ހަތް އަހަރަށް ފަހު ފޮނަދޫ ބަރާސީލް އަވަށު ބޮޑު ރޯދަވީއްލުމުން މުޅި އަވަށް ބަދަހިކުރުވައިފި

ލ. ފޮނަދޫ ބަރާސީލް އަވަށުގައި ބޭއްވި ބޮޑު ރޯދަވީލުން: މި ހަރަކާތުގެ ސަބަބުން އަވަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ވަނީ ބަދަހިވެފަ--ފޮޓޯ/ ފޮނަދޫ ޒުވާނުން

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ޒުވާނުން އިސްނަގައިގެން ބޭއްވި ބޮޑު ރޯދަވީއްލުމަކީ އެ އަވަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މި ހަރަކާތަށް ލިބުނު ބޮޑު ތަރުހީބަކީ އެ އަވަށުގެ ރައްޔިތުން މިފަދަ އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. މި ރޯދަވީއްލުމުގައި އަވަށުގެ ދޮށީ އުމުރުފުރައިގެ މީހުންނާއި ޒުވާނުންނާއި ކުޑަކުދިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިވެއެވެ. މި ހަރަކާތަކީ މުޖުތަމައުގެ ހީވާގި ޒުވާނުން އިސްވެ ތިބެ، ގުޅުންތައް ބަދަހިކުރުމަށް ދެއްކި ރީތި ނަމޫނާއެކެވެ.

  • ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ބަރާސީލް އަވަށުގައި ބޮޑު ރޯދަވީއްލުމެއް ކާމިޔާބުކަމާއެކު ބާއްވައިފި
  • މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އަވަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުން
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި ގިނަ އަދަދެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެފައިވޭ
  • މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންގެ ގުޅުން ވަރުގަދަވެ، އިޖުތިމާއީ އެއްބައިވަންތަކަން އިތުރުވޭ

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ޒުވާނުން އިސްނަގައިގެން ބާއްވާ ބޮޑު ރޯދަވީއްލުން ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވައި، މުޅި އަވަށުގެ އެކުވެރިކަމާއި ބަދަހިކަން ގެނުވައިފިއެވެ.

މި ހަރަކާތް އިންތިޒާމުކުރި ޒުވާނުން "ސަން"އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެ އަވަށުގައި މިފަދަ ބޮޑު ޖަމާއަތުގައި ބޭއްވި ފުރަތަމަ ރޯދަވީއްލުމެވެ.

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ޒުވާނުން އިސްނަގައިގެން، ބާއްވާ ބޮޑު ރޯދަވީއްލުން---ފޮޓޯ/ ފޮނަދޫ ޒުވާނުން

ކޮންމެ އަހަރަކު ވެސް ބަރާސީލް އަވަށު ޒުވާނުން އިސްނަގައިގެން މުޅި އަވަށަށް ޚާއްސަކޮށްގެން ބާއްވާ މި ރޯދަވީއްލުމަކީ އަވަށުގެ ހަގު، ދޮށި، އަދި ޒުވާން، ހުރިހާ ފަންތިއެއްގެ އެންމެން އެއް ތަނަކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހިންގާ އިޖުތިމާއީ ބޮޑު ހަރަކާތެކެވެ.

މި އަހަރުގެ ރޯދަވީއްލުމުގައި އެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، މި ރޯދަ ވީލުމުގައި ފޮނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެން، ޒުވާނުންނާއި ރައްޔިތުންނާ ބައްދަލުކުރައްވައިފައިވެއެވެ.

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ރޯދަވީލުމުގައި ރައްޔިތުންމަޖިލީހުގެ ރައީސް، ޢަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިނެވި--

މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ޒުވާނުން ބުނީ، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ވެސް މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުން ކަމަށެވެ. އަދި، މި ފަހަރުގެ ރޯދަވީއްލުމަށް ލިބުނު ބޮޑު ތަރުހީބާ އެކު އެ މަގުސަދު ހާސިލުވެފައިވާ ކަމަށާއި މިއީ ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި އިންތިޒާމުކުރި ޒުވާނުން ފާހަގަކުރެއެވެ.

ލ. ފޮނަދޫ ބަރާސީލް އަވަށުގެ ޒުވާނުން އިސްނަގައިގެން، ބާއްވާ ބޮޑު ރޯދަވީއްލުން---ފޮޓޯ/ ފޮނަދޫ ޒުވާނުން

މިފަދަ އިޖުތިމާއީ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އެއްބައިވަންތަކަން އިތުރުވާކަން ބަރާސީލް އަވަށުގެ އެ ޒުވާނުން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު