މިއަދުގެ ސަން ބަދިގެ ސެގްމެންޓް މި ޚާއްސަކޮށްލަނީ ކުޅިކޮށް ކާން ބޭނުންވާ ފަރާތްތަކަށް ވަރަށް މީރު ކެއުމެއް ގެނެސްދިނުމަށެވެ. މި ގެނެސްދޭ "ހޮޓް އެންޑް ސްޕައިސީ ޕޭން ފްރައިޑް ފިޝް"އަކީ ވަރަށް ފަސޭހައިން، މަދު ބާވަތެއް ބޭނުން ކޮށްގެން ތައްޔާރުކޮށްލެވޭނެ ކެއުމެކެވެ.
ބޭނުންވާ ތަކެތި
- މަސް
- ގިތެޔޮމިރުސް
- ތޮޅިމިރުސް
- ފިޔާ
- ލޮނުމެދު
- ކުކިން ކްރީމް
- މުގުރި ދިރި
- ރީނދޫ
- ލޮނު
- ބަތް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ މަސްކޮޅު ސާފުކޮށްލުމަށްފަހު ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު މަސްކޮޅުތެރެއަށް ލޮނު، ދިރި، ރީނދޫ އަޅާ އެއްކޮށްލުމަށްފަހު 10 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. ދެން މިރުސް، ލޮނުމެދު އަދި ފިޔާ ކޮށާލުމަށްފަހު ކުޑަކޮށް ވަޅޯކޮށްލާށެވެ. އެއަށްފަހު ކައްކާފައި ހުރި ބަތްކޮޅު އެއާ އެއްކޮށްލާށެވެ. ބަތް އެއްކޮށްލާއިރު ކުޑަ ރީނދޫކޮޅެއް އަދި ލޮނުކޮޅެއް ލާންވާނެއެވެ.
ދެން ކޮށާފައި ހުރި ލޮނުމެދާއި ފިޔާ ތަވައަށް އެޅުމަށްފަހު މިރުހާ އެކު މޯޅިކޮށްލާށެވެ. އޭގެ މައްޗަށް މެރިނޭޓްކުރި މަސްކޮޅު އަޅައި ރަނގަޅަށް ރޯފިލުވާލާށެވެ. އޭގެ މައްޗަށް ކޮށާފައިހުރި މިރުސްކޮޅު ވެސް އަޅާލާށެވެ. އަދި މަސްކޮޅު ރޯފިލަމުންދާއިރު ކުޑަ ދިރިކޮޅަކާއި ރީނދޫ ކޮޅެއް އަދި ލޮނުކޮޅެއް އަޅައިލުމަށްފަހު އެއްކޮށްލާށެވެ.
މަސްކޮޅު ރޯފިލުމުން ހެވީ ކްރީމް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އުނދުން ނިވާލާށެވެ.