ސަން ބަދިގެ: ފަރުމަސް ސެލެޑް

ސަން ބަދިގެ: ފަރުމަސް ސެލެޑް

ސަން ބަދިގެއިން ގެނެސްދޭ މި ރެސިޕީއަކީ ފަރުމަސް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފައިދާހުރި ކެއުމެކެވެ. މި ސެލެޑް ތައްޔާރުކުރުމަށްޓަކައި ފެނު ކައްކާފައިވާ ފަރުމަހުގެ އިތުރުން ޓޮމާޓޯ، ފިޔާ، ބީންސް އަދި ލެޓިއުސް ބޭނުންކުރެއެވެ. މީގެ އިތުރުން، އަމިއްލައަށް ތައްޔާރުކުރާ ޚާއްސަ ޑްރެސިންއެއް ބޭނުންކޮށްގެން މި ކެއުމުގެ ރަހަ އިތުރަށް މީރުކޮށްލެވޭނެއެވެ. މިއީ ރޯދަ މަހުގެ ކެއުންތަކަށާއި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންކުރެވިދާނެ މޮޅު ކެއުމެކެވެ.

  • ފަރުމަސް، ޓޮމާޓޯ، ފިޔާ، ބީންސް އަދި ލެޓިއުސް ބޭނުންކޮށްގެން ސެލެޑް ތައްޔާރުކުރުން
  • ސެލެޑް އޮއިލް، ވިނިގަރ، މަސްޓަޑް ކްރީމް އަދި ހަކުރު ބޭނުންކޮށްގެން ޑްރެސިން ތައްޔާރުކުރުން
  • ހުރިހާ ބާވަތެއް އެއްކޮށްލުމަށްފަހު ޑްރެސިން އަޅައި ރަނގަޅަށް އެއްކުރުން
  • ފަސޭހައިން ތައްޔާރުކުރެވޭ ފައިދާހުރި ކެއުމެއްގެ ގޮތުގައި މި ސެލެޑް ބޭނުންކުރުން

މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ފަރުމަހުގައި ވަރަށް ތަފާތު މީރުގޮތަކަށް ސެލެޑެއް ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ރޯދަވީއްލާ ވަގުތަށް ވެސް ހާރުދަމަށް ވެސް ކެއުމުގައި ހިމަނާލެވިދާނެ ބާވަތެކެވެ.

ބޭނުން ވާތަކެތި

400 ގްރާމް ފަރުމަސް (ކިއުބުކޮށް ކޮށާފައި ފެނު ކައްކާފައި)
02 ޓޮމާޓޯ (ކިއުބުކޮށް ކޮށާފައި)
01 ފިޔާ (ކިއުބުކޮށް ކޮށާފައި)
04 ބީންސް (ފެނު ކައްކާފައި)
50 ގްރާމް ލެޓިއުސް (ބޮޑެތިކޮށް ކޮށާފައި)
ސެލެޑް ޑްރެސިން
06 މޭޒްމަތީސަމުސާ ސެލެޑް އޮއިލް
01 ސައިސަމުސާ ވިނިގަރ
01 ސައިސަމުސާ މަސްޓަޑް ކްރީމް
4/1 ސައިސަމުސާ ހަކުރު
މުގުރިއަސޭމިރުސް އަދި ރަހަލާ ވަރުގެ ލޮނުކޮޅެއް


ތައްޔާރު ކުރާނެގޮތް

ފުން ތަށްޓެއްގެ ތެރެއަށް ވިނިގަ، ހަކުރު، މަސްޓަޑް އެޅުމަށްފަހު ރަނގަޅަށް ގިރާލާފައި މަޑުމަޑުން ސެލެޑް އޮއިލް އަޅަމުން ގިރާލާށެވެ. ރަނގަޅަށް ޑްރެސިން އޮލަވީމަ ލޮނު، އަސޭމިރުސް އަޅާއެއްކޮށްްލާފައި ބަހައްޓާނީއެވެ.

އެއަށްފަހު ބޯލްއެއްގެތެރެއައް ޓޮމާޓޯ، ކައްކާފައި ހުރި ފަރު މަސް، ފިޔާ، ބީންސް، ލެޓިއުސް އަޅާއެއްކޮށްލާފައި ކުރިން ހެދި ސެލެޑް ޑްރެސިން ކޮޅުއަޅާ އެއްކޮށްލާނީއެވެ.

މިއީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ, ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކެއުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު