ވައިކަރަދޫގެ ދަނޑުވެރިން ހައްދާ ތަކެތި ކުޅުދުއްފުއްޓަށް ގެންދަން ޚާއްސަ ފެރީއެއް ހަމަޖައްސައިފި

މީހަކު ދަނޑުހައްދަނީ: ވައިކަރަދޫގެ ދަނޑުވެރިން ހައްދާ ތަކެތި ކުޅުދުއްފުއްޓަށް ގެންދަން ޚާއްސަ ފެރީއެއް ހަމަޖައްސައިފި -- ފައިލް ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށްޓަކައި، އެ ރަށާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާނެ ޚާއްސަ ފެރީއެއް އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންފައިވާ ވަޢުދަކާ ގުޅިގެން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ފެރީއެކެވެ. މީގެ ސަބަބުން ދަނޑުވެރިންގެ އާމްދަނީއަށާއި ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެއެވެ.

  • ވައިކަރަދޫން ކުޅުދުއްފުއްޓަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ގެންދިއުމަށް ފެރީއެއް ހަމަޖެއްސުން.
  • މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ފެށި މަސައްކަތެއް.
  • ފެރީގެ ދަތުރުތައް ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި.
  • މިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށާއި ދަނޑުވެރިންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.

ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްސަ ފެރީއެއް ހަމަޖައްސައިފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އެ މިނިސްޓްރީން މިހާރު ދަނީ މި މަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުން ކަމަށް ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދުއާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، މިއަދު ވަނީ ހަމަޖައްސާފައެވެ. އަދި އެ ފަރާތާއި މަސައްކަތް ވަނީ ރަސްމީކޮށް ހަވާލުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ޚާއްސަ ފެރީގެ ނިޒާމު ގާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިއީ އެ ރަށުގެ އިގްތިސޯދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި މާރުކޭޓުތަކާ ގުޅުވައިދިނުމަށް، އިތުރު ގޮތްތައް ހޯދައި ދިނުމަށް، މިނިސްޓްރީން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް