ފިނި ހިތް 18 ގައި މި ފެނިގެންދަނީ ހޮސްޕިޓަލެއްގެ މާހައުލުގައި ހިނގަމުންދާ ނުރައްކާތެރި، އަދި ސިއްރު ކަންތައްތަކެއްގެ ތެރޭގައި ދިރިއުޅޭ މީހުންގެ ޖަޒުބާތުތަކެވެ. މިނާހްއަށް ހޮސްޕިޓަލުގެ ކަންކަމާމެދު ކުރެވޭ ތަހުގީގުތަކާއި، ލީވަންގެ ފަރާތުން ލިބޭ އިންޒާރުތަކަކީ ވާހަކައިގެ މައިގަނޑު ހަކަތައެވެ. މިވާހަކައިގެ ކޮންމެ މަންޒަރަކުންވެސް ދައްކައިދެނީ އިތުބާރަކީ ކިހާ ފަސޭހައިން ގެއްލިގެންދާ އެއްޗެއްކަމެވެ. މިނާހްއަށް ހޮސްޕިޓަލުގެ ތެރެއިން ފެންނަ ރިޕޯޓުތަކާއި، އަދި ލީވަންގެ ފަރާތުން ދޭ އިންޒާރުތަކަކީ ހަޤީޤަތުގައިވެސް ބިރުވެރިކަމެކެވެ. ލީވަންއަކީ އެންމެންގެ ލޯބި ހޯދާފައިވާ މީހެއްކަމުގައި ވިޔަސް، އޭނާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަހަލަ ރޭވުމެއްކަން މިނާހްއަށް ނޭނގެއެވެ. "ތިމާއަށް ހިނިތުންވާ މީހުންނާމެދު ވިސްނާށޭ" ބުނާ ބަހަކީ މިހާރު މިނާހްގެ ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާނެކެވެ. ހޮސްޕިޓަލުގެ ތެރޭގައި ހިނގާ މަރުތަކަކީ ވައިރަހުގެ ސަބަބުން ކަމުގައި ދައުވާ ކުރި ނަމަވެސް، ލީވަންގެ ވާހަކަތަކުން އިޝާރާތްވަނީ އެއަށްވުރެ ބޮޑު ނުރައްކަލެއް ހޮސްޕިޓަލުގެ ތެރޭގައި އޮތްކަމަށެވެ. އަނެއްކޮޅުން، ހަޔާ ހޮސްޕިޓަލާ ގުޅުމާއެކު އޭނާގެ ހިތަށް ލިބޭ ނުތަނަވަސްކަމަކީ އަޔާޝްއާ ކުރިމަތިލާން ޖެހުމެވެ. އެމީހުންގެ މާޒީގެ ގުޅުމަކީ ޔަލްވީއަށްވެސް ވަރަށް ބޮޑު ހިތާމައަކަށް ވެގެންދެއެވެ. ޔަލްވީއަށް އަޔާޝްއާއި ހަޔާގެ ވާހަކަތައް އަޑުއިވުމުން އޭނާގެ ހިތް ހަލާކުވެ، އެތައް ރެއަކު ކަރުނަ އަޅަން ޖެހެއެވެ. މިފަދަ ހާލަތެއްގައި ހުރުމަކީ އިންސާނާގެ ނަފްސަށް ލިބޭ ބޮޑު ވޭނެކެވެ. ﷲގެ ރަޙްމަތްފުޅާމެދު އުއްމީދުކޮށް، ސާބިތުކަމާއެކު ހުރުމަކީ މިފަދަ އުނދަގޫ ވަގުތުތަކުގައި ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ.

  • މިނާހް ހޮސްޕިޓަލުގެ ކަންކަން ތަހުގީގުކުރަން ފެށުމުން ކުރިމަތިވާ ގޮންޖެހުންތައް.
  • ލީވަންއަކީ އިތުބާރުކުރަން ދަތި، ސިއްރުތަކެއް ފޮރުވާފައިވާ މީހެއްކަމަށް ވުން.
  • ހަޔާ އާއި އަޔާޝްގެ މާޒީގެ ގުޅުމުގެ ސަބަބުން ޔަލްވީއަށް ލިބުނު ބޮޑު ހިތާމަ.
  • ސިއްރު ހިފެހެއްޓުމާއި މީހުން ދެނެގަތުމުގެ މުހިއްމުކަން މުޅި މި ވާހަކައިން ފެނިގެންދޭ.

"އެހެން މީހުންނަށް ލިބޭ ނިއުމަތްތަކަށް އުފާކޮށް އެކަމާއި ބައިވެރިވުމުން ﷲ ތައާލާ އެލިސްޓުގައި ތިބާގެ ނަންވެސް ލިޔުއްވާނެއެވެ. އެފަދަ އުފާވެރިކަމެއްގެ ހައްގުވެރިއަކަށް ތިބާވެސް ވާނެއެވެ. "

***

ހޮސްޕިޓަލުތެރެ އެހެން ދުވަހަށްވުރެ ހިމޭންކޮށް އޮތްއިރު ސްޓާފްލައުންޖުގައި ދުވަނީ އަނދާފައިވާ ސައިގެ ވަހެވެ. އެވެސް އެންޓިސެޕްޓިކް ވަހާއި އެކުވެފައެވެ. ބޭރުން އުދަރެސް އަނދިރިވަމުން އަންނަގޮތުން ވާރޭ ވެގެން އުޅޭހެން ހީވެއެވެ. މިނާހު ކުޑަދޮރު ކައިރީ ބޭރަށް ބަލަން ހުރެ ކޮފީތަށި ހުސްކޮށްލިއެވެ. އެއަށްފަހު ފައިލެއް ހިފައިގެން އިރުމަތީ ބަޔާއި ދިމާލަށް ހިނގައިތްއިރު އެތައް ސުވާލުތަކެއް ސިކުނޑީގައި އުތުރި އަރަމުން ދިޔައެވެ. ޖަވާބު ނެތް ސުވާލުތަކެވެ. މިފައިލުގައި ރަތް ދެލިންވާ ނޯޓްކޮޅެވެ. މަރުތައް އޮޅުވައިލުމެވެ. ކޮރިޑޯއިން ލަނބައިލުމާއެކު ކޮންމެވެސް މީހެއްގެ ގައިގާ އަޅައިގަތެވެ.

"ހޭއި....ކެއަފުލް..." އަހައިލަން ހިތްފަސޭހަ ހިތްގައިމު އަޑެކެވެ.

މިނާހްގެ ކަންފަތުގައި ލީވަންގެ އަޑުޖެހުމުން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ލީވަންއަކީ އަބަދުވެސް މީހުންގެ ހިތްތަށް ދަމައިގަންނަ އަދި އެކީ އުޅެން ފަސޭހަ ޒުވާނެކެވެ. ޔުނިވަސިޓީގައިވެސް އެހާ މަޝްހޫރެވެ. އެންމެން އިތުބާރުކުރާ މީހެކެވެ. އެހެން މީހުން އިހުތިރާމްކުރާ އިހުތިރާމް ލިބިގަނެއެވެ. އެހާ ވިސްނުން ތޫނެވެ. ނުތަނަވަސްވާ ދަނޑިވަޅުތަކުގައި ކޮންމެވެސް ކަހަލަ ސަމާސާއެއްކޮށްލައިގެން އެކަން ފިލުވައިލަނީ ޖާދޫއެއްފަދައިންނެވެ.

"ކީއްކުރަނީ މިގަޑީގައި؟"

'ރިލެކްސް މޭން..އަހަންނަކީ ޕޭޝަންޓެއްނޫން.." ލީވަން ހިނިގަނޑެއްޖަހައިލަމުން ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.

"ލީވަން އޮފް ދުވަހެއްގައި ފެނިދާނެކަމަށް ހިޔެއްނުކުރަން..."

"ސުޕަވައިޒަރުންވެސް އުޅެންވާނެ..އަހަރެން ހިތަށް އަރަނީ މިނަހްވެސް މިތަނަށް ޖޮއިންކޮށްލީމަ ދަ އިންފޭމަސް ބްރަދާ އުޅޭލެއްވސް ބަލާނީއޭ..ނޮޓް ބޭޑް؟ މިތަނުގައި ސަވަވައިވް އެބަވޭ ދޯ.........."

"ވެލް.........އަހަރެން ބޭނުންކުރާނީ ސަަވައިވިން މި ލަފުޒެއްނޫން..."

ލީވަން ހީލިގޮތުން ހީވީ މިނާހްގެ ސިކުނޑީގެ ފުނަށްވެސް ފީނައިލިހެންނެވެ. އަދި ވަށައިގެން ނަޒަރު ހިންފައިލިއެވެ. ފާރުތައްވެސް އެދެމީހުންގެ ވާހަކަކޮޅު އަޑުއަހާނެހެން ހީވިއެވެ."މާންގެ ނަސީބު އަހަރެން ހުރިކަން..އަހަރެން ހުއްޓާ އެހެން މީހަކަށް މާންއަކާއި ސަކަރާތެއް ނުޖެހޭނެ.."

ލީވާންގެ އެ ޖުމްލައިގެ މާނައެއް އޭނައަކަށް ސީދާ ނޭގުނެވެ. ނުސީދާކޮށް އިޝާރާތްކުރީ އޭނަގެ ދޮންބެއަށްކަމަށް ވެދާނެއެވެ.

ދެމީހުން އެކީ ކެފޭއަށްވަދެ ލީވަން ދެ ކޮފީއާއިއެކު ކާނެ އެއްޗަކަށް އޯޑަރދިނެވެ. ދެމީހުންގެ ވާހަކައިގެ ތެރެއަށް ވެކްސިން އައެވެ.

"އަހަރެން އަޑުއެހިން މާނުގެ ޕޭޝަންޓެއްވެސް ވެކްސިންޖަހަން ދެކޮޅުހަދައިގެން އެ މައްސަލަ ބެލިކަން.."

"ކިހިނެއް އެނގުނީ؟"

"ޑޮކްޓަރސް ޓޯކް މޭން...ޕްލަސް އަހަރެން ދަންނަމޭ ކަންތައް ދެނެގަންނަން.." ލީވަން މައުސޫމްގޮތަކަށް ހީލިއެވެ"ނުބެހޭ ކަންތައްތަކަށް ބޯކޮށްޕައިގެން އުޅެނިކޮށް ތާށިވެދާނެ އިނގޭ...ކޮންމެ ކޮންމެ މީހަކަށް ތި ކިއުރިއޮސިޓީ ކަމުނުގޮސްދާނެ..."

"މާން.....އަހަރެން ތިކަމުގެ ތެރެއަށް ވަންނަނީ އެހެންވީމައޭ....ބައެއްފަހަރު ކިއުރިއަސްވެ ސުވާލުތައް އުފެދި ތަހުގީގުކުރުމަކީ އެންމެ ރަގަޅުކަމެއް...އެއީ މަދު ހާލަތެއްގައި އެހެންވާނީ..އަދި މިކަހަލަ ތަނެއްގައި؟ ނުރައްކާތެރި އެކަމަކު ޝައުގުވެރި.."

މިނާހް ހިނިއައެވެ. ލީވަން ކޮންމެފަދަ ނުތަނަވަސްކަމެއްގައިވެސް އެހެން މީހުން ހެއްވާލުމުގައި ކާމިޔާބުކުރާނެއެވެ. އެކަމަކު ލީވަންގެ ވާހަކަ ހުރިގޮތުން ނުރައްކަލުގެ ރަގަބީލުވެސް ކަންފަތުގައި އަޅުވައިލެވުނެވެ. އެކަމާއިމެދު ފުންކޮށް ވިސްނައިލަން މިނާހްގެ ޟަމީރުވެސް އެންގިއެވެ.

"ވަރަށް މަޖާވެފައި ތިހުންނަނީ ދޯ.."

"ފަހަރެއްގައި..."ލީވަން އެއްބަސްވިއެވެ."އެކަމަކު މިކަހަލަ ހޮސްޕިޓަލެއްގެ ކަންތައް ބަލަމުން ދިޔުން މަޖާ...މާން ބުނާހެން ކަމާ ނުބެހި ވަޒީފާއަށް އައިސް ކުރާކަމެއްކޮށްފައި ދާން ޖެހޭނީ...ގޮތްނޭގޭޭ ތަންތަނަށް ބޯކޮށްޕަނިކޮށް ވަޅުގަނޑަކަށްވެއްޓި ނޭރިދާނެ...މާނު...އިބޫގެ ލާސްޓް ފޮޓޯ ހާދަ ވައިރަލް ވެއްޖެއޭ...ޔޫ ނޯ ވަޓް..މަގޭ ފޮޓޯއަކާއިހެދި މިހާރު އިބޫގެ ފެމިލީއިން މައްސަލަ ޖައްސަން ފަށައިފިޔޯޯ..ޑްރަގް ދީގެން އިބޫ ކާޑިއެކް އެރެސްޓަކަށް ދިޔައީކަމަށޯ ވާނީ...ހޮސްޕިޓަލަށް ރަސްމީކޮށް އެމީހުން މައްސަލަ ބަލަން އެދިފައި އޮތީ......"

"ވަޓް؟"އޭނަގެ ތުންފަތުގައި ވި ހިނިތުންވުން ފަނޑުވިއެވެ.

"އާނ...ވޭޕަށް އަޅައިގެން ދިނީއޭ..ޕުއާ މީ...މަ ގޯސްވެއްޖެ...މާދަން ގޭދޮށަށް ގޮސް މަ އެރެސްޓްކުރީމަ ހެޑްލައިންގަ މަ ދޯ އޮންނާނީ...."ލީވަން އިނީ ހަމަޖެހިލައިގެންނެވެ.

"ލީވަން...ޑޮކްޓަރަކަށްވެ ހުރެ ވޭޕް އިޝްތިހާރުކުރަން ހަދައިގެން ތިއޮތީ ބޮނޑި ބޮވިފައި...އެކަމަކު ވިޓްނެސްއިން ތިބި.."

"އެވާހަކަ އަޑުއަހާނީ ކާކު؟ ވެރިޔާވެސް ގަބޫލެއްނުކުރާނެ...އޮންލީ ހީ ނޯސް..."ލީވަން މައްޗަށް ބަލައިލިއެވެ.

އިބްރާހިމްގެ އެންމެފަހު ފޮޓޯއިން ވިސްނާމީހަކަށް އިބުރަތެއްލިބޭނެއެވެ. ސިއްހަތު ރަގަޅު ޒުވާނެއްގެ ކުއްލިވަކިވުމެކެވެ. އެއިން އެނގިގެންދަނީ މަރުގެ އަވަސްކަމާއި ދުރާލާ ތައްޔާރުވުމުގެ މުހިއްމުކަމެވެ. އަދި އެފަދަ ރީތި ނިމުމަކަށް އެދި ދުޢާކުރުމެވެ.

***

ހަޔާ ހޮސްޕިޓަލަށް އައިއިރުވެސް އަޔާޝްގެ އެ ނިންމުމާއިމެދު ހައިރާންވިއެވެ. އެ ހޮސްޕިޓަލުން އިންޓަންޝިޕް ހަދަން ހުރަސްއެޅެން އޮތްވާ ހުއްދަ ލިބިގެން ނުކުތީއެވެ. އަޔާޝްގެ ނިޔަތް ދެނެވޮޑިގެންވަނީ ﷲތައާލާއެވެ. އޭނަ އިސްތިޚާރާކޮށް ﷲއަށް ތަވައްކަލުކޮށް ދުޢާކޮށްފައި ގެއިން ނުކުމެގެން އައީ ދިރިއުޅުމުގެ އާ ބާބަކާއި ކުރިމަތިލުމަށެވެ. ކޮންމެފަދަ ހާލަތަކަށްވެސް ސިކުނޑިއާއި ނަފުސް ހާނުވަން ވަނީ ދަސްވެފައެވެ.

އަޔާޝްއާއި މިނާހްއަކީ ދެބެންކަން އެނގުމުން ހިތަށް ނުތަނަވަސްކަން ލިބުނުއިރު މަންމަގެ ދޮންދަރިންކަން އެނގުމަކީ ސިކުނޑިއަށް އެރި ލޮޅުމެކެވެ. އެކަން ބަލައިގަންނަން އުދަގޫވިއެވެ.

"ޔާﷲ...މި އަޅާއަށް ސާބިތުކަން ދެއްވާ ފިތުނަތަކުން ސަލާމަތްކުރައްވާދޭވެ..."

"ހަޔާ ވިސްނަން ޖެހޭނީ ސިކުނޑިއަށް ފީޑްކުރާ އެއްޗެއްކަން މުހިއްމުވާނީ...ޕޮޒިޓިވްކޮށް ވިސްނާވަރަކަށް ސިކުނޑިވެސް ނެގަޓިވިޓީއާއި ދުރަށްދާނެ....."

ހަޔާ އޭނަގެ ޑިއުޓީއަށް އައި ފުރަތަމަ ދުވަހު އޮފީހަށް ގެންދެވުނެވެ. އަޔާޝްއާއި ކުރިމަތިލާން ނުޖެހުނުކަމަށްޓަކާ ހަމްދުކުރިއެވެ. ހިތް ބޭގަރާރުވީ އެހެން މޫނެއް ދުށުމަށްޓަކައެވެ. އެކަމާއިހުރެ ހިތަށް ވިސްނާދޭންޖެހުނެވެ. އެއީ މޮޔަކަމެކެވެ. ހިތުގެ މޮޔަކަމާއިހެދި ރަތްރޮގު ހުރަސްކުރެވިގެންނުވާނެއެވެ. އޭނައާއި މިނާހްއާއި ދޭތެރޭ ނުފެންނަ ރަތް ރޮގެއް އޭނަ ދަމައިލިއެވެ.

***

ތަންކޮޅެއް ލަސްވަންދެން މިނާހް ހޮސްޕިޓަލުގައި ހުރެފައި އޭނަގެ ކެބިންއަށް ވަނެވެ. ކުޑަތަންކޮޅަކަށްވެފައި ކަރުސާތައް ޓަވަރުތަކެއްހެން ފުންޏަށް ޖަހާލާފައިވިއެވެ. ރިޕޯޓްތަކާއި ބޭސްސިޓީތަކާއި ފޮތްތަކެއްވެސް މޭޒުމަތީގައި ހުއްޓެވެ. ގޮނޑީގައި އިށީންނަން ދިޔައިރު ކުރިން އެތާނެތް ފައިލެއް އޮތްވާ ފެނިގެން ނެގިއެވެ. އޭގައި ހުރީ ކުރިން ނުދެކޭ ރިޕޯޓްތަކެއްގެ ކޮޕީތަކެކެވެ. ބަލިމީހުންގެ ޒާތީ މައުލޫމާތުތަކައި ވެކްސިންއިން އައި ނުގުޅޭ އަސަރުތަކާއި އިންޓަރނަސް މެމޯސްތަކެކެވެ. އެންމެ ތިރީގައި އަތުލިޔުމުންވާ ޖުމްލަ އޭނަގެ ލޮލުގައި އަޅައިގަތެވެ.

"އިތުބާރަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. ތިމާއަށް ހިނިތުންވާ މީހުންނާއިމެދު ވިސްނާށެވެ."

ކޮންމެވެސް ސަބަބަކާއިހެދި އޭނަގެ ހިތަށް ބިރުވެރިކަމުގެ ރާޅެއްޖެހިއެވެ. ވަގުތުން ސިކުނޑިއަށްވެރިވީ ލީވަންގެ މޫނެވެ. އޭނަގެ އެކުވެރިޔާއާއިމެދު ކުރިން ދުވަހަކު ޝައްކުކުރެވިފައެއްނެތެވެ. އެއީ އެއްގޮތަކަށްވެސް ނުރައްކަލެއްގެ ގޮތުގައި ދެކުނު އެކުވެރިއެއްނޫނެވެ. އެކަމަކު ކީއްވެހެއްޔެވެ؟ މި ފައިލް މިތާ ބާއްވާފައިދާނީ ދެން ކާކުހެއްޔެވެ؟ އިތުރަށް ވިސްނުން ކުރިއަށް ނުދަނީސް ދޮރު ހުޅުވާލާފައި މީހަކު ވަނެވެ. ކޮފީގެ ދެވިިހިފާ އަރާމުވަސް މުޅި ތަނަށް ފެތުރިގެންދާން ނެގީ ސިކުންތުކޮޅެކެވެ.

"ހާދަ ދަންވަންދެން މަސައްކަތްކުރަނީ؟"

އޭނަ އިސްއުފުލާ ބަލައިލަމުން ފައިލު ލައްޕައިލިއެވެ. ލީވަން ހުރީ ހިނިތުންވެލައިގެންނެވެ."ޔޫ ނީޑް ކޮމްޕެނީ..........."

"އައި...އައިމް ފައިން.."އޭނަ ހިންދިރުވައިލިއެވެ.

ލީވަން ހަމަޖެހިލައިގެން ޑެސްކަށް ލެނގިލައިގެން ހުއްޓުނެވެ."ލުކް...އަހަރެން މިތަނަށް އައީ....ޖަސްޓް...ބަލައިގެން އުޅޭށޭ ބުނަންވެގެން..މިތަނުން ކައްސާލަައިގެން ވެއްޓިދާނެ....މީހުން ވަރަށް ހިމޭންކަމާއެކު މަރުވަމުން އެބަދޭ...އެނގެއެއްނު؟ ހަމައެކަނި ވައިރަސްއާއިހެދި އެއްނޫން........"

"ތިބުނީ؟" އޭނައަށް އެނގުނަސް ލީވަން ބުނި އެއްޗެއްގެ ތަފްސީލް ދެނެގެނަންން ބޭނުންވިއެވެ.

ލީވަންގެ ހިނިތުންވުން ފުޅާވިއެވެ. ލޮލުގައިވި ޝުއޫރުތައް ކިޔައިލަންއެހާ ފަސޭހައެއްނޫނެވެ.

"އައި މީން.....މީހުންގެ މޫނަށް ބަލާފައި އެއީ ކޮންކަހަލަ މީހެއްކަމާއި ވިސްނުން ދެނެގަންނާކަށް ނޭގޭނެ...އެކުވެރިން..އާއިލާ...ޑޮކްޓަރސް.އެންމެންވެސް ރޯލެއް ކުޅޭނެ...."

ލީވަން އޭނަގެ ކޮނޑުގައި އަތް ޖައްސައިލިއެވެ."ބަޓް ޑޯންޓް ވޮރީ....ޔޫ ހޭވް މީ......"

ލީވަން އިތުރު އެއްޗެއް ބުނުމެއްނެތި ދާން ހިނގައިގަތީ މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައެވެ. މިނާހްއަށް ބަލަން ހުރެވުނީ ފައިލާއި ދިމާލަށެވެ. އެ މެސެޖް އޭނަގެ ސިކުނޑި އަންދަމުން ދިޔައެވެ."ތިމާއަށް ހިނިތުންވާ މީހުންނާއިމެދު ވިސްނާށެވެ."

***

މިނާހްއާއި ހަޔާއަށް ގެއަށް ވަންނާން އާދެވުނީ ހަމައެކީގައެވެ.

"ހެލޯ ކިހިނެއް؟" މިނާހް އަހައިލިއެވެ.

"ގުޑް....މިއަދު ޑޮކްޓަރ ލީވަންއާއި ދިމާވި....ހީޒް...ޓޫ ސްމޫތް....ޓޫ ނައިސް..ޓޫ ޕަފެކްޓް....."

މިނާހް ސިހޭގޮތްވުމާއެކު ވަގުތުން ބުމަކައިރިވިއެވެ. ހަޔާ އެހާވަރުން ލީވަންއަށް ތައުރީފުކުރަންފެށީ ގަސްތުގައި އޭނަ ހަސަދަވެރިކޮށްލަންހެއްޔެވެ؟ ލީވަންއާއިމެދު ހިތުގައި ޝައްކުތަކެއް އުފަންވެފައިވަނިކޮށް ހަޔާއަށްވެސް ލީވަން ފާހަގަވިއެވެ. ލީވަން ހާދަ މަޝްހޫރުވެއްޖެއެވެ.

"ތިބުނި އެއްޗެއް ނޭގުނު....."

"މިބުނީ ފުރިހަމަ މީހުން އެހާ ނުރައްކާތެރިއެއްނުވާނެއޭ....އެމީހުން އެކަމަކު ވަރަށް ސިއްރުވެރި...އެކަމަކު ތިމާ އެންމެ އިބާރުކުރާ މީހާ ގިނަފަހަރަށް ތިމާގެ ހިތަށް އެންމެ ބޮޑަށް އަނިޔާދޭނީ..."

އޭނަގެ ހަށިގަނޑަށް ފިނިވިއެވެ.

"އަދި...އެއްވެސް މީހަކު ތިމާ ޕްރޮޓެކްޓްކޮށްދޭނަމޭ ބުނެފިއްޔާ...އެމީހަކާއިމެދު އިތުރަށް ފަރުވާތެރިވާންވާނެ..."

ހަޔާ އެތެރެއަށް ވަންނާން ހިނގައިގަތަސް އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ. ހަޔާގެ އެ ޖުމްލައާއި، އެފައިލް، ނޯޓް އަދި ލީވަންގެ ހިނިތުންވުން އޭނަގެ ސިކުނޑިއަށް އިންޒާރުދިނެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެއެވެ.

***

އަޔާޝް ގެ މޭޒުމަތީގައި ހުރި ރިޕޯޓްތައް ބަލަމުން ދިޔައެވެ. އެކި ޑިޕާޓްމެންޓްތަކުން ގެނެސްފައިވާ ފައިލްތަކެވެ. އޭނަގެ ނަޒަރު މިނާހްގެ ނަމާއި ހަޔާގެ ރިކޯޑަށްވެސް ހުއްޓުނެވެ. ލީވަންގެ ހަރަކާތްތަކަށްވެސްމެއެވެ. އޭނައިނީ ހިމޭނުންނެވެ. އެއްވެސް ހަރަކާތެއްނެތި ބުދެއްފަދައިންނެވެ.

"ޝައުގުވެރިކަން ކޮންޓޭޖަސްކަމަށްވާނީ..."

އޭނައަށް އެނގެނީ އެންމެ ކަމެކެވެ. އޭނަ ހޮސްޕިޓަލާއިދޭތެރޭ މީހުންގެ ތަސައްވަރު އެހާ ވަރުގަދަކޮށްފައިވަނިކޮށް ކޮއްކޮގެ ކުރިމަތީގައި އެ ހަލާކުވެގެން ދިޔުމުގެ ކުރިން އަދި މިނާހް ނުބައި ބަޔަކާއެކު ޖަމާއަތެއް ހެދުމުގެ ކުރިން އޭނަ ފިޔަވަޅު އަޅަންޖެހޭނެއެވެ. ކޮންމެވެސް މީހަކު ގާތުން ބަލަމުންދާކަން ޔަގީނެވެ. އެގޮތަށް ހޮސްޕިޓަލުގެ ތަސައްވަރު ގެއްލިގެންދާއިރު އެންމެ ރީތި ހިނިތުންވުންވެސް ވެގެންދާނީ ބޭވަފާތެރިޔަކަށެވެ.

***

ހަޔާ ތަރާވީސް ނަމާދުކޮށްނިމިގެން ބޭރަށް ނުކުމެލީ މަންމަ ތަށިބަރިއެއް ހިފައިގެން އައުމުންނެވެ.

"ހަޔާ..އަދިވެސް ދާކަށް ނުވޭތަ؟މިތަނުގައި މަޑުކުރުން އެހާ ރަގަޅެއްނޫން..."

"އެހާ ބިރުގަންނަނީ ކިއްވެތަ؟"

"ހަޔާއަކަށް ނުވިސްނޭނެ..." ކަނުގައި ފިލާހުރި ޔަލްވީގެ ކަންފަތް ހުޅުވައިލިއެވެ.

"ތިބުނީ.....ޕްލީޒް ޓެލްމީ ކޮން މައްސަލައެއް އޮތީ.... މިގެއަށް އަންނަން ޖެހުނީވެސް މަޖުބޫރު ހާލަތެއް ދިމާވެގެން....ހުންނާކަށް ބޭނުމެއްނޫން..އަދިވެސް ރަގަޅުތަނެއް ނުފެނޭ...."

"އަޔާޝްއާއިމެދު ބިރުގަންނަނީ...އަޔާޝް....އާއި ޔަލްވީގެ ގުޅުން އެހާ އޯކޭއެއްނޫން.. ކުރިން ހަޔާއާއި އަޔާޝް...."

"ކިހިނެއް އެކަން އެނގުނީ؟"

"ދުނިޔެއަކީ ކުޑަ އެއްޗެއް..އަޔާޝް އެކައިވެންޏަށް ނުދިޔައީމަ ހަޔާއަށް ވާނެގޮތްވެސް އަންޑަސްޓޭންޑްވޭ..މައްސަލައަކީ އަނެއްކާވެސް ތަގުދީރު ދެމީހުން އެއްތަނަކަށް ގެނައީ.އަޔާޝް އަދިވެސް ހަޔާދެކެ ލޯބިވަންޏާ.....ޔަލްވީއާއި ދެމީހުން ޖެހޭހާ މައްސަލައެއްގެ އަސްލަކީ ހަޔާއަށް ވެއްޖެއްޔާ...މިފަދަ އޮޅުންގަނޑެއްގެ ތެރޭގައި ހުރުމަށްވުރެ ބޮލަށް ފަސޭހަވާނީ ވަކިން އުޅުނިއްޔާ........"

ޔަލްވީގެ ސިކުނޑީގެ ތެރެއިން އެއްޗެއް ގޮވިއެވެ.

އިތުރަށް އަޑު ނީވުނީ ދެމީހުން އެތެރެއަށްވަދެ ދޮރު ލައްޕައިލުމުންނެވެ. ޔަލްވީގެ ސިކުނޑިއަށް ލިބުނު ޝޮކްގައި އިރުކޮޅަކު ފިލިއިރު އަނގަމަތީގައި އަތް އެޅުނީ ރޮވެންފެށުމުން އަޑު ވީއްލިދާނެތީއެވެ. ލޮލުން އޮހިގަތް ހޫނު ކަރުނަ އަތްތިލައަށް އެޅެންފެށުނެވެ. އެތައް އިރެއްވާންދެން ހިމޭން ކަރުނަ އޮއްސަން ހުރުމަށްފަހު މޫނު ފޮހެލާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަންއިރު އަޔާޝް ހުރީ ފޯނެއްގައެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޔަލްވީގެ ކަރުނުން ފުރިފައިވާ ލޮލާއި އޭނަގެ ސީރިޔަސް ލޯ ގުޅުމުން އަޔާޝްއަށް ވަގުތުން ވިސްނުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު