ފޯނުތަކަކާއި ޓީވީއެއް ހިމެނޭ ގޮތަށް ވަގަށް ނެގި ސާމާނުތަކެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި

ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދައިދިން ފޯނުތައް ---- ފޮޓޯ/ ފުލުހުން

އައްޑޫ ސިޓީގައި ހިނގި ވައްކަމުގެ މައްސަލަތަކެއްގައި ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައި، އެ ތަކެތި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ. މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، ތިން ފޯނަކާއި ޓީވީއަކާއި ކަރަންޓު ސާމާނުގެ އިތުރުން ބައިސްކަލެއް ވަނީ ހޯދިފައެވެ. މި މައްސަލަތަކާ ގުޅިގެން، ޝައްކުކުރެވޭ ތަކެތި ނުގަތުމަށާއި، މިފަދަ ކަންކަން ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރެއެވެ.

  • އައްޑޫ ޕޮލިހުން ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ގިނަ ތަކެތި ހޯދައިފި
  • ހޯދިފައިވާ ތަކެތީގެ ތެރޭގައި ތިން ފޯނު، ޓީވީ، ކަރަންޓު ސާމާނު އަދި ބައިސްކަލެއް ހިމެނޭ
  • މި ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައި
  • ޝައްކުކުރެވޭ މުދާ ނުގަތުމަށާއި އެފަދަ ކަމެއް ފެނިއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އެދޭ

ޓީވީއަކާއި ފޯނުތަކެއް ހިމެނޭ ގޮތަށް ވަގަށް ނެގި ސާމާނުތަކެއް ފުލުހުން ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

އައްޑޫ ޕޮލިހުން ކުރި ޕޯސްޓެއްގައި ބުނީ، މިދިޔަ ޖަނަވަރީ 24 އިން ފެށިގެން އިއްޔެއާ ހަމައަށް ހިތަދޫ ޕޮލިހަށް ހުށަހެޅި ވައްކަމުގެ މައްސަލަތަކުގައި ވަގަށް ނާގަފައިވާ ތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ތަކެތީގެ ތެރޭގައި، ތިން ފޯނާއި ޓީވީއަކާއި ކަރަންޓު ސާމާނުތަކާއި ބައިސްކަލެއް ހިމެނެއެވެ.

ވަގަށް ނަގާފައިވަނިކޮށް ހޯދި ޓީވީ: އެ ޓީވީ މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި --- ފޮޓޯ/ފުލުހުން

ފުލުހުން ވަނީ، ވައްކަންކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސް ނުކުރައްވައި ހިތަދޫ ޕޮލިސްގެ ނަންބަރު 9791612 އަށް ގުޅައިގެން ރިޕޯޓުކުރުމަށް އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ވެސް ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ފުލުހުން ވަނީ ވެރިފަރާތާ ހަވާލުކޮށްދީފައެވެ.

comment ކޮމެންޓް