ދުވަސްވީ ތަދުތަކަށް ޚާއްސަ، "ޕެއިން މެނޭޖްމަންޓް ކްލިނިކް"އެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފި

"ޕެއިން މެނޭޖްމަންޓް ކްލިނިކް"އެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފި -- ފޮޓޯ/ ޓީޓީއެޗް

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ގިނަ ދުވަސްވީ ތަދުތަކަށް ފަރުވާ ދިނުމަށް ޚާއްސަ 'ޕެއިން މެނޭޖްމަންޓް ކްލިނިކް'އެއް ފަށާފައެވެ. މި ކްލިނިކް ހާއްސަކޮށްފައިވަނީ ދިގު މުއްދަތަކަށް ތަހައްމަލު ކުރަންޖެހޭ ތަދުތަކަށް ޒަމާނީ ފަރުވާ ފޯރުކޮށްދިނުމަށެވެ.

  • ގިނަ ދުވަސްވީ ތަދުތަކަށް ފަރުވާ ދިނުމަށް އާ ކްލިނިކެއް ހުޅުވުން
  • ޚިދުމަތް ދެއްވަނީ ޚާއްސަ ތަމްރީނު ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ޑޮކްޓަރުން
  • ޒަމާނީ އިމޭޖް ގައިޑެޑް ޓެކްނިކްސް ބޭނުންކުރުން
  • ހަފުތާގެ އާދިއްތަ ދުވަހުން ބުދަ ދުވަހަށް ޚިދުމަތް ލިބޭނެ

'ކްރޮނިކް ޕެއިން' ނުވަތަ ގިނަ ދުވަސްވީ ތަދުތަކަށް ޚާއްސަ "ޕެއިން މެނޭޖްމަންޓް ކްލިނިކް"އެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެއްވަނަ ފަންގިފިލާގައި ހުންނަ މި ކްލިނިކްގައި އިސްކޮށް ހަރަކާތްތެރިވަނީ އިންޓަވެންޝަނަލް ޕެއިން މެނޭޖްމަންޓްގެ ދާއިރާއިން އެޑްވާންސް ޓްރެއިނިން ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިސްޓް އެނެސްތެޓިސްޓުންގެ ޓީމެއް ކަމަށްވާ ޑރ. ފިއުނާ އާއި ޑރ. ބިޝްނޫއެވެ.

މި ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 15:00އިން ފެށިގެން 18:00 އަށެވެ.

ދުވަސްވީ ތަދުތަކަށް ޚާއްސަ ކްލިނިކް ހުޅުވުމުގެ ސަބަބުން އެފަދަ ކަންކަމަށް ފަރުވާ ހޯދާ ޕޭޝަންޓުންނަށް ޚާއްސަ ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ. އަދި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ ސްޕެޝަލިސްޓުންގެ އެހީގައި ފުރިހަމަ ފަރުވާ ޕްލޭނެއް ބަލިމީހުންނަށް އެކުލަވާލެވޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ދިގު މުއްދަތަކަށް ފުރަގަސް ފަރާތުގެ ތަދާއި، އޮސްޓިއޯއާތުރައިޓިސް، ކެންސަރު އަދި ނިއުރޯޕަތިކް ޑިސްއޯޑާ ހުންނަ މީހުންނަށް މި ކްލިނިކާއެކު އާ އުންމީދެއް ލިބޭނެ. އެންމެ ޒަމާނީ އިމޭޖް ގައިޑެޑް ޓެކްނިކްސް އަދި އެވިޑެންސް ބޭސްޑް މެޑިސިން ބޭނުންކޮށްގެން، މި ކްލިނިކުން ބަލި ދެނެގަނެ، ފަރުވާ ދެނެގަނެވޭނެ، ޓްރީ ޓޮޕް ހޮސްޕިޓަލް

މި ކްލިނިކުން ފަރުވާ ކުރާ, ދުވަސްވީ ތަދުތަކުގެ ތެރޭގައި:

  • ދިގު މުއްދަތަކަށް ފުރަގަސް ފަރާތަށް ތަދުވުން، ސިއެޓިކާ ނުވަތަ ސްޕައިނަލް މައްސަލަތައް (ހާނިއޭޓެޑް ޑިސްކް، ސްޕައިނަލް ސްޓެނޯސިސް، ލުމްބާ ރެޑިކިއުލޮޕަތީ)
  • ކަކުލު، ކޮނޑުގެ އޮސްޓިއޯ އާތުރައިޓިސް
  • މަޔޯފެޝިއަލް ޕެއިން، އޮކިއުޕޭޝަނަލް އިންޖަރީ، ނުވަތަ ކުޅިވަރާ ގުޅުން ހުރި މަސްކިއުލޯސްކެލެޓަލް ކޮންޑިޝަންސް
  • ޕޯސްޓްދާޕެޓިކް ނިއުރަލްޖިއާ ނުވަތަ ޓްރައިޖެމިނަލް ނިއުރަލްޖިއާ ފަދަ ނިއުރޯޕަތިކް ތަދުތައް
  • ސާވިކަލް ޑިސްޓޯނިއާ ނުވަތަ ސްޕާސްޓިކް ޑިސްއޯޑާ
  • ޕެލްވިކް، ޓެއިލްބޯން ނުވަތަ ކޮމްޕްލެކްސް ރީޖަނަލް ޕެއިން ސިންޑްރޯމް (ސީއާރްޕީއެސް)
  • ކެންސަރާ ގުޅުން ހުރި ވޭން ނުވަތަ އެޑްވާންސްޑް ޑިޒީޒްއިން އުފެދޭ ތަދު
  • އޯތޮޕީޑިކްސް، ނިއުރޮލޮޖީ، އޮންކޮލޮޖީ، ރޫމަޓޮލޮޖީ ނުވަތަ ޕްރައިމަރީ ކެއާއިން ރިފާކުރާ ބަލިމީހުން
comment ކޮމެންޓް