މި ނިމޭ ރޯދަ މަހާ ދިމާކޮށް އިންޓީރިއާ ސޮލިއުޝަންގެ ދާއިރާގައި އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު "ގަވިން" އިން ފަސް މީހަކަށް ހިލޭ ޗުއްޓީ ދަތުރު ހޯދުމުގެ ފުރުސަތު ދޭ ރޯދަ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ވަގުތު ކުޑަތަންވެއްޖެއެވެ.
ގަވިން އިން ބުނި ގޮތުގައި، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ފިހާރައިން 1000 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރާ މީހުންނަށެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމަކީ ހއ. ހޯރަފުށީގައި ހުންނަ "އަރާއިކު ބީޗް ވިލެޖް" ގައި ފުލް ބޯޑްކޮށް ފަސް ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެވެ. ފަސް ބޭފުޅަކަށް ލިބޭ މި އިނާމާއެކު، ހޯރަފުއްޓަށް ދިއުމަށް ބޭނުންވާ ޑޮމެސްޓިކް ރިޓާން ޓިކެޓް ވެސް ގަވިން އިން ފޯރުކޮށްދޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ އީދު ދުވަހުގެ ނިޔަލަށެވެ.
ހަމައެއާއެކު އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ގަވިންއަށް އާ މުދާ އަންނާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ވަނީ ދީފައެވެ.
މި ރޯދަ މަސް ނިމުމާއެކު ގަވިން ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށެވެ.
ރާއްޖޭގެ އިންޓީރިއާ ސޮލިއުޝަން ދާއިރާގައި އެންމެ މަގުބޫލު އެއް ކުންފުނި ކަމަށްވާ ގަވިން އަކީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑްގެ އުފެއްދުންތަކުގެ އިތުރުން، އިންޓީރިއާ ޑިޒައިނިންގްގެ ޚިދުމަތާއި، ވަކިން މަސައްކަތް ކުރަމުން އަންނަ ކާޕެންޓަރުންނަށް އެހީވުމުގެ ގޮތުން ގިނަ އަދަދެއްގެ ހާޑްވެއާ ސާމާނާއި ކާޕެންޓްރީގެ ޚިދުމަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ތަނެކެވެ.
ގަވިންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑެލިވަރީގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް "ގަވިން ބާޒާރު" ފިހާރަ ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ގަވިން ބާޒާރު (މާލެ، ބޮޑުތަކުރުފާނު މަގު): 9428899
ގަވިން ހުޅުމާލެ (ރީތިގަސް މަގު): 9558899
ގަވިން ޑެކޯ (މާލެ، މަޖީދީމަގު): 9588833
ގަވިން ޕްރޮޖެކްޓްސް: 9348899