މެސީގެ ކެރިއަރުގައި 900 ލަނޑު ހަމަކުރަން ބާކީ ބޭނުންވަނީ އެއް ލަނޑު

އިންޓަ މަޔާމީގެ ޖާރޒީގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ--

ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ލިއޮނަލް މެސީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ 900 ވަނަ ލަނޑު ހަމަކުރުމާ ވަރަށް ގާތަށް ޖެހިލައިފިއެވެ.

އުމުރުން 38 އަހަރުގެ މެސީ، މި އުސްމިނަށް ވާސިލުވުމާ އެންމެ ލަނޑަކާ ގާތަށް ޖެހިލީ، ހޮނިހިރު ދުވަހުގެ ރޭ ޑީސީ ޔުނައިޓެޑް ކޮޅަށް އިންޓަ މިއާމީއަށް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފުގެ މެދުތެރެއިން މެސީ ކާމިޔާބުކުރި 899 ވަނަ ލަނޑަކީ އޭނާގެ ހުނަރުވެރިކަން އަނެއްކާވެސް ދައްކުވައިދިން ހިތްގައިމު ލަނޑެކެވެ.

2023 ވަނަ އަހަރުގެ ޖޫން މަހު އިންޓަ މިއާމީއާ ގުޅުނު ފަހުން، އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މި ތަރި ވަނީ އެ ކުލަބަށް 80 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެސީގެ ފުޓުބޯޅަ ހަޔާތުގައި ކާމިޔާބުކުރި ލަނޑުތަކަށް ބަލާއިރު، ބާސެލޯނާއަށް 672 ލަނޑު، ޕީއެސްޖީއަށް 32 ލަނޑު އަދި އާޖެންޓީނާގެ ގައުމީ ޓީމަށް 115 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ. މި ލަނޑުތަކާ އެކު 900 ލަނޑު ހަމަކުރަން އޭނާއަށް ބޭނުންވަނީ އެއް ލަނޑެވެ.

މެސީއަށް އޭނާގެ 900 ވަނަ ލަނޑު ކާމިޔާބުކުރުމުގެ ފުރުސަތު ލިބޭނީ އަންނަ މާރިޗު 11 ވަނަ ދުވަހު ނޭޝްވިލްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. މި ލަނޑުދަނޑި ހާސިލުކުރެވިއްޖެ ނަމަ، މެސީ ވެގެންދާނީ ފުޓުބޯޅައިގެ ތާރީހުގައި 900 ލަނޑު ހަމަކުރި މަދު ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.

މީގެ ކުރިން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖަހައި، އޭނާގެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި އަދަދު ހަމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު