ޚާއްސަ އެޕަކާއެކު، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި

"މާލެ ޓެކްސީ ލައިން"ގެ ޚިދުމަތް ފެށުން -- ފޮޓޯ: އެމްޓީސީސީ

ސަރުކާރުގެ ފަރާތުން މާލޭ ޓެކްސީ ލައިންގެ ނަމުގައި ޚާއްސަ އެޕަކާއެކު އައު ޓެކްސީ ޚިދުމަތެއް ވަނީ އިފްތިތާހުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި މި ޚިދުމަތުގައި 150 އިލެކްޓްރިކް ކާރު ބޭނުންކުރާނެއެވެ. އެމްޓީސީސީން ކުރިއަށްގެންދާ މި ޚިދުމަތަކީ 24 ގަޑިއިރު ލިބޭ، ތިމާވެއްޓާ ރައްޓެހި ޚިދުމަތެކެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް އެހީތެރިވުމަށް 1655 ގެ ނަމުގައި ހޮޓްލައިނެއްވެސް ވަނީ ގާއިމުކޮށްފައެވެ.

  • މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ޚާއްސަ އެޕަކާއެކު ތަޢާރަފްކުރުން
  • މި ޚިދުމަތުގައި ސައްތައިން ސައްތަ އިލެކްޓްރިކް 150 ކާރު ބޭނުންކުރުން
  • އެމްޓީސީސީގެ ފަރާތުން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުން
  • ކަސްޓަމަރުންނަށް އެހީތެރިވުމަށް 1655 ގާއިމުކުރުން

ޚާއްސަ އެޕަކާ އެއްކޮށް، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ކަމަށްވާ "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މާލެ ޓެކްސީ ލައިންގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި

މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މިހާރު ވަނީ ގެނެސްފައެވެ.

މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ވަނީ ގެނެސްފައެވެ.

އެގޮތުން މި ޓެކްސީ ލައިންގައި ބޭނުންކުރާނީ:

  • ޗަންގަން އޮޓޯމޮބައިލް، އެސް.ސުމެއް.ފަހެއް - 60 ކާރު
  • ޗަންގަން އޮޓޯމޮބައިލް، ލުމިން އަދި އެސް.ސުމެއް.ހަތެއް - 90 ކާރު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވިދާޅުވީ، މިރޭ ފެށި ޓެކްސީ ލައިން ޚިދުމަތަކީ އަންނަން ހުރި ޖީލުތަކަށް މި ސަރުކާރުން ގެނެސްދިން ހައްލެއް ކަމަށެވެ. ސަޢުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ހުރިހާ އެ ޚިދުމަތްދޭ ހުރިހާ ޑްރައިވަރުން ތިބީ ތައްޔާރަށް ކަމަށެވެ.

މިހާރުވެސް ފުޅާ ދާއިރާއެއްގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެމްޓީސީސީން ދޭކަން އޭނާ ފާހަގަކުރައްވިއެވެ.

"އަޅުގަނޑަށް ދަންނަވާލަން ބޭނުންވަނީ މިރޭ މި އިފްތިތާހުކުރެވޭ މާލޭ ޓެކްސީ ލައިންގެ ޚިދުމަތްދިނުމުގައި ތިޔަ ބޭފުޅުން ސާބިތުވެ ތިއްބަވާށޭ، ހޯއްދަވާ ކޮންމެ ބޭފުޅަކަށްވެސް ހިނިތުންވުމާއެކު ޚިދުމަތް ދިނުމުގެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި އާލާކުރާށޭ،" ޑްރައިވަރުންގެ ފަރާތުން ސަޢޫދީ އެދިވަޑައިގަތެވެ.

ސަރުކާރުން މިރޭ ތައާރަފްކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތަކެވެ.

އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.

comment ކޮމެންޓް