާ އަގުބޮޑު އިމާރާތްތަކާއި ގެ ތައް ބޮޑު އަގުގައި މީހުންނަށް ކުއްޔަށް ދިނުމަކީ ވަރަށް އާއްމުކަމެކެވެ.

ފިލްމު އިންޑަސްޓްރީގައި މާބޮޑު ކުރިއެރުމެއް މިހާތަނަށް ހޯދިފައިނުވާ ބަތަލާ ސާރާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ އަނޫރާގް ބާސޫ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "މެޓްރޯ އިން ދިނޯ"އިންނެވެ.

comment ކޮމެންޓް