ބޫޓާން ބަލިކޮށް ނޭޕާލަށް ރަނގަޅު ފެށުމެއް

ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ނޭޕާލާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް

ރާއްޖޭގައި ފެށުނު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ބޫޓާނާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ނޭޕާލް މޮޅުވެ، މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. މި މެޗުގައި ނޭޕާލުން ވަނީ މެޗުގެ ފުރަތަމަ ކޮޅު ލީޑު ނަގައި، މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ބޫޓާނަށް މެޗުގެ ކުރީކޮޅު ރަތްކާޑެއްގެ ސަބަބުން ކުޅުންތެރިއަކު މަދުވުމުން އެޓީމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

  • ނޭޕާލުން 2-1 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފި
  • މެޗުގެ 5 ވަނަ މިނެޓުގައި ނޭޕާލުން ފުރަތަމަ ލަނޑު ޖެހި
  • ބޫޓާނުގެ ކުޅުންތެރިއަކަށް 11 ވަނަ މިނެޓުގައި ރަތްކާޑު ދެއްކި
  • ދެވަނަ ހާފުގައި ނޭޕާލުން ދެވަނަ ލަނޑު ކާމިޔާބުކުރި
  • ބޫޓާނުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖެހި

ރާއްޖޭގައި މިއަދު ފެށި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފެށުން ނޭޕާލުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗު ނޭޕާލް ކާމިޔާބުކޮށްފައިވަނީ ބޫޓާނާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ އެޓޭކުތަކެއް ފެނިގެންދިޔައެވެ.

ބޫޓާން ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ނޭޕާލުން ލީޑު ނެގިއެވެ. މިއީ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުޑަ އޭރިއާ ތެރެއިން ލިބުނު ނުސީދާ ޖެހުމަކުން އެޓީމުގެ ފޯވާޑް ސުޖަން ޑަންގޮލް ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަކީ ބޫޓާން ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލުމުން ކީޕަރު އަތައްނެގުމާއެކު ލިބުނު ނުސީދާ ޖެހުމެކެވެ.

ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ނޭޕާލާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް

ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގެ 11 ވަނަ މިނެޓުގައި ބޫޓާނުގެ ކުޅުންތެރިއަކަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އެއަށްފަހު އެ ޓީމަށޢޤ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

ނޭޕާލްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސުބާޝް ބަމްއެވެ. މިއީ ޕެނަލްޓީއޭރިއާގެ ކަނާދިމާލުން ބޭރުން ލިބުނު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ނޭޕާލާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް

މެޗުގައި ބޫޓާންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ބޫޓާންއިން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގެ ބޭނުންހިފާ ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު