އީރާނަށް ހަމަލާ ދޭން ފަށައިފި، މުވާސަލާތީ ޚިދުމަތްވެސް ކެނޑިއްޖެ

އިސްރާއީލުން އީރާނަށް ދިން ހަމަލާގައި ދުން އަރަނީ. ފޮޓޯ/އޭއެފްޕީ

އިސްރާއީލުން ⁠އީރާނާ ދެކޮޅަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. އެ ހަމަލާގައި އެމެރިކާއިންވެސް ބައިވެރިވި ކަމަށް އެ ނޫހުން ބުނެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު ދާދި ދެންމެއަކު ވަނީ އިވިފައެވެ.

ފޮޓޯ/އޭއެފްޕީ

ތެހެރާންގެ ބައެއް ސަރަހައްދުތަކުގެ މުވާސަލާތީ ޚިދުމަތަށްވެސް ވަނީ ބުރޫއަރާފައެވެ. މިވަގުތު އެއްވެސް ކޯލެއް ނުކުރެވޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާގެ ރައްދުގައި އީރާނުން ހަމަލާ ދީފާނެ ކަމަށް އާންމުން ތައްޔާރުކުރުމުގެ ގޮތުން ވައިގެ ހަމަލާތަކުގެ ސައިރެން އެއް އަޅާފައިވާ ކަމަށެވެ.އިސްރާއީލުން ވަނީ ކުއްލި ހާލަތުވެސް އިއުލާނުކޮށްފައެވެ.

އީރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރުދީ އެމެރިކާގެ އަސްކަރިއްޔާއިން އެ ގައުމު ކައިރި ތިބޭތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އީރާނުން ވަނީ އެ ގައުމަށް ހަމަލާއެއް ދީފިނަމަ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދީފައެވެ.

އިސްރާއީލުން މިދިޔަ އަހަރު ވެސް ވަނީ އީރާނަށް ހަމަލާ ދީފައެވެ. އޭގެ ރައްދުގައި އީރާނުން ވެސް އިސްރާއީލަށް ހަމަލާތަކެއް ދިނެވެ.

comment ކޮމެންޓް