މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އާދަމް ޢާޒިމްގެ ހީވާގިކަމާއި މަސައްކަތްތެރިކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. ގަލޮޅު ސިޓީޕާކް ކަންމަތީގައި ބޭއްވުނު ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ކުޑޫ ވިދާޅުވީ، ޢާޒިމަކީ ވަރަށް މުރާލި ބޭފުޅެއް ކަމަށާއި އެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މާލޭގެ ތަރައްގީއަށްޓަކައި ޢާޒިމް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަނެ، ކުރިއަށް އޮތް އިންތިޚާބުގައި އޭނާއަށް ތާއީދުކުރުމަށް ގޮވާލެއްވިއެވެ.