ސަން ބަދިގެ: "ފަރުމަސް ވިތު ކެޝޫނަޓްސް"

ސަން ބަދިގެ: ފަރުމަސް ވިތު ކެޝޫނަޓްސް

ސަން ބަދިގެއިން ގެނެސްދޭ މި ރެސިޕީއަކީ ފަރުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ވަރަށް މީރު އަދި ލުއި ކެއުމެކެވެ. މި ކެއުން ތައްޔާރުކުރުމަށްޓަކައި ފަރުމަސް ކިއުބްސް ގޮތަށް ކޮށުމަށްފަހު، ރޯފިލަންދެން ތެލުލާން ޖެހޭނެއެވެ. އޭގެ ފަހުން ކެޝޫނަޓް، ފިޔާ، ކެރެޓް، މަޝްރޫމް އަދި ލީކްސް ފަދަ ތަކެތި އަޅައިގެން ތަފާތު ސޯސްތަކާއެކު ރަނގަޅަށް އެއްކޮށްލުމުން މި ރަހަމީރު ކެއުން ތައްޔާރުވާނެއެވެ. މިއީ ހަށިގަނޑަށް ފައިދާހުރި އަދި އަވަހަށް ތައްޔާރުކޮށްލެވޭނެ މޮޅު ކެއުމެކެވެ.

  • ފަރުމަސް ސާފުކޮށް ކިއުބްސް ގޮތަށް ކޮށައި ރޯފިލަންދެން ތެލުލުން.
  • ކެޝޫނަޓް، ފިޔާ، ކެރެޓް، މަޝްރޫމް އަދި ލީކްސް ބޭނުންކޮށްގެން ރަހަ މީރުކުރުން.
  • އޮއިސްޓަ ސޯސް، ސޯޔާ ސޯސް އަދި އަސޭމިރުސް ބޭނުންކޮށްގެން ރަހަ ހެޔޮވަރުކުރުން.
  • ކޯން ފްލާ ބޭނުންކޮށްގެން ސޯސްކޮޅު އޮލަކުރުން.

މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ފަރުމަސް ބޭނުންކޮށްގެން ވަރަށް ލުއި ކެއުމެއް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި

ފަރުމަސް
ފިޔާ
ކެރެޓް
ލީކްސް
ކެޝޫނަޓް
މަޝްރޫމް
ހިކިމިރުސް
އޮއިސްޓަރ ސޯސް
ސޯޔާ ސޯސް
އަސޭމިރުސް
ކޯންފްލާ

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ފަރުމަސްކޮޅު ސާފުކޮށްލުމަށްފަހު ކިއުބްސް ގޮތަށް ކޮށާލާށެވެ. އެއަށްފަހު ފިޔާ، ކެރެޓް، ހިކިމިރުސް، ލީކްސް ކޮށާލާށެވެ. ދެން ކޮށާފައި ހުރި ފަރުމަސްކޮޅު ތެޔޮކޮޅެއްގައި ރަނގަޅަށް ރޯފިލަންދެން ކައްކާލަށެވެ. މަސްތައް ރޯފިލުމުން، އޭގެތެރެއަށް ހިކިމިރުސް، ކެޝޫނަޓް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ކުޑަ އަސޭމިރުސްކޮޅެއް، މަޝްރޫމް، ފިޔާ އަދި ކެރެޓްކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ.

ދެން އޮއިސްޓަ ސޯސް، ސީޒަނިންގް ސޯސް އަދި ސޯޔާ ސޯސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުޑަ ފެން ފޮދެއް އަޅާލުމަށްފަހު ގިރާލާފައި ހުރި ކޯން ފްލާކޮޅު އަޅާލާށެވެ. ދެން ކޮށާފައިހުރި ލީކްސް ކޮޅު އަޅާލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާފައި އުނދުން ނިވާލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު