ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުން ސިންގަޕޫރު ބަލިކޮށްފި

ރާއްޖެއާ ސިންގަޕޫރު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން

ރާއްޖޭގެ 20 އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން ސިންގަޕޫރުގެ 19 އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ބަލިކޮށް ތާރީހުން ޖާގަ ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ސިންގަޕޫރުގެ އުމުރުފުރާގެ ޓީމެއް އަތުން މިހާތަނަށް ހޯދި އެންމެ ބޮޑު ނަތީޖާއެވެ. މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ.

ސިންގަޕޫރުގައި ރާއްޖެއިން ކޭމްޕުކުރަނީ ކުރިއަށްއޮތް 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. މުބާރާތް ކުރިއަށްދާނީ ރާއްޖޭގައެވެ. މި މޮޅާއެކު މިއީ ކުޅުންތެރިންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.

ސިންގަޕޫރުގެ ޗޯ ޗު ކަންގް ސްޓޭޑިއަމުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އިލާން އިމްރާނާއި އީތަން ޒަކީގެ އިތުރުން އަޙްޒަމް ރަޝީދު އަދި އަލްޙާނެވެ.

ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅޫނު މި މެޗުގައި ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި ކޭމްޕުގެ ތެރެއިން ސިންގަޕޫރުގެ ޒުވާން ޓީމާއެކު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ،

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު