ސަން ބަދިގެ: ފަރުމަސް މުރަގަފަތް ރައިސް

ސަން ބަދިގެ: ފަރުމަސް މުރަގަފަތް ރައިސް

ސަން ބަދިގެއިން ގެނެސްދޭ މި ރެސިޕީއަކީ ސިއްހީ ގޮތުން ފައިދާހުރި މާއްދާތައް އެކުލެވޭ ފަރުމަސް މުރަނގަފަތް ރައިސް ތައްޔާރުކުރާނެ ފަސޭހަ ގޮތެކެވެ. މީގެ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ފަރުމަސް، މުރަނގަފަތް، މަޝްރޫމް، ބާސްމަތީ ހަނޑޫ އަދި ހަވާދުގެ ބާވަތްތައް ހިމެނެއެވެ. މި ކާނާ ތައްޔާރުކުރުމަށް ފުރަތަމަ ފިޔާ، މުރަނގަފަތް، މަސް އަދި ލޮނު އެއްކޮށް ކައްކާލުމަށްފަހު، ދެން ހުރި ތަކެތި އަޅައިގެން ފެންފޮދު އަޅައިގެން 15 މިނެޓް ވަންދެން ކައްކައިގެން ތައްޔާރުކުރެއެވެ.

  • ފަރުމަހާއި މުރަނގަފަތް ބޭނުންކޮށްގެން ސިއްހަތަށް ފައިދާހުރި ރައިސްއެއް ތައްޔާރުކުރުން
  • ބޭނުންވާ މައިގަނޑު ތަކެތީގެ ތެރޭގައި ބާސްމަތީ ހަނޑޫ، މަޝްރޫމް އަދި ހަވާދުގެ ބާވަތްތައް ހިމެނުން
  • ތެޔޮ ހޫނުކޮށް ފިޔާ، މުރަނގަފަތް އަދި މަސް އެއްކޮށް ކެއްކުން
  • ހުރިހާ ތަކެއްޗެއް އެއްކޮށް ފެން އަޅައިގެން 15 މިނެޓް ވަންދެން މަޑުގިނީގައި ކެއްކުން

މިއަދުގެ ސަން ބަދިގެ މި ހާއްސަ ކޮށްލަނީ ސިއްހީ ގޮތުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް އެއިން ލިބިދޭ ފަތް އަދި މަސް ބޭނުންކޮށްގެން ތައްޔާރުކޮށްލާ ބާވަތަކަށެވެ.

ބޭނުން ވާތަކެތި

2 1/2 ޖޯޑު ބާސްމަތީ ހަނޑޫ ( ރަގަނޅަށް ދޮވެލާފައި ފެނުގައި 10 ނުވަތަ 15 މިނެޓް ބަހައްޓާފައި )
80 ގްރާމް މުރަނގަފަތް ( ކުދި ކޮށް ކޮށާފައި )
300 ގްރާމް ފަރުމަސް (ތުނކޮށް ފޮތިކޮށް ކޮށާފައި )
02 ބޮޑު ފިޔާ ( ޗޮޕްކޮށްލާފައި )
02 ލޮނުމެދު ( ގާނާފައި )
225 ގްރާމް މަޝްރޫމް ( ތުނިކޮށް ފޮތިކޮށް ކޮށާފައި )
06 ކާފޫރުތޮޅި
06 ކަރަންފޫ
01 އިންޗި ފޮނިތޮށި
01 ސައިސަމުސާ ރީނދޫ
1/2 ޖޯޑު ހިކިމޭބިސް ކަދުރު
05 ޖޯޑު ފެން
ރަހަލާވަރުގެ ލޮނު އަދި މުގުރި އަސޭމިރުސް ކޮޅެއް
06 މޭޒްމަތީސަމްސާ ތެޔޮ


ތައްޔާރު ކުރާނެގޮތް

ތެއްޔެއްގެ ތެރެއަށް ތެޔޮފޮދު އެޅުމަށްފަހު ރަގަނޅަށް ހޫނުކޮށްލާފައި ފިޔާ، މުރަނގަފަތް، ލޮނު އަދި ފަރުމަސް ކޮޅު
އަޅާ އެއްކޮށްލުމަށްފަހު މަޑުގިނީގައި ތިން މިނެޓް ވަންދެން ކައްކާލާށެވެ.

އެއަށްފަހު މަޝްރޫމް، ހަނޑޫ، ލޮނުމެދު، ކާފޫރުތޮޅި، ކަރަންފޫ، ފޮނިތޮށި، ރީނދޫ، އަސޭމިރުސް އަޅާއެއްކޮށްލުމަށްފަހު އެއް މިނެޓް ވަންދެން ކައްކާލާށެވެ. އެއަށް ފަހު ފެންފޮދު އަޅާފައި 15 މިނެޓް ވަންދެން ކައްކާފައި މޭބިސްކަދުރު ކޮޅުއަޅާ އެއްކޮށްލުމަށްފަހު އުނދުން ނިވާލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު