ރޯދަމަހު ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯޕީޑީ ދެ ދަންފަޅިއެއްގައި

ޓްރީ ޓޮޕް ހޮސްޕިޓަލް: މި ރޯދަމަހު ޓްރީ ޓޮޕް ހޮސްޕިޓާލުން ހިދުމަތް ދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައި ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލުން ރޯދަ މަހުގެ އޯޕީޑީ ގަޑިތަކަށް ގެނައި ބަދަލުތައް އިޢުލާންކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ގެނައި ބަދަލާއެކު، އެ ހޮސްޕިޓަލްގެ އޯޕީޑީ އަދި މާލޭ ކުލިނިކްގެ ޚިދުމަތްތައް ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10އިން ހަވީރު 3:00އަށް، އަދި ރޭގަނޑު 8:30އިން 11:00 އަށެވެ.

އެ ގަޑިތަކުގައި ރޭޑިއޮލޮޖީ، ރިހެބިލިޓޭޝަން، ޑައިގޮނޮސްޓިކްސްގެ އިތުރުން ލެބޯޓަރީ ޚިދުމަތް ވެސް ލިބޭނެއެވެ. އެހެން ނަމަވެސް ފެމެލީ ކްލިނިކް ހުޅުވިފައި ހުންނާނީ ހެނދުނު 10:00ން ހަވީރު 5:00އަށެވެ. އަދި ހުކުރު ދުވަހު ރޭގަނޑު 8:30އިން 11:00އަށް ޚިދުމަތް ދޭނެއެވެ.

މީގެ އިތުރުން ޑައިލެސިސް ޚިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00އިން މެންދުފަހު 3:00އަށެވެ.

އެެހެން ނަމަވެސް ޓްރީ ޓޮޕްގެ އެމަޖެންސީ 24 ގަޑިއިރު ހުޅުވިފައި ހުންނާނެވެ.

ޓްރީޓޮޕުން ބުނީ ރަމަޟާން މަހާ ގުޅިގެން، ޓްރީ ޓޮޕް ހޮސްޕިޓަލާއި ޓީޓީއެޗް ކްލިނިކުގެ އޯޕީޑީ ޚިދުމަތްތަކާއި އެހެނިހެން ގުޅުންހުރި ޚިދުމަތްތައް ދޭނެ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ، ރޯދަ މަހުގެ ތެރޭގައިވެސް ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާ އަސާސީ ސިއްހީ ޚިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި، ފަސޭހަކަމާއެކު އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ކުރިއަރާފައިވާ، އަދި ރާއްޖެއަށް އާ ޚިދުމަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމަށް އިސްކަންދޭ ތަނެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. އެގޮތުން އެ ހޮސްޕިޓަލުން ބުނެފަިއވަނީ މަގުސަދަކީ ބޭސްފަރުވާއަށް ދިވެހި ރައްޔިތުން ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ސިއްހީ ފަރުވާއަށް ކުރަންޖެހޭ ޚަރަދުތައް ލުއިކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް