މި ވާހަކައިގައި ސިފަކޮށްދެނީ ޒުވާނުންތަކެއް ޕިކްނިކް ދަތުރެއްގައި އުޅެނިކޮށް ދިމާވާ ހިތާމަވެރި ހާދިސާއެކެވެ. ޑޮކްޓަރ އިބްރާހިމް، މަރުގެ ވާހަކަތަކާއި ތައުބާވުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަނިކޮށް، ކުއްލި ގޮތަކަށް އޭނާ ނިޔާވެއެވެ. މި ހާދިސާގެ ސަބަބުން އެކުވެރިންނަށް ބޮޑު ޝޮކެއް ލިބެއެވެ. ވާހަކައިގެ ތެރެއިން ޒުވާނުންގެ ދިރިއުޅުމުގެ އާދަތަކާއި، ކުއްލި މަރުތަކާމެދު މުޖުތަމައުގައި އުފެދޭ ބަހުސްތައް ފެނިގެންދެއެވެ. އަދި ހަމައެއާއެކު، ހަޔާ ނަމަކަށް ކިޔާ ކުއްޖަކު ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު އުޅޭނެ ތަނެއް ހޯދުމުގައި އުޅޭ މަންޒަރުވެސް ސިފަކޮށްދެއެވެ. މިއީ މަރުގެ ހަގީގަތާއި ދުނިޔަވީ ކަންކަމާ ގުޅޭ ފިލާވަޅެކެވެ.

  • ޕިކްނިކް ދަތުރެއްގެ ތެރޭގައި ޑޮކްޓަރު އިބްރާހިމް ކުއްލިއަކަށް ނިޔާވުން.
  • މަރުގެ ކުރިން އޭނާ ތައުބާވުމާއި ދީނީ ކަންކަމަށް އަހަންމިއްޔަތުކަން ދިނުން.
  • މި ހާދިސާއާ ގުޅިގެން ޒުވާނުންގެ ސިއްހީ އާދަތަކާމެދު ސުވާލު އުފެދުން.
  • ހަޔާގެ ދިރިއުޅުމުގެ ދަތި ހާލަތާއި ނާޒުކު ހާލަތު ދައްކުވައިދިނުން.

"ﷲގެ އަޅުތަކުންނޭވެ. ރަމަޟާން މަސް ނިމެން ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. ރަގަޅަށް މަސައްކަތްކުރެވުނު ފަރާތްތަކަށް އޮތީ އެކަމުގައި ސާބިތުވެ ހުރުމެވެ. މަދުން ކުރެވުނު ފަރާތްތަކުން މަސައްކަތްކުރަންވީ ނިމުން ރަގަޅުކުރުމަށެވެ. ސަބަބަކީ ހަގީގަތުގައި އަމަލުގެ ނަތީޖާ އޮތީ ނިމުން އޮތްގޮތަކަށެވެ. ވީމަ މި މަހުގެ ފައިދާ ރަގަޅުގޮތުގައި ހާސިލުކޮށް އެންމެ ރަގަޅު އަލްވަދާއެއް ކިޔާށެވެ.<އިބްން ރަޖަބް ރަހިމަހުﷲ>

***

މިނާހް ފޮޓޯ ނަގާފައި އާއިލާގެ ގްރޫޕަށްވެސް ލަމުން ދިޔައެވެ.

"ހެންޑްސަމް ލައިކް އެ ޑެވިލް..."އާސީން މަޖާކޮށްލިއެވެ.

"ކާކު ހެންޑްސަމްއޭ....."

"މައި ބްރަދާ...."އާސީން ހިތެއް ފޮނުވައިލިއެވެ. މިނާހް ދެން އަޕްލޯޑްކޮށްލީ ތަފާތު ފޮޓޯއެކެވެ. އެ ފޮޓޯ ފެނުނު އެންމެނަށް ތަފާތު ގޮތަކަށް އަސަރުކުރުވިއެވެ. އެއީ މީހެއްގެ ހަޔާތުގެ އެންމެ ފަހުވަގުތު ނެގުނު ފޮޓޯއެކެވެ. މޫދުކައިރީގައި ކުނާ އަޅައިގެން ނަމާދުގެ އައްތަހިޔާތުގައި ތަޝައްހުދު ކުރިތަނެވެ. ޝަހާދަތުގެ އިނގިލި އުފުލައިލުމަކީ ތައުހީދުގެ ނިޝާނެކެވެ.

އެންމެން ކައި ނިމިގެން އަލިފާންގަނޑުކައިރީ ވާހަކަދައްކައިލަން ތިބިއިރު ހަނދު ފެނުމާއިމެދު ބެޓްކުރެވުނެވެ. ޕިކްނިކް ވަށިގަނޑުގައި ހުރި ދޮން އަނބު ކޮށަން އެކަކު އިންއިރު އަނބުގެ މީރުވަސް ތަނުގައި ހަރުލާފައިވިއެވެ. ކުއިލްޓްމަތީގައި އެންމެން ތިބީ ސަމާސާ ވާހަަކަތަކާއި ހުނުމުގައެވެ. ޑޮކްޓަރ އިބްރާހިމް ފިޔަވައެވެ. އޭނަ އިނީ ފޯނުގައެވެ. ކުއްލިއަކަށް ޝެއާކުރި ޕޯސްޓަކަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ.

"މިދުވަސްކޮޅު ސްޓްރޭންޖް ކަމެއް ފާހަގައެއްނުވޭތަ؟ ތިބާގެ ފުރާނަ ބުނަމުންދަނީ ތައުބާވެ ﷲގެ ހަޟުރަތަށް ކުއްތަންވުމަށެވެ. ކޮންމެވެސް ބޮޑުކަމެއްވާން އުޅޭކަމުގެ އިންޒާރުދެނީއެވެ. އަހަންނަށް ހީވަނީ ނިމުން ގާތްވެއްޖެހެންނެވެ."

"އިބޫ...އަހަރެމެން ހިތަކަށް ތިހެން ނާރާ؟ ޕެންޑަމިކް ވީމަ ތިހެން ބުނީ؟ ކަމޯޯން އެއީ ހަމަ އާދައިގެ ރޯގާއެއްނު..." ލީވަން ފޯނުން އެ ޕޯސްޓްކިޔާލުމަށްފަހު ސުވާލުކުރިއެވެ.

"އެއީ އާދައިގެ ރޯގާއެއް ކަމެއް ނޭގޭ.......އެންމެން ބިރުން ވެކްސިންވެސް ޖެހީނު..."

"އިބޫ....ތިއުޅެނީ ބިރުންތަ؟ވެކްސިން ޖަހައިގެން ދެތިން މީހަކު މަރުވީމަ........."ލީވަން އެނާޖީ ޑްރިންކް ބޮމުން ދިޔައިރު އަނެއް އަތުގައި އޮތީ ވޭޕެކެވެ.

"ނޫން.ބިރަކުން ނޫޅެން........ޓައިމް ޖެހުނީމަ ދާން ޖެހޭނީ...ރިގްރެޓްކުރަންޏާ ކުރަނީ ޕާސްޓްގައި ފާފަކުރެވިފައި ހުރީމަ..."އިބްރާހިމް ގެ މޫނުމަތިން ފެނުނީ ހަމަޖެހުމެވެ." ވެކްސިން ޖެހިޔަސް ނުޖެހިޔަސް މަރުވާނެ. އެކަމަކު ޔަގީންނުވާ ކަންތައްތަކުގެ ތެރެއަށް ފުންމައިލުމަކީވެސް ޒިންމާދާރުކަން ކުޑަ އަމަލެއް.އަމިއްލަ ނަފުސާއިމެދު ފަރުވާތެރިވާންޖެހޭ...މާނު ބުނިހެން ވެކްސިން ޖެހުނީ ތަންކޮޅެއް އަވަސް އަރުވާލާފައި...އޯޑަރު އައީމަ ގޮތް ހުސްވީ.."

"މްމް......މިނާހް އަކީ ވެރިމީހާގެ ކޮއްކޮވީމަ އެޑްވާންޓޭޖް އޮންނާނެ.." ލީވަން މިނާހްގެ ކޮނޑަށް ލެނގިލިއެވެ.

"ނޮޕް....ދެޓްސް ނޮޓް ސޯ ޓްރޫ ބްރޯ....މަގޭ ދޮންބެ އިންޒާރު ޖަހާފައި އޮތީ...މިތާގައި ވޯކެއްނުކުރެވޭނެކަމަށް ބުނީ...އެ ވެކްސިން ނުޖަހާ.މަށެއް ކަމަކު ދުލެއްނުކުރާނެ..."މިނާހް އަމިއްލަ ނަފުސް ދިފާއުކުރިއެވެ.

"މަ ބުނީ...ދެން އަހަރެމެން ވަން ވޭ ޓިކެޓް ނަގައިގެން އެކޮޅަށް ގޮސްފައި ކޮންޓެކްޓްވާނެނަމަ........"އެކަކު ބުނެލިއެވެ.

"ޑެތް އިޒް ނޮޓް އެ ޖޯކް..."މިނާހް ލޯ އަޅައިލިއެވެ. "ބަރްޒަޚު އާލަމުގެ ކަންތައްތަކަކީ ޑިވައިން ނޮލެޖް...އެއީވެސް ހެވެންއަށް ދަމުން ފުރާނަތައް މަޑުކޮށްލާ އާލަމެއް....އެތަނުގައިވެސް ގެތައްވެސް ހުންނަކަމަށް ވަނީ"

"ސީރިޔަސްތަ ބްރޯ؟"

"ތިބުނީ؟"

"ކަލޭ އުސްތާޒެއްކަމެއް ނުވެސް ބުނަމެއްނު........ދީނީ ފޮތްތަކުން އެދުރުވެފައި ހުރިގޮތަކަށް ވާހަކަ ތިހިރި..."ލީވަން ބުމަ އަރުވައިލިއެވެ."އެންމެ ކައިރީގައި އުޅޭ މީހުނަށްވެސް ސިއްރުކޮށްގެން ތިހިރީ.....އަހަރެމެންވެސް ހުކުރަށް ދަން، ވަގުތެއްވިއްޔާ ނަމާދުކުރަން. އެކަމަކު އިބޫވެސް ކުރިން ދަތުރު އައިސް ނަމާދެއް ނުކުރޭ..މިހާރު އިބޫގެ ސޯޝަލްމީޑިއާއަށް ވަނީމަ ދީނީ ޕޯސްޓާއި ވީޑިއޯ....އެންމެންގެ ބިހޭވިއާވެސް ޗޭންޖްއެބަވޭ.."

"ދީނީ ފޮތްތައް ކުޑަކޮށް ކިޔާލަން..އެހެންވެ އެވަރަށް އެނގުނީ. އޭގެ މާނައަކީ އުސްތާޒަކަށްވުމެއްނޫން. ދީނާއި ބެހޭގޮތުން އަހަންނަށް އަދި އެންމެ ޕަސެންޓްވެސް ނޭގޭ......."

އިބްރާހިމްގެ ވާހަކަތަކުން އެހެންކުދިންގެ ހިތަށް އަސަރުކުރިއެވެ. ދަރުސެއްފަދައެވެ. އޭނަ ދެއްކީ ރަމަޟާންމަހުގެ މާތްކަމުގެ ވާހަކައެވެ. ލައިލަތުލް ގަދުރު ވިލޭރޭ ހޯދަން މުސްލިމުން ކުރާ މަސައްކަތެވެ. ތައުބާވުމުގެ ވާހަކައެވެ. ކިތަންމެ ބޮޑު ފާފައެއްކޮށްފައިވިޔަސް ތައުބާވުމުން ފާފަ ފުއްސަވާދެއްވައެވެ.

މިނާހްއަށް ފާހަގަވީ އެހެން ދަތުރުތަކާއި ބަލާއިރު މިދަތުރު ފޯރިކުޑަވިޔަސް އެންމެންގެ ސަމާލުކަމާއި ޝައުގު އެވާހަކަތަކަށް ހުއްޓުނުކަމެވެ. ސޯލިހު އެންމެ އެކުވެރިޔެއްގެ ސަބަބުންވެސް ދީނަށް ހިތް ލެނބިދާނެއެވެ.

"އެންމެ ރަގަޅު...ދެން އިބޫ ތިބުނީނު ސްޓްރޭންޖް ކަމެކޭ...ކޮންކަހަލަ ސްޓްރޭންޖް ކަމެއް ފާހަގަވީ؟"

"ސްޓްރޭންޖް ޑްރީމްސް...ރޭގައިވެސް.....ފެނުނީ...ކުއްލިއަކަށް ވަރަށް އިސްކޮޅުން ދިގު ބިޔަ މީހެއް......އިންސާނެއް ނޫންކަން އެނގުނު.....ހީވީ ހަމަ އެންޖެލް........."އިބްރާހިމްއަށް ވާހަކަދައްކަން ހުރެފައި އުދަގޫވެގެން މޭގައި އަތް ޖައްްސައިލިއެވެ. މޫނުމަތިން ދާތިކިތައް ވިދަންފެށިއެވެ.

"ނޭވާ ނުލެވޭ......"އިބްރާހިމް ކުއްލިއަކަށް ކަނދުރާގައި އަތް ކާއްތައިލަމުން ތެދުވާން އުޅުނެވެ. އެއާއެކު އަރިއަޅާލިތަން ފެނުމުން މިނާހް ކައިރިއަށް އައެވެ.

"ހޭއި..ހޭއި..ވޭކްއަޕް ބްރޯ..." ހާސްވިވަރުން އިބްރާހިމްގެ ކޮނޑުގައި ހިފާ ތަޅުވައިގަނެވުނީއެވެ.

"މޫވް. ލެޓް މީ ޗެކް..." ލީވަން މިނާހް ދުރަށް ޖައްސައިލިއެވެ. ވަގުތުން ކަނދުރާގައި އަތް ޖައްސައިލެވުނެވެ. ވިންދެއް ނެތެވެ. ނޭވާވެސް ހުއްޓިފައެވެ. ހިތް ހުއްޓުނީއެވެ.

އޭނަ ވަގުތުން ސީޕީއާރުދޭން އަވަސްވިއެވެ.

"ކަމޯން އިބޫ..ތިހެން ނަހަދާ...މިތަނަށް ދަތުރު އައިސް....ދެން ފަހަރަކުން ގްރިލް އެއް ގެންނާނީއޭ ކިޔާފައި.."

"ކޯލް ފޯ ހެލްޕް..."އެކަކު ހަޅޭއްލަވައިގަތެވެ. ލީވަންގެ ފައިން ޖެހިފައި އެނާޖީޑްރިންކް ދަޅު އެނބުރެމުން ސެނބުރެމުންގޮސް މޫދުގެ ރާޅުތަކުގެ ތެރެއަށް ޖެހިގަތެވެ. އަޖައިބުވަނީ އެފަދަ ވަގުތެއްގައިވެސް ދުނިޔެ މަޑުޖެހުމެއްނެތި ކުރިއަށް ދާކަމެވެ.

އެ ފަޅި ސިކުންތުކޮޅު އެންމެންވެގެން އެކުވެރިޔާގެ ފުރާނަ ސަލާމަތްކުރަން ކުރެވެންއޮތްހާ މަަސައްކަތެއްކުރިއެވެ. ފަޅުރަށެއްގައިކަމުން ބޭހެއް، މޮނިޓައެއް، ޑީފިބްރިލޭޓަރފަދަ ވަސީލަތެއް ނެތެވެ. ހަމައެކަނި ޑޮކްޓަރުންގެ އަތްތަކެވެ. އިލްމަކުން އެކަނި އެހީތެރިނުވެވޭނެ ހާލަތެކެވެ.

"ޑީޕް ކޮމްޕްރެޝަން....ޑޯންޓް ސްޓޮޕް....."

ލީވަން ޗެކްކުރިއިރު ވިންދެއްނެތެވެ. އެންމެނަށްވެސް އެނގުނެވެ.

"އައިމް ސޮރީ..."އޭނައަށް ބުނެވުނެވެ.

ތަންކޮޅެއް ކުރިން ޚިޔާލެއް ފިކުރެއް ނެތް މޫނުތަކުން ފެނުނީ މޮޅިވެރިކަމެވެ. ފެންކަޅިވެފައިވާ ލޯތަކެވެ.

ހޮސްޕިޓަލާއި ހަމަޔަށް ގެންދިޔައިރުވެސް އިބްރާހިމް އޮތީ ނިޔާވެފައިކަން މިނާހްއަށްވެސް އެނގުނެވެ. އޭނަގެ ސިކުނޑިއަށް ހުރިހާކަމެއް ނަގައިގަންނަން ފަސޭހައެއްނުވިއެވެ.

މިރޭ އިބްރާހިމް ނަމާދުކުރަން އިންދާ ނެގި ފޮޓޯއެއް އާއިލާ ގްރޫޕަށްލިއެވެ. ލީވަން އެ ފޮޓޯ ހޮސްޕިޓަލުގެ ގްރޫޕަކަށްލީ ފޮޓޯ އެޑިޓްކޮށް ރަމަޟާން މުބާރަކް ލިޔުންކޮޅެއް ޖަހާފައެވެ. އިބްރާހިމްގެ ޕޯސްޓްގައިވީ ނިމުން ގާތްވެއްޖެކަމުގެ އިޝާރާތެވެ. މި ފޮޓޯއާއި އެ ޕޯސްޓްވެސް ވީ މަރު ގާތްވިކަން އަންގައިދިން އިންޒާރަކަށެވެ. މިއީ އިބްރާހިމްގެ އެންމެ ފަހު ފޮޓޯއަށް ވެދާނެކަން އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟

މިނާހްގެ ލޮލުން ކަރުނަ އަންނާންފެށިގޮތަށް ހުއްޓުމަކަށްނައެވެ. އެހާ ގާތް އެކުވެރިޔަކު ކުއްލިއަކަށް އަބަދަށްޓަކާ ވަކިވުމަކީ ވޭނެކެވެ.

އޭނަ ޔަގީންކުރިއެވެ. އެކުވެރިޔާގެ މަރުގެ ސަބަބަކީ ވެކްސިނެވެ.

ވެކްސިން ޖަހަން މަޖުބޫރުކުރީއެވެ. އެހާ ވިސްނުންތޫނު ހިތްހެޔޮ ގާބިލު ޑޮކްޓަރެއްގެ ފުރާނަވެސް ނުހައްގުގައި ދުއްވައިލެވުނީއެވެ.

"އަހަރެން އޭރުވެސް އިބޫ ގާތުބުނިން... ވެކްސިން ރައްކާތެރިއެއްނޫނޭ..........ބަޓް......." މިނާހް ދެއަތްތިލައިގެން މޫނު ފޮރުވާލައިގެން ހިމޭނުން އިންއިރު އެކި ޚިޔާލުތައް ސިކުނޑިއަށް ވެރިވިއެވެ.

ހޮސްޕިޓަލުން ބަޔާނެއް ނެރުނެވެ. ހިތުގެ މައްސަލައެއް ހުރުމުގެ ސަބަބުން ހިތް ހުއްޓިގެން އިބްރާހިމް ނިޔާވީއެވެ. ޒުވާނުން ދުންފަތާއި ވޭޕް އަދި އެނާޖީޑްރިންފަދަ ތަކެއްޗާއި ދުރުހެލިވާން އެދިފައި އެތެރެހަށީގެ ޑޮކްޓަރ ނޫސްތަކަށް އިންޓަވިއުއެއް ދިނެވެ. ކުއްލި މަރުތައް ގިނަވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުންކަމުގައި ބުނެލިއެވެ. ބަޔާނާއި އިންޓަވިއު އެކީގައި އައުމަކީ ރޭވުމެކެވެ. މިނާހް ދެކުނުގޮތުގައި މިއީ ހިތާމައިގައިވާ އާއިލާއަކަށްވެސް ކުރެވުނު ފުރައްސާރައެކެވެ. ސީދަލަށް ނުބުންޏަސް އިބްރާހިމްގެ މަރާއި ސިއްހީ ނުރަގަޅު އާދަތަކާއި ގުޅުވާފައެވެ. އަދި ހަމަ އޭރު އެފަދަ ބަޔާނެއް ދިނުމަކީ މިނާހްއަށް ގަބޫލުކުރެވުނުފަދަ ކަމަކަށްނުވިއެވެ.

އެރޭ ހަނދުވެސް ފެނިގެން ރޯދަމަހުގެ ފުރަތަމަ ދުވަސްކަމުގައި އިއުލާން ކުރެވުނެވެ.

އާސީން ސޯފާއަށް ދެފައި ވަށްކޮށްލައިގެން އަރާ އިނީ ގްރޫޕްއަށް އާ މެސެޖެއް އައުމުގެ އިންތިޒާރުގައެވެ. ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީގައި ހުރި ސައިތަށްޓާއެކު ސިނަމަން ރޯލްސްއާއި ޕިއްޒާވެސް ކަމުން ދިޔައެވެ. ޔަލްވީވެސް އެތާ އިނދެފައި ބޭރަށް ނުކުތީ ފޯނެއްގައި ހުރެފައެވެ.

"ކޮބާ ހަނދު ބަލަން ދިޔަ ކުދިންނަށް ހަނދު ފެނުނުތަ؟"އާސީންއަށް ކެތްނުކުރެވިގެން އަހައިލެވުނެވެ.

އެއީ އުދަގޫދެނިވި ހިމޭން އިންތިޒާރެކެވެ.

"މާން....ފޮޓޯ ލާބަލަ..އެންމެ ފޮޓޯއެއް ނޫނެއްނު ނަގާނީ.........ބާބެކިއު ހެދިޔަސް މިރޭ ހަނދު ބުނީ ފިލައިގެންނޯ އުޅޭނީ....."އާސީން މަޖާވާން އުޅުނެވެ. ދެވަނަ ފަހަރަށްވެސް ގްރޫޕްގައި މެސެޖްކުރީ ހިތް ބޭގަރާރު ވީ ވަރުންނެވެ.

"ތިއްތި...ކޮބާ؟" އާސީން މިނާހްއަށް ވަކިން މެސެޖްކުރިއެވެ.

އެއްވެސް މީހަކު ގްރޫޕްގައި ވާހަކަ ނުދައްކާތީ ފޫހިވީވަރުން އޭނަ ސައިތަށި ދަމާލާފައި ނުކުތީ ބޭރަށެވެ. ޔަލްވީ ދޮރާށިކައިރީގައި ފޯނު ކަންފަތުގައި ޖަހައިގެން ހުރެފައި އެނބުރި ބަލައިލިއެވެ. ޔަލްވީ ހާސްވެފައިވާކަހަލަ ގޮތަކަށް އޭނަގެ އަތުގައި ހިފައިލިއެވެ.

"ވަރަށް ބޮޑުކަމެއް ވެގެންނޯ އުޅެނީ..ދަތުރުދިޔަ ބޯއިއެއް ވަރަށް ބަލިވެގެން ގެންނަނީޔޯ...."

އާސީންގެ ހިތަށް ބިރުވެރި ރާޅުބާންޏެއް ޖެހިއެވެ. އޭގެ އަސަރު މުޅި ހަށިގަނޑަށް ވެރިވެ ފިނިވާންފެށިއެވެ. މިނާހްވެސް ދިޔައީ ބާބެކިއުއަށެވެ. އެ ފޮޓޯއެއްލީފަހުން ޚަބަރެއްނުވެއެވެ. ވަކިން ކުރި މެސެޖަށް ޖަވާބެއް ނައުމަކީވެސް ތަފާތެކެވެ. މިނާހް ކިތަންމެ އަވަދިނެތި އުޅެމުންވެސް އޭނަގެ މެސެޖްތަކަށް ޖަވާބުދޭނެއެވެ."ބިޒީ" ފަދަ ކުރު ލަފުޒެއް ނަމަވެސް ބުނެލާނެއެވެ.

"ޔަލް....ތިއްތިގެ ޚަބަރެއްނުވޭ..އޮންލައިން ބަޓް ނޯ ރިޕްލައި.."އާސީންގެ ފައި ބިމުގައި ހަރުނުލާފަދައެވެ. އޭނަ ޔަލްވީގެ އަތުގައި އެލިގަތެވެ."ގުޅާބަ ދޮންބެއަށް...ކާކުހެއްޔޭ ބަލިވެގެން ގެންނަނީ...؟ޑްރައުންވީތަ އަނެއްކާ؟"

"ނޭގޭ..."

އެވަގުތު ސައިރަންގެ އަޑުއިވުނެވެ. ބާރުދުވެއްޔެއްގައި އެ މަގުން ދަތުރުކުރި އެމްބިއުލެންސްއަށް އެދެކުދިން ބަލަން ތިބީ ބިރުގެންފައެވެ. ލޯ ބޮޑުކޮށްގެން ޝޮކެއްގައެވެ. ޔަގީންނުވެފައެވެ. އާސީންގެ ސިކުނޑި އެލާމް އަޅަނީ ގޯހެއް އުޅޭކަމުގައެވެ. ނުބައި ޚަބަރެއް ލިބެން އުޅޭކަމުގައި ހިތް ބުނަނީއެވެ.

އަޔާޝްގެ މެސެޖް އައީ ފެމިލީ ގްރޫޕަށެވެ.

"ޑޮކްޓަރ އިބްރާހިމް ހޭޒް ޖަސްޓް ޕާސްޑް އަވޭ...މިނާހް މެންނާއެކު ބާބެކިއުއަށް ގޮސްފައި..އެތަނަށްގޮސް ކެއީ ކޯނޗެއްކަމެއްވެސް ނޭގޭ..........ޕާޓީކުރުން އޯކޭ އެކަމަކު ތަންކޮޅެއް ބަލައިގެން އުޅެންވާނީ ނޫނީ ޓްރަޖެޑީއަކުން ނިމޭނީ......."

ލީވާން އެނާޖީ ޑްރިންކާއިއެކު ވޭޕް ހިފައިގެން އިން ފޮޓޯއެއްވެސް ލިއެވެ. އާސީންއަށް ލިބުނު ޝޮކާއެކު ރޮބޮޓެއްހެން ހުރެ އެތެރެއަށް ވަންނާން ދިޔައެވެ. ސޯފާގައި އިށީންގޮތަށް އެއް ދިމާލަކަށް ބަލަން އިންތަން ފެނުމުން ޔަލްވީ ގާތުގައި އިށީދެ އަތް ވަށައިލިއެވެ.

"އާސީ..ވަޓްސް ރޯންގް..އެއްޗެކޭ ބުނެބަލަ...."

"ކިހިނެއްވެފައި ތީނީ؟" އޭނަ އާސީންގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އާސީން ހުވަފެނަކުން ހޭލިފަދަ ގޮތަކަށް ހުސް ނަޒަރަކުން ބަލައިލިއެވެ.

"އައިމް ފައިން....ޔަލް..."

ބަލާބެލުމަށް ރަގަޅުހެން ހިޔެއްނުވޭ..މިކަހަލަ ދެރަ ޚަބަރެއްލިބުނީމަ ޕެނިކްވީ ދޯ...ޔަލްވެސް ހީވީ ހަމަ ހާޓް ސްޓޮޕްކުރީހެން...ތިއްތިގެ ފްރެންޑެއް ކުއްލިއަކަށް މަރުވީމަ...ވަރަށް ޝޮކިން...އެކަމަކު އަޔާ އެބުނިގޮތުން އެއްޗެއް ކައިގެން ހެންހީވީ...އެލާޖިކް އެއްޗެއް ކެވުނީތަ؟އެނީވޭސް ހަނދު ފެނުނީމަ ދެން މިރޭ ހާރުކާން ޖެހޭނެއްނު...ކޯނޗެއްކާނީ؟ ތަކްވާ ގާތު ބުނަންވީކަން ނޭގޭ މަށަށް މިރޭ ކެވޭނީ ޝަވަރުމާއާއި ބާންޓް ޗީޒްކޭކޭ..އެހެން ނޫނީ ހަމަ އެހެން މަސައްކަތެއްނުކޮށް އިންނާނީ......"

އާސިން ތެދުވުނެވެ. އޭނަ ބޭނުމީ އެކަނިވަގުތުކޮޅެކެވެ. ޔަލްވީ އަނގަ ތެޅުމުންވެސް އުދަގޫވަނީއެވެ.

**

ހަޔާގެ ޑޮކްޓަރ ދުރުވެ ދެއްކި ވާހަކަތަކުން ހިތަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދިނުން ފަސޭހައެއްނޫނެވެ. ގުުރުއާނަކީ ޝިފާއެކެވެ. ދުޢާ ވަގުތުން އިޖާބަކުރައްވާ ފަހަރުވެސ އާދެއެވެ.ހަޔާތުގެ ބޮޑެތި ނިންމުން ތަކުގައި އިސްތިޚާރާ ނަމާދު މުހިއްމެވެ. ރަމަޟާންމަހު އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން އަޒުމް ކަނޑައަޅައިގެން ހުއްޓާ އިމްތިހާނެއް ކުރިމަތިވީއެވެ. ސާޖަރީއެއްގެ ހިޔަނި އެޅުނީއެވެ. ނަމަވެސް އޭނަ ﷲ ތައާލާއަށް ވަކީލުކޮށް އެކަމާއިގެން ކުރިއަށް ދާން އުޅެނިކޮށް އަނެއްކާވެސް މިއޮތީ ބުރަކަމަކަށްފަހު ލުއި ލިބިފައެވެ. އެއާއެކު އަދި ވަންނާނެތަނެއްގެ މައްސަލަ ކުރިމަތިވެފައެވެ.

ޑިސްޗާޖް ކުރިކަމުގެ ލިޔުންތައް ނިމެންދެން ހަޔާ ކޮޓަރީގައި އޮތްވާ ސަބާ އައެވެ.

"ސޮރީ ހަޔާ..ބޭޑް ނިއުސް.."

"ކިހިނެއްވީ؟"

"އެއްވެސް ތަނެއް ފަސޭހައިން ލިބެންނެތް..މިބުނީ އެޑްވާންސްއަށް ބޮޑު އެއްޗެއް ނުދައްކާ ތަނެއް ނުލިބުނު..ސާބިތުގެ ދައްތަ ބުނެފި ތަނެއް ހަމަޖެހެންދެން ދެމީހުންނަށް އެގެއިން ރޫމެއްލިބިދާނެޔޯ..އެކަމަކު ހަޔާ...ހަޔާއަށް މިރޭ ހޮޓަލެއްގައި ހުރެވިދާނެތަ؟"

"އެހާ ބޭޑް ނިއުސްއެއްނޫން.."ހަޔާ ހީލިއެވެ.

"ބޭޑް ނިއުސް އަދި ފަހަށް ބޭއްވީ" ސަބާ ބާރު ހިނިގަނޑެއް ޖަހައިލިއެވެ. ދޮންތަމެން އެ ރޫމް ބަލައިލަން ދިޔައިރު ޖެހިގެން ހުރި ރޫމަށް ތަންކޮޅެއް ޑޭންޖަރަސް ބޯއިއެއްވަނީ..ކޮންމެވެސް ކުށެއްކޮށްގެން ނޫހަކުން ފެނުނު ސޮރަކާއި ވައްތަރީ. ހެންޑްސަމް އެކަމަކު ޑަކައިތަކާއި ވައްތަރު............"

"އަސްތަޣުފިރުﷲ. ނޭގޭ ދެން ހަދާނެގޮތް.....މިހާރު ޑިސްޗާޖްކޮށްފި..."ހަޔާގެ މަންމަގެ މެސެޖެއް ފޯނަށް އައިތަން ފެނުމުން ވަގުތުން އެހެން ޚިޔާލެއް އައެވެ. އެންމެ ރެއަކަށް މަންމަ ގާތުގައި މަޑުކުރެވިދާނެ ނޫންހެއްޔެވެ؟ މަންމައަށް އެވަރުގެ އެހީތެރިކަމެއް ފޯރުކޮށްދެވިދާނެއެވެ. އޭނަ އެކޮޓަރީގެ ކުލި ދައްކާނެއެވެ. ހޮޓަލެއްގައި ކުށްވެރިއެއްގެ އަވަށްޓެރިއަކަށް ހުރުމަކީ އަންހެންކުއްޖަކަށް ހުއްދަކަމެއް ނޫނެވެ. އަންހެންކުދިން ތިބެން ޖެހޭނީ މަހްރަމަކާއެކުގައެވެ.ނޫނީ ދެރަގޮތެއް ދިމާވެދާނެއެވެ.

މަންމަގެ ޖަވާބު ލިބުމުން ހަޔާއަށް ގަބޫލުކުރަން ދަތިވިއެވެ.

ހަޔާ ބޭރަށް ނުކުތީ ހާސްވެފައި ހުރެއެވެ. އަނެއްކާވެސް ހިތް ހުއްޓިގެން ޑޮކްޓަރެއް ނިޔާވީއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަ އަވަސް ހިނގުމެއްގައިގޮސް އިމަޖެންސީކައިރިއަށް ނުކުމެވުނުއިރު ހިތް އަވަސްވާގޮތްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު